Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުހިކިކިރު

ކޮސްމަރކް މޯލްޑިވްސްގެ ފަރާތުން ރެޖިލޭ ހިކިކިރު ރާއްޖެއަށް ތައާރަފުކޮށްފި

މި ކިރަކީ ގްރެނިއުލޭޓަޑް ހިކި ކިރެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 ޑިސެމްބަރު 2017 | އާދީއްތަ 14:12
ރެޖިލޭ ހިކިކިރު ރާއްޖެއަށް ތައާރަފުކުރުމުގެ ރަސްމިއްޔާތު

ރެޖިލޭ ހިކިކިރު ރާއްޖެއަށް ތައާރަފުކުރުމުގެ ރަސްމިއްޔާތު

ކޮސްމަރކް މޯލްޑިވްސްގެ ފަރާތުން ފްރާންސްގެ ރެޖިލޭ ހިކިކިރު އާދިއްތަ ދުވަހު ރާއްޖޭއަށް ތައާރަފު ކޮށްފިއެވެ.

މި ކިރަކީ ގްރެނިއުލޭޓަޑް ހިކި ކިރެކެވެ. ރެޖިލޭއަކީ ފްރާންސްގައި އުފައްދާ އަދި އެ ގައުމުގައި ބަންދުކޮށްފައިވާ ކިރެކެވެ.

ކޮސްމަރކް މޯލްޑިވްސްގެ މާރކެޓިން ޑައިރެކްޓަރ ވިދާޅުވީ ރެޖިލޭ ރާއްޖެއަށް ތައާރަފު ކުރުމާ އެކު، މި ހިކިކިރު ރާއްޖޭގެ މާކެޓްގައި ލިބެން ހުރި ހަމައެކަނި ގްރެނިއުލޭޓަޑް ހިކި ކިރަށް ވެގެން ދާނެ ކަމަށެވެ.

ކޮސްމަރކްގެ ފަރާތުން ރާއްޖެއަށް ތައާރަފު ކޮށްފައި ވަނީ ރެޖިލޭގެ ބާވަތްތަކުގެ ތެރެއިން ހަތަރު ބާވަތެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރެޖިލޭ ޒީރޯ ފެޓް ކެލްސިއަމް ޕްލަސް އާއި ރެޖިލޭ ވިޓަމިލްކް، ރެޖިލޭ ޒީރޯ ފެޓް އަދި ރެޖިލޭ ލޯ ފެޓްގެ ޕްރޮޑަކްޓްތެކެވެ.

ރެޖިލޭ ރީޖަނަލް ޑިސްޓްރިބިއުޓަރުގެ ފަރާތުން ވާހަކަ ދައްކަވަމުން ކްރިޝްނަން ވިދާޅުވި ގޮތުގައި ރެޖިލޭއަކީ 60 އަހަރު ވެފައި ބްރޭންޑެކެވެ. އަދި ޔޫރަޕާއި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މާކެޓްކޮށް ވިއްކަމުންދާ ޕްރޮޑަކްޓެއް ކަމަށް ކްރިޝްނަން ވިދާޅުވިއެވެ.

ކޮސްމަރކްއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ވެލްނަސް ސަޕްލަޔަރެވެ. މިގޮތުން ރާއްޖޭގެ ގިނަ ރިސޯޓްތަކަށާއި ގެސްޓް ހައުސްތަކަށާއި ސްޕާތަކަށް ވެލްނަސް ޕްރޮޑަކްޓްތައް ކޮސްމަރކްގެ ފަރާތުން ޑިސްޓްރިބިއުޓް ކުރެއެވެ.

ކޮސްމަރކްގެ ފަރާތުން ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ތަފާތު އެކި ވައްތަރުގެ ވެލްނަސް ޕްރޮޑަކްޓްތައް ވަނީ ރާއްޖޭގެ މާކެޓަށް ތައާރަފުކޮށް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދީފައެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2018

ސޮލެރަލް އިންޝުއަރަންސްގެ ފަރާތުން ގޭބީސީ އިންޝުއަރެންސްގެ ހިދުމަތް ފަށައިފި

03 މާރިޗު 2018
ސޮލެރަލް އިންޝުއަރަންސްގެ ފަރާތުން ގޭބީސީ އިންޝުއަރެންސްގެ ހިދުމަތް ފަށައިފި
03 މާރިޗު 2018

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ސޮލިއުޝަންތައް ދައްކާލައިފި

03 މާރިޗު 2018
އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ސޮލިއުޝަންތައް ދައްކާލައިފި
20 ޖެނުއަރީ 2018

އެޕާޓްމަންޓްތަކަށް ބަދަލުވާ މީހުންނަށް ހާއްސަކޮށްގެން އަޒާރް ލައިފްގެ ފަރާތުން ޕްރޮމޯޝަނެއް ފަށައިފި

20 ޖެނުއަރީ 2018
އެޕާޓްމަންޓްތަކަށް ބަދަލުވާ މީހުންނަށް ހާއްސަކޮށްގެން އަޒާރް ލައިފްގެ ފަރާތުން ޕްރޮމޯޝަނެއް ފަށައިފި
12 އޮކްޓޯބަރު 2017

އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

12 އޮކްޓޯބަރު 2017
އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި
04 އޮކްޓޯބަރު 2017

އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

04 އޮކްޓޯބަރު 2017
އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު