Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގއ އަތޮޅު ކައުންސިލް

އިންޑިޔާ ސަފީރާ ބައްދަލު ކުރުމުން ގއ އަތޮޅު ކައުންސިލަރުން ސަސްޕެންޑް ކޮށްފި

13 ޑިސެމްބަރު 2017 | ބުދަ 14:34

ސަސްޕެންޑް ކުރީ މުސާރަވެސް ނުލިބޭ ގޮތައް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 ޑިސެމްބަރު 2017 | ބުދަ 14:34
ގއ އތޮޅު ކައުންސިލުން އިންޑިއާ ސަފީރާއި ބައްދަލު ކުރެއްވުމަށްފަހު

ގއ އތޮޅު ކައުންސިލުން އިންޑިއާ ސަފީރާއި ބައްދަލު ކުރެއްވުމަށްފަހު

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭއިން) ނެރެފައިވާ އިޖުރާއަތްތަކާ އެއްގޮތައް ހުއްދައް ނުހޯދާ ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލުކުރިކަމަށް ބުނެ ގއ އަތޮޅު ކައުންސިލްގެ 3 މެންބަރުން މުސާރަވެސް ނުލިބޭ ގޮތައް ސަސްޕެންޑް ކޮށްފިއެވެ.

އެލްޖީއޭއިން މިގޮތައް ނިންމާފައި މިވަނީ މިމަހުގެ 11 ވަނަ ދުވަހު އެކައުންސިލުން، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާއި ބައްދަލު ކުރައްވާފައި ވަނިކޮށެވެ.

Advertisement - newsAdvertisement

އެލްޖީއޭޢިން ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު ނަސީރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ "އެލްޖީއޭއިން މިމަހުގެ 11 ވަނަ ދުވަހު ނެރެފައިވާ ސަރކިއުލަރ އިން ބޭރުގެ ދައުލަތްތަކާއި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި އެފަރާތްތައް ތަމްސީލް ކުރާ ފަރާތްތަކާ ލޯކަލް ކައުންސިލް ތަކުން ބައްދަލުކޮށް މުއާމަލާތު ކުރުމުގެ އިޖުރާޢަތު ބަޔާންކޮށްފައިވަނިކޮށް، އެއިޖުރާއަތުތަކާ ޚިލާފަށް ގއ އަތޮޅު ކައުންސިލުން ހުއްދަ ހޯދުމަކާއި ނުލައި ބޭރުގެ ސަފީރަކާއި ބައްދަލުކޮށްފައިވާކަން، މައްސަލައާއި ގުޅިގެން ލިބިފައިވާ ލިޔެކިޔުންތަކުންނާއި އެލްޖީއޭއިން ސާފުކުރި މައުލޫމާތުތަކުން ކަށަވަރުވާ" ކަމަށެވެ. އެހެންކަމުން ކައުންސިލްގެ އެއަމަލަކީ ކައުންސިލުން ކުރާ ޤާނޫނާ ޚިލާފް ޢަމަލް ތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ 5 ވަނަ މާއްދާގެ (ކ) އާއި 6 ވަނަ މާއްދާގެ (ށ) އާ ޚިލާފު ޢަމަލެއް ކަމަށް ވާތީ އެކައުންސިލަރުންނާއި މެދު ފިޔަވަޅު އެޅުމަށް އެލްޖީއޭގެ ބޯޑުން ވަނީ ނިންމާފައި ކަމަށެވެ.

އެލްޖީއޭ ބޯޑުން ނިނމާފައިވާކަމަށް އެސިޓީގައި ބުނެފައިވަނީ 13 ޑިސެމްބަރ 2017 އިން ފެށިގެން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ގއ އަތޮޅު ކައުންސިލްގެ 3 މެންބަރުން ސަސްޕެންޑް ކުރުމަށާއި އެމުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލް ކުރުން މަނާ ކުރުމަށެވެ. އަދި ކައުންސިލަރުންގެ ސަސްޕެންޝަންގެ މުއްދަތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމާ ހަވާލުވެ ހުންނާނީ ކައުންސިލްގެ އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތާ އެވަގުތަކު ހަވާލުވެ ހުރި ފަރާތްކަމަށް އެސިޓީގައި ބުނެފައި ވެއެވެ.

ވީމާ ބުދަ ދުވަހުން ފެށިގެން 3 މަސް ދުވަހަށް މުސާރައާއި އިނާޔަތްތައް ނުލިބޭގޮތައް ގއ އަތޮޅު ކައުންސިލްގެ މެންބަރުން ސަސްޕެންޑް ކުރެވިފައިވާކަން އެމެންބަރުންނަށް އަންގަވައިދެއްވައި، އެފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ތިންމަސް ދުވަހަށް ހިފެހެއްޓުމަށް ދަންނަވާ ކަމަށް އެސިޓީގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލަށް ވަޑައި ނުގެންނެވޭނެ ކަމަށާޢި އެއްވެސް ތަނެއްގައި ކައުންސިލް ތަމްސީލް ނުކުރެވޭނެކަން އެންގުމަށްވެސް އެލްޖީއޭގެ ސިޓީގައި ވަނީ ބުނެފައެވެ.

ގއ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުވާދު ރާއްޖެ އެމްވީއަށް ވިދާޅުވީ އެކައުންސިލުން އިންޑިޔާ ސަފީރާއެކު ބައްދަލުވުން ބޭއްވީ އެލްޖީއޭގެ ސަރކިއުލާ އެކައުންސިލަށް ލިބުމުގެ ކުރިން މިމަހުގެ 11 ވަނަ ދުވަހުގެ 2:30 ގައި ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް