ކ. މާލެ
|
7 ޑިސެންބަރ 2017 | ބުރާސްފަތި 17:37
މަހުލޫފު ބައްޕަ ފުލުހުން ގެންދަނީ
މަހުލޫފު ބައްޕަ ފުލުހުން ގެންދަނީ
ރާއްޖެއެމްވީ
މަހުލޫފު ބައްޕަގެ މައްސަލަ
ބަދުދުއާ ކުރި ކަމަށް ބުނެ މަހްލޫފްގެ ބައްޕަ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި
 
ދުއާ ކުރާނެ ތަނަކާއި ކުރާނެ ދުއާއެއް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަކަށް ނޫން: މަހުލޫފު
 
ހާޒިރުކުރަނީ ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދުދުއާ ކުރިކަމުގެ ތުހުމަތުގައި

ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދުދުއާ ކުރި ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފިއެވެ.

މެމްބަރު އަހްމަދު މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން ފުލުހުހަށް ހާޒިރު ކުރުމަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ،  ޑިސެމްބަރު 1 ވަނަ ދުވަހު ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި ހައްސާން އިސްވެ ހުރެ ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދުދުއާ ކުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލާގައި އޭނާއާ ސުވާލުކޮށް ބަޔާން ނެގުމަށް ބޭނުންވާ ކަމަށެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ނުކުމެ ވަޑައިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހައްސާން ވިދާޅުވީ، ދުއާ ކުރާނެ ތަނަކާއި ކުރާނެ ދުއާއެއް އެނގިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ނޫން ކަމަށެވެ. އަދި އެ ދައްކާ ބިރަށް އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

" ހާމަ ތަންތަނުގައި ހަރު އަޑުން ދުއާކުރުމަކީ އޮންނަކަމެއް. މީހަކަށް ބަދު ދުއާއެއް އަޅުގަނޑުމެންނެއް ނުކުރަން. އަޅުގަނޑުމެން ދުއާ މި ކުރަނީ، ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް އެދި" ހައްސާން ވިދާޅުވިއެެވެ.

ހައްސާންގެ މައްޗަށް ދައުވާކުރަނީ، ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ 6 ވަނަ ނަމްބަރުގެ ދަށުންނެވެ. އޭގައި ބުނަނީ، ޖާއިޒު މަގުސަދެއް ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ހާލަތެއް އުފެއްދުމެވެ. މީ ޖުހަނުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން މި ކުށް ހައްސާނުގެ މައްޗަށް ސާބިތުވެއްޖެނަމަ 1 މަހާއި 6 ދުވަހުގެ ޖަލުހުކުމެއް އަންނާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
50%
25%
25%
0%
0%
ކޮމެންޓް