Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައިއެސް ހަނގުރާމަ

އައިއެސް އާދެކޮޅު ހަނގުރާމަ ނިމުނުކަން އިރާޤުގެ ބޮޑުވަޒީރު އިއުލާން ކުރައްވައިފި

9 ޑިސެމްބަރު 2017 | ހޮނިހިރު 12:31

އައިއެސް އާދެކޮޅު ހަނގުރާމަ ނިމުނުކަން އަބާދީ އިޢުލާން ކުރެއްވީ ހޮނިހިރު ދުވަހު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 9 ޑިސެމްބަރު 2017 | ހޮނިހިރު 12:31
އައިއެސްގެ ހަނގުރާމާގައި ސުންނާފަތިވެފައިވާ އިރާޤްގެ މޫސަލްގެ އަވަށެއް

އައިއެސްގެ ހަނގުރާމާގައި ސުންނާފަތިވެފައިވާ އިރާޤްގެ މޫސަލްގެ އަވަށެއް

އިސްލާމިކް ސްޓޭޓް (އައިއެސް) އާދެކޮޅަށް ކުރާ ހަނގުރާމަ ނިމުނުކަން އިރާޤްގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ އިޢުލާން ކުރައްވައިފި އެވެ.

އިރާޤުގެ ވެރިރަށް ބަގްދާދުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަބާދީ ވިދާޅުވީ، އިރާޤާއި ސީރިއާ ގުޅޭ ސަރަހައްދީ ބޯޑަރުގެ ފުރިހަމަ ކޮންޓްރޯލް އިރާޤުގެ ސަލާމަތީ ފައުޖުތަކުތަކުން ހޯދާފައިވާ ކަމަށާއި، އެއާއެކު އިސްލާމިކް ސްޓޭޓާއި ދެކޮޅަށް ކުރި ހަނގުރާމަ ނިމުނުކަން އިޢުލާން ކުރާ ކަމަށެވެ.

Advertisement - worldAdvertisement

ދުޝްމަނުން ބޭނުންވީ އިރާޤުގެ މަދަނިއްޔާތު ކަތިލުމަށް ކަމަށާއި، އެހެން ނަމަވެސް އެއްބައިވަންތަކަމާއި ރޭވުންތެރިކަމާއިއެކު ދުޝްމަނުން ބަލިކޮށް، މަދު ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާފައިވާ ކަމަށް އަބާދީ ވިދާޅުވި އެވެ.

2014 ވަނަ އަހަރު އިސްލާމިކް ސްޓޭޓުން އީރާޤަށް ވެރިވުމަށްފަހު، އިރާޤުގެ ގާތްގަނޑަކަށް ތިން ބައިކުޅަ އެއް ބަޔަށްވުރެ ބޮޑު ސަރަޙައްދެއް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ.

އިރާޤުގެ ދާޚިލީ ހަނގުރާމައިގެ ފައިދާ ނަގައި، ވެރިރަށް ބަޤްދާދުގެ ހުޅަނގާއި އުތުރުގެ ސަރަޙައްދުތަކުގެ ކޮންޓްރޯލް އައިއެސް އިން ހޯދައި، ހަނގުރާމައިގެ ކިއްލާތަކަކަށް ބަދަލުކޮށް ބޮޑު ސަރަހައްދެއް ސުންނާފަތި ކޮށްފައިވެއެވެ. އެހެންނަމަވެސް އެމެރިކާ އިސްވެ އޮވެ އުފެއްދި އައިއެސް އާދެކޮޅު ކޯލީޝަނުން ވައިގެ މަގުން ފެށި ކެމްޕެއިނާއެކު، ހަނގުރާމަވެރިން ބަލިވެ، އައިއެސްގެ ބާރުގެ ދަށުގައި ހުރި އަވަށްތަކުގެ ކޮންޓްރޯލް މަޑުމަޑުން ދިޔައީ ހޯދަމުންނެވެ.

އަބާދީ ވިދާޅުވީ، އައިއެސް ހަނގުރާމާގައި އިރާޤަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި 100 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އަދި އެއީ ހަމައެކަނި އެގައުމުގެ އިޤްތިޞާދާއި އުމްރާނީ ވަޞީލަތްތަކަށް ލިބުނު ގެއްލުމުގެ އަގު ކަމަށް އަބާދީ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް