Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕެޑްމޭންް

 ޕެޑްމެންގެ އާ ޕޯސްޓަރެއް ދައްކާލައިފި

ޕެޑްމޭން އަޅުވާނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2017 | ބުދަ 06:36
ޕެޑްމޭންގެ އާ ޕޯސްޓަރ

ޕެޑްމޭންގެ އާ ޕޯސްޓަރ

އަކްޝޭގެ ކޮމެޑީ ޑްރާމާ ފިލްމު "ޕެޑްމޭން" ގެ އާ ޕޯސްޓަރެއް އަނެއްކާވެސް ދައްކާލައިފިއެވެ.

އަކްޝޭގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ މި ޕޯސްޓަރުގައި ފެންނަނީ އަކްޝޭ އަތަށް ކަފަތަކެއްލައިގެން ހެވިފައި ހުންނަ މަންޒަރެވެ.

މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އިންޑިއާގެ ޖުމްހޫރީ ދުވަހުގައެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ އަކްޝޭގެ އިތުރުން ސޯނަމް ކަޕޫރު އަދި ރާދިކާ އެވެ. އަދި މީގެ އިތުރުން އަމީތާބް ބައްޗަން ފިލްމުގެ ޚާއްސަ ރޯލަކުން ފެނިގެންދާނެއެވެ. މި ފިލްމަކީ ގޯރީ ޝިންޑޭ އާއިއެކު ޓްވިންކަލް ކައްނާ ޕްރޮޑަކްޝަން އިން އުފައްދާ ފިލްމެކެވެ.

ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގައެވެ. ޝޫޓް ކޮށްފައިވަނީ އިންޑިއާގެ ދިއްލީގައެވެ. އަކްޝޭ ކުމާރް ދަނީ މިހާރު އޭނާގެ ކުރިއަށް އޮތް ފިލްމް "ޕެޑްމޭން" ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

މި ފިލްމް ބިނާކޮށްފައި ވަނީ ހެޔޮ އަގުގައި އަންހެން ވެރިންނަށް ޕެޑް ފޯރުކޮށްދިނުމުގެ މަގްސަދުގައި ޕެޑް ހަދާ މެޝިނެއް އުފެއްދި އަރޫނާޗަލަމް މުރުގަނަންތަމްގެ މައްޗަށެވެ. އަކްޝޭގެ މި ފިލްމުން ފެނިގެން ދަނީ އަރޫނާޗަލަމް މުރުގަނަންތަމްގެ ރޯލުންނެވެ.

ބީބީސީއަށް ދިން އިންޓަވިއުއެއްގައި ޓްވިންކަލް ވަނީ އޭނާއަށް މި ފިލްމުގެ ނެރޭޝަން ހެދުމަށް އުނދަގޫތަކާއި ދިމާވި ކަމަށާއި އެހެން ނަމަވެސް އަރޫނާޗަލަމް އެފިލްމުގެ ވާގޮތް ކައިރިން ބަލަންފެށި ކިޔައިދޭން ފެށުމުން ފަސޭހާވެގެން ދިޔަ ކަމަށެވެ. ޓްވިންކަލް ބުނީ އަކްޝޭކުމާރަކީ މި ފިލްމުގައި އެކްޓްކުރުމަށް އެންމެ އެކަށީގެންވާ މީހާކަމަށް އަރޫނާޗަލަމް ބުނެފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2017

"ސާހޯ"ގެ ތަރި ޕްރަބާސްގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

23 އޮކްޓޯބަރު 2017
"ސާހޯ"ގެ ތަރި ޕްރަބާސްގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
11 އޮކްޓޯބަރު 2017

"ޖަސްޓިސް ލީގް" ގެ ފަހު ޓްރެއިލާ ދައްކާލައިފި

11 އޮކްޓޯބަރު 2017
"ޖަސްޓިސް ލީގް" ގެ ފަހު ޓްރެއިލާ ދައްކާލައިފި
28 ސެޕްޓެމްބަރު 2017

ޑުބާއީއަށް ތައާރުފް ކުރަން އުޅޭ އުދުހޭ ޓެކްސީ ދައްކާލައިފި

28 ސެޕްޓެމްބަރު 2017
ޑުބާއީއަށް ތައާރުފް ކުރަން އުޅޭ އުދުހޭ ޓެކްސީ ދައްކާލައިފި
14 އޯގަސްޓު 2017

ސަންޖޭ ދަތުގެ "ބޫމީ"ގެ ޓްރެއިލާ ދައްކާލައިފި

14 އޯގަސްޓު 2017
ސަންޖޭ ދަތުގެ "ބޫމީ"ގެ ޓްރެއިލާ ދައްކާލައިފި
13 އޯގަސްޓު 2017

"ހައްދު" ގެ ދެވަނަ ޓްރެއިލާ ދައްކާލައިފި

13 އޯގަސްޓު 2017
"ހައްދު" ގެ ދެވަނަ ޓްރެއިލާ ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު