Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގުދުސްގެ މައްސަލަ

އިޒްރާއީލުން ވައިގެމަގުން ހަމަލާދީ ފަލަސްތީނުގެ 25 މީހުން ޒަޚަމްކޮށްލައިފި

އިޒްރާއީލުން ތުހުމަތުކުރާ ގޮތުގައި ހަމާސް އިން ވަނީ ރޮކެޓް ހަމަލާތަކެއް ދީފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 ޑިސެމްބަރު 2017 | ހޮނިހިރު 06:58
އިޒްރާއީލުގެ ހަމަލާގައި ކުޑަ ހަ ކުއްޖަކު ވަނީ ޒަޚަމްކޮށްލާފައި

އިޒްރާއީލުގެ ހަމަލާގައި ކުޑަ ހަ ކުއްޖަކު ވަނީ ޒަޚަމްކޮށްލާފައި

ހިސާރުކޮށްފައިވާ ޣައްޒާއަށް އިޒްރާއީލުން ވައިގެ މަގުން ދިން ހަމަލާއެއްގައި ހަ ކުޑަކުދިން ހިމެނޭ ގޮތުން ފަލަސްތީނުގެ 25 މީހަކު ޒަޚަމްވެއްޖެ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ އިޒްރާއީލުން ދިން ހަމަލާތަކަކީ ފަލަސްތީނުގެ ޣައްޒާގެ ތެރެއިން އިޒްރާއީލުގެ ތެރެއަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލިކަމުގެ ތުހުމަތު ކުރުމަށް ފަހު ދީފައިވާ ހަމަލާތަކެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒްރާއީލުން ވަނީ އެމެރިކާއިން ހަދިޔާކޮށްފައިވާ މިސައިލުން ދިފާއުވާ ނިޒާމް، އަޔަން ޑޯމް ބޭނުންކޮށްގެން އެއް ރޮކެޓް އިޒްރާއީލުގެ ސަރަހައްދުގެ ތެރެއިން ވައްޓާލާފައެވެ. އަދި ދެވަނަ ރޮކެޓް އިޒްރާއީލާ ހަމައަށް ފޯރާފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ތިންވަނަ ރޮކެޓް އިޒްރާއީލުގެ ދިރޫގައިގައި ގޮވާފައިވާ ކަމަށް އިޒްރާއީލުގެ ދުވަހު ނޫހެއް ކަމަށްވާ ހައާރެޒްގައި ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ހާނީއްކައެއް ވީކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

ފަލަސްތީނުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ހަމާސްއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިޒްރާއީލުގެ ޖެޓްތަކުން ޣައްޒާގެ އުތުރަށް ހަމަލާދީފައިވާ ކަމަށެވެ.

އިޒްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާ ދީފައި ވަނީ ހަމާސްގެ އަސްކަރީ މަރުކަޒުތަކަށެވެ.

އިޒްރާއީލުން ޣައްޒާއަށް މި ހަމަލާތައް ދީފައި މި ވަނީ އިޒްރާއީލުން ވެރިވެގެންފައިވާ އިރުމަތީ ގުދުސްއަކީ އިޒްރާއީލުގެ ވެރިރަށް ކަމުގައި ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން ހުޅަނގު އައްސޭރީގައި ބޮޑެތި އިހުތިޖާޖުތަކެއް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދަނިކޮށެވެ. އެމެރިކާގެ މި ނިންމުމަށް ޔޫރޮޕްގެ ގިނަ ގައުމުތަކުން ވެސް ވަނީ ދެކޮޅު ހަދާފައެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
11 އެޕްރީލު 2017

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު