Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ ސިޔާސީ މަސްރަހު

ކޮންގްރެސް ޕާޓީ ހިންގެވުމާއި ރާހުލް ގާންދީ ހަވާލުވެވަޑައިގަންނަވަނީ

ރާހުލް ގާންދީގެ ބައްޕާފުޅާއި، މާމާފުޅު އަދި މުނިކާފާފުޅު ވަނީ އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 6 ޑިސެމްބަރު 2017 | ބުދަ 06:40
ރާހުލް ގާންދީ

ރާހުލް ގާންދީ

އިންޑިއާގެ ކޮންގްރެސް ޕާޓީ ހިންގުމާއި ޙަވާލުވެވަޑައިގަތުމަށް ރާހުލް ގާންދީ ތައްޔާރުވެވަޑައިގެންފިއެވެ. މަންމާފުޅު ސޯނިއާ ގާންދީ ފާއިތުވި 19 އަހަރުވަންދެން ހިންގެވި ކޮންގްރެސް ޕާޓީއާއި ޙަވާލުވެވަޑައިގަންނަވާއިރު އެޕާޓީ އޮތީ ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ. އަދި ރާހުލްއަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެޕާޓީ ނަގާ އަލުން ކޮޅަށް ޖެހުމެވެ.

1885ވަނަ އަހަރު އޭރު އިންޑިއާގައި އޮތް އިނގިރޭސީންގެ ބާރާއި ދެކޮޅަށް ތެދުވުމަށް އުފެއްދި ކޮންގްރެސް ޕާޓީއަކީ އިންޑިއާގެ އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީއެވެ. އުމުރުފުޅުން 47 އަހަރުގެ ރާހުލް ޕާޓީގެ ލީޑަރުކަމާއި ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނުގެ ނަންފުޅު ނޮމިނޭޓްކުރެއްވީ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހާއި، ކުރީގެ ރައީސް ޕްރަނާބް މުކަރްޖީއެވެ. ރާހުލް މިހާރު ހުންނެވީ ކޮންގްރެސް ޕާޓީގެ ނައިބު ލީޑަރުގެ މަޤާމުގައެވެ.

ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހް ވިދާޅުވީ ރާހުލް ގާންދީއަކީ ކޮންގްރެސް ޕާޓީގެ މެމްބަރުންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެއްކަމަށާއި، އޭނާގެ ފަހަތުގައި ޕާޓީ އޮންނާނެކަމަށެވެ. ރާހުލްގެ ބައްޕާފުޅު ރަޖީވް ގާންދީއާއި، މާމާފުޅު އިންދިރާ ގާންދީގެ އިތުރުން މުނިކާފާފުޅު ޖަވާހަރުލާލް ނެހެރޫއަކީ އިންޑިއާގައި ވެރިކަން ކުރެއްވި ބޭފުޅުންނެވެ.

މިއިން ދުވަހަކު ކޮންގްރެސް ޕާޓީގެ ޙާލަތު ދަށަށް ނުދާ މިންވަރަށް މިހާރު ދަށަށް ގޮސްފައިވާއިރު، 2014ވަނަ އަހަރު ބޭއްވި ޢާއްމު އިންތިޚާބުގައި 545 މެމްބަރުން ހިމެނޭ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގައި އެޕާޓީއަށް ލިބުނީ އެންމެ 48 ގޮނޑިއެވެ. އަދި އޭގެ ފަހުގައި އިންޑިއާގެ އެކި ސްޓޭޓްތަކުގައި އެޕާޓީއަށް އަންނަނީ ބޮޑެތި ނާކާމިޔާބީއާއި ކުރިމަތިވަމުންނެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރުކަމާއި ރާހުލް ގާންދީ ހަވާލުވެވަޑައިގަންނަވާތީ، އެމަނިކުފާނަށާއި ކޮންގްރެސް ޕާޓީއަށް ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސްވެރިންނާއި ބޮޑުވަޒީރު ނަރެންދްރަ މޯދީވަނީ ގެންދަވަނީ ބަހުގެ ޙަމަލާތައް ދެއްވަމުންނެވެ.

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2017

އިދިކޮޅު މައި ޕާޓީ އުވާލުމަށް ކެމްބޯޑިއާ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

07 އޮކްޓޯބަރު 2017
އިދިކޮޅު މައި ޕާޓީ އުވާލުމަށް ކެމްބޯޑިއާ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
04 އޮކްޓޯބަރު 2017

ކޮރަޕްޝަނުގެ މައްސަލައިގައި މަގާމުން ދުރުކުރި ނަވާޒް ޝަރީފް ޕާޓީގެ ލީޑަރުކަމަށް ވަޑައިގެންފި

04 އޮކްޓޯބަރު 2017
ކޮރަޕްޝަނުގެ މައްސަލައިގައި މަގާމުން ދުރުކުރި ނަވާޒް ޝަރީފް ޕާޓީގެ ލީޑަރުކަމަށް ވަޑައިގެންފި
28 ސެޕްޓެމްބަރު 2017

ފޭސްބުކާއި ގޫގުލް އަދި ޓްވިޓަރ އެމެރިކާގެ ކޮންގްރެސް އަށް ހާޒިރު ކުރަނީ

28 ސެޕްޓެމްބަރު 2017
ފޭސްބުކާއި ގޫގުލް އަދި ޓްވިޓަރ އެމެރިކާގެ ކޮންގްރެސް އަށް ހާޒިރު ކުރަނީ
02 ސެޕްޓެމްބަރު 2017

ތޫފާން ހާވީ: ޓެކްސަސް އަށް އެހީ ހޯދުމަށް ކޮންގްރެސް ގައި އެދެފި

02 ސެޕްޓެމްބަރު 2017
ތޫފާން ހާވީ: ޓެކްސަސް އަށް އެހީ ހޯދުމަށް ކޮންގްރެސް ގައި އެދެފި
12 ޖޫން 2017

ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

12 ޖޫން 2017
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު