Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެވެންޖާސް އިންފިނިޓީ ވޯރ

އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބެލި ފިލްމް ޓްރެއިލާގެ ރެކޯޑު އެވެންޖާސް އިންފިނިޓީ ވޯރ އަށް

މި ފިލްމްގެ ޓްރެއިލާ ރިލީޒްކުރިތާ 24 ގަޑިއިރު ނުވަނީސް 200 މިލިއަނަށްވުރެ ގިނަ މީހުންވަނީ މި ޓްރެއިލާ ބަލާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 4 ޑިސެމްބަރު 2017 | ހޯމަ 07:21
އެވެންޖާސް އިންފިނިޓީ ވޯރގެ ޕޯސްޓަރު

އެވެންޖާސް އިންފިނިޓީ ވޯރގެ ޕޯސްޓަރު

މިހާތަނަށް ރިލީޒްކޮށްފައިވާ ފިލްމް ޓްރެއިލާތަކުގެ ތެރެއިން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބެލި ފިލްމް ޓްރެއިލާގެ ރެކޯޑު މާވެލްގެ 'އެވެންޖާސް އިންފިނިޓީ ވޯ' އިން މުގުރާލައިފިއެވެ.

މި ފިލްމްގެ ޓްރެއިލާ ރިލީސްކުރިތާ 24 ގަޑިއިރު ނުވަނީސް 200 މިލިއަނަށްވުރެ ގިނަ މީހުންވަނީ މި ޓްރެއިލާ ބަލާފައެވެ. މާވެލް ސްޓޫޑިއޯސްއިން ބުނެފައިވަނީ އެކިއެކި ސޯޝަލް ނެޓްވޯކްތައް މެދުވެރިކޮށް މިހާތަނަށް 230 މިލިއަނަށްވުރެ ގިނަ މީހުން މި ޓްރެއިލާ ބަލާފައިވާ ކަމަށެވެ.

މީގެ ކުރިން މި ރެކޯޑު އޮންނަނީ މިއަހަރު ނެރުނު ބިރުވެރި ފިލްމެއް ކަމަށްވާ 'އިޓް: ޗެޕްޓާ ވަން' އަތުގައެވެ. މިއީ ސްޓީވަން ކިންގްގެ ފޮތަކަށް ބިނާކޮށް އުފެއްދި ފިލްމްއެކެވެ. މި ފިލްމްގެ ޓްރެއިލާއަށް 24 ގަޑިއިރު ތެރޭ 197 މިލިއަން ވިއުސް ލިބުނުއެވެ.

މި ފިލްމަކީ މާވެލް ސިނަމެޓިކް ޔުނިވާސްގެ 19 ވަނަ ފިލްމަށްވާއިރު މި ފިލްމުން މާވެލް ސިނަމެޓިކް ޔުނިވާސްގައި ހިމެނޭ މަޝްހޫރު ހުރިހާ ކެރެކްޓާއެއް ފެނިގެންދާނެއެވެ. އެގޮތުން 'އެވެންޖާސް' އަދި 'ގާޑިއަންސް އޮފް ދަ ގެލެކްސީ' ގެ އިތުރުން 'ޑޮކްޓާރ ސްޓްރޭންޖު' ފަދަ ފިލްމްތަކުން ފެނިގެންދިޔަ މުހިންމު ހުރިހާ ކެރެކްޓާއެއް ފެންނާނެއެވެ.

އަންނަ އަހަރުގެ މޭ މަހުގެ ހަތަރު ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ 'އެވެންޖާސް: އިންފިނިޓީ ވޯރ' ވެގެންދާނީ ރެކޯޑުތައް މުގުރާލާނެ ފިލްމަކަށް ކަމަށް ގިނަ ބަޔަކު ގަބޫލްކުރެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

02 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި
01 ފެބުރުއަރީ 2017

ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި

01 ފެބުރުއަރީ 2017
ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި
31 ޖެނުއަރީ 2017

"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ

31 ޖެނުއަރީ 2017
"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ
29 ޖެނުއަރީ 2017

އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ

29 ޖެނުއަރީ 2017
އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ
29 ޖެނުއަރީ 2017

ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި

29 ޖެނުއަރީ 2017
ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު