ކ. މާލެ
|
9 ޑިސެންބަރ 2017 | ހޮނިހިރު 16:07
ވަޅޯމަސް މާރުކޭޓް
ވަޅޯމަސް މާރުކޭޓް
ރާއްޖެއެމްވީ
ގޮޅިތައް ހުސްކުރުން
ވަޅޯމަސް މާރުކޭޓުގެ ގޮޅިތައް ހުސްކުރަން އަންގައިފި
 
މަސްވިއްކާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
 
ގޮޅިތައް ހުސްކުރުމަށް އަންގާފައިވަނީ 7 ޑިސެމްބަރުގައި
 
11 ޑިސެމްބަރުގެ ކުރިން ގޮޅިތައް ހުސްކުރުމަށް ވަނީ އަންގާފަ

ވަޅޯމަސް މާރުކޭޓުގައި ހުރިގޮޅިތައް ހުސްކުރުމަށް ހައުސިންގ މިނިސްޓްރީން އަންގައިފި އެވެ.

ވަޅޯމަސް މާރުކޭޓުގެ މަސްވިއްކާ ފަރާތަކުން ބުނީ ގިނަ ގޮޅިތަކެއް ހުސްކުރުމަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ހައުސިންގ މިނިސްޓްރީން ވަޅޯމަސްމާރުކޭޓުގެ ގޮޅިތައް ހިންގާ ފަރާތްތަކަށް ފޮނުވައިފައިވާ އެންގުމުގައި ބުނެފައި ވަނީ،  އެ މިނިސްޓްރީން ގޮޅިތައް ހަވާލުކޮށްފައިވާ ފަރާތާއި އެކު ކުރެވިފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. އެ މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ފަރާތެއްގެ މުދަލެއް އެގޮޅިތަކުގައި ބެެހެއްޓުމަކީ މަނާކަމެއް ކަމަށެވެ. އަދި މިހާރު އެއްވެސް މުދަލެއް ހުރިނަމަ، 11 ޑިސެމްބަރުވާ، ހޯމަ ދުވަހުގެ ކުރިން ގޮޅި ހުސްކުރަންޖެހޭނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ.

ކަނޑައެޅިފައިވާ ތާރީހުގެ ފަހުން އެއްވެސް މުދަލެއް ހުރިކަމުގައިވާނަމަ ހައުސިންގ މިނިސްޓްރީގެ ފަރާތުން އެމުދަލެއް ނަގަމުންގެންދާނެ ކަމަށާއި މިގޮތަށް ނަގާ މުދަލަށް  ލިބޭގެއްލުމުގެ ޒިންމާ އެ މިނިސްޓްރީން ނުނަގާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފައިވެ އެވެ. މިގޮތަށް ނަގާ މުދަލެއް 12 ގަޑިއިރުގެ ތެރޭގައި ވެރިފަރާތުން ހަވާލު ނުވެއްޖެނަމަ، ކުނީގެ ގޮތުގައި ނައްތާލާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ވަޅޯމަސް ވިއްކާ ފަރާތަކުން ބުނީ، މިއީ މަސްވެރިންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި މިއީ މަސްވިއްކާ ފަރާތްތަކުން ވިހި ތިރީސް އަހަރު ވަންދެން ކުރި މަސައްކަތް ކަމަށެވެ.

އާންމު ގޮތެއްގައި އެގްރީމެންޓް ހަމަވުމަށްފަހުގައި، އެގްރީމެންޓް އާ ކޮށްދޭ ކަމަށާއި އެހެން ނަމަވެސް މިފަހަރު އެގްރީމެންޓް އާ ނުކުރީ ކީއްވެގެން ކަމެއް ނޭންގޭ ކަމަށް އެފަރާތްތަކުން ބުނެއެވެ

"މިހާޒަމާންވަންދެން ކުރަމުންއައި މަސައްކަތް ކުއްލިޔަކަށް ހުސްކުރާށޭ ބުނުމުން ތަކެތި ވައްދާނެ ތަނެއްވެސް ނެތް. އަޅުގަނޑުމެންނަކީ ބަޔަކު އަތުން ކުށްޔަށް ހިފައިގެން އުޅޭ ތަނެއް ނޫން. ސަރުކާރުން ދެއްކިތަނެއްގައި މަސައްކަތް ކުރަމުންދާ ބައެއް. މިގޮތަށް ވީމަ ވަރަށް ކަންބޮޑުވޭ،" ގޮޅީގައި މަސްވިއްކާ ފަރާތަކުން ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް