Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރިޔަލު ރޯޅި ކަޕް

ރިޔަލު ރޯޅި ކަޕްގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޓީވީ ހަމަޖައްސައިފި

މި އިވެންޓަކީ ރާއްޖޭގައި ސެއިލިން ދިރުވާ އާލާކޮށް މޫދު ކުޅިވަރު ކުޅުމަށް ޒުވާނުންގެ މެދުގައި އަހުލުވެރިކަން އިތުރު ކުރުމަށް ކުރިޔަށް ގެންދާ އިވެންޓެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2017 | ހޯމަ 09:31
ރިޔަލު ރޯޅި ކަޕްގެ ރަސްމީ ޕޯސްޓަރު

ރިޔަލު ރޯޅި ކަޕްގެ ރަސްމީ ޕޯސްޓަރު

ރިޔަލު ރޯޅި ޓީމުން އިންތިޒާމު ކޮށްގެން ބާއްވާ 'ރިޔަލު ރޯޅި ކަޕް 2017' ގެ އޮފިޝަލް މީޑީއާ ޕާޓްނަރަކަށް ރާއްޖެ ޓީވީ ހަމަޖައްސައިފިއެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޓީވީ ހަމަޖެހިގެން ދިޔައިރު ރާއްޖެޓީވީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެޑް އޮފް ކޯޕަރޭޓް އެފެއާޒް އައިމިނަތު ރީޝާއެވެ. އަދި ރިޔަލު ރޯޅި ޓީމުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޓީމުގެ އޮޕަރޭޝަންސް އެޑްވައިޒަރު ހަސަން ހަމީދުއެވެ. މި އެއްބަސްވުމާއެކު މި އިވެންޓް ރާއްޖެ ޓީވީއިން ލައިވް ކުރާނެއެވެ. މި މުބާރާތަކީ ސެއިލިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ގުޅިގެން ރިޔަލު ރޯޅި ޓީމުން ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މުބާރާތަކީ ސެއިލިން މުބާރާތަކަށްވާއިރު ބޭނުންކުރާ ކެޓަމަރަން ވާންޖެހެނީ 16 ފޫޓާއި 18 ފޫޓުގެ ދިގުމިނުގެ ކެޓަމަރަންއަކަށެވެ. ކޮންމެ ޓީމެއްގައި ވެސް ދެ ސެއިލަރުން ތިބޭއިރު އެއްވަނަ ލިބޭނީ ކަނޑައެޅިފައިވާ ތަންތަނުގައި ބެހެއްޓިފައިވާ ދިދަތައް އެންމެ އަވަހަށް ހޯދައިގެން ގެންނަ ޓީމަކަށެވެ. މި މުބާރާތް ކުރިޔަށްދާނީ ފަން އައިލެންޑް ރިސޯޓުގައެވެ.

ރިޔަލު ރޯޅި ޓީމުން ބުނެފައިވާ ގޮތުގައި މި އިވެންޓް ކުރިޔަށް ގެންދިޔުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ސެއިލިން ދިރުވާ އާލާކޮށް މޫދު ކުޅިވަރު ކުޅުމަށް ޒުވާނުންގެ މެދުގައި އަހުލުވެރިކަން އިތުރު ކުރުމެވެ. ހަމައެހެންމެ މި މުބާރާތް މެދުވެރިކޮށް ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ޕްރޮމޯޓް ވެގެންދާނެ ކަމަށް ވެސް ރިޔަލު ރޯޅި ޓީމުން ވަނީ ބުނެފައެވެ.

އަންގާރަ ދުވަހު ފަން އައިލެންޑުގައި ބާއްވާ 'ރިޔަލު ރޯޅި ކަޕް'ގެ މި އިވެންޓަކީ އެ މުބާރާތުގެ ދަށުން މާލެ އަތޮޅަށް ހާއްސަ ކުރެވިފައިވާ ކޮލިފައިން ބުރު ކަމަށް ރިޔަލު ރޯޅިން މައުލޫމާތުދެއެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ކޮލިފައިން ބުރުތައް ބޭއްވޭނެއެވެ. އަދި ކޮލިފައިން ބުރުތަކުން އެއްވަން އަދި ދެވަނަ ހޯދާ ޓީމުތަކަށް އަންނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ކަޓަމަރާން ޗެމްޕިއަންޝިޕުން އޮޓަމެޓިކް ޖާގައެއް ލިބޭނެއެވެ.

މިއީ ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު އަދި އެންމެ ފުރަތަމަ މުބާރާތައް ވާއިރު މި މުބާރާތުގެ މެއިން ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރި ވާނީ ކޮކާކޯލާ އަދި ގޭޖް ޕްރައިވެޓް ލިމިޓެޑްއެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި ލެކިއުޓް އަދި ސީގިއާ ހަމަޖެހިފައިވާއިރު އެހެނިހެން ސްޕޮންސަރުންގެ ގޮތުގައި އެގްޒޮން ފިއުޝަން، ލަކްސިއޯ ރިސޯޓް އެންޑް ހޮޓެލް ސަޕްލަޔާސް، ޖީއެފްއެފް އަދި އެސްޕަޔާ ހެވަންލީ ހޮލިޑޭސްގެ އިތުރުން ސާދަ ތިރީސް އަށެއް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ފެށޭނީ މާދަމާ ހެދުނު 10 ޖަހާއިރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި

ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި

18 މެއި 2017
ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި

ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި

11 މެއި 2017
ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް

ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް

27 އެޕްރީލު 2017
އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ

އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ

23 އެޕްރީލު 2017
ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ

ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ

04 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު