Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މޮބައިލް ވާރލްޑް ކޮންގްރެސް

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ސޮލިއުޝަންތައް ދައްކާލައިފި

މަގޭ ޕްލޭން ޕްލެޓްފޯމްގެ އާ އަޕްޑޭޓް އުރީދޫ އިން ވަނީ ހާމަކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 3 މާރިޗު 2018 | ހޮނިހިރު 02:49
މޮބައިލް ވާރލްޑް ކޮންގްރެސްގެ ތެރެއިން

މޮބައިލް ވާރލްޑް ކޮންގްރެސްގެ ތެރެއިން

ސްޕެއިންގެ ބާސެލޯނާގައި ބޭއްވުނު މޮބައިލް ވާރލްޑް ކޮންގްރެސްގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ސޮލިއުޝަންތައް ދައްކާލައިފިއެވެ.

"ޑިޖިޓަލް ޚިދުމަތްތަކާއި އެކު އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް" ޝިއާރުގެ ދަށުން އުރީދޫ ގްރޫޕުން ވަނީ އަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީތަކާއި، އެންމެ ފަހުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ދައްކާލާފައެވެ.

Advertisement - businessAdvertisement

"ޢާންމު ދިރިއުޅުމާއި ވިޔަފާރީގެ ކަންކަމުގައި، ޑިޖިޓަލް ޚިދުމަތްތަށް މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގައި، އުރީދޫއަކީ ބައިނަލްއަގްވާމީ މައިދާނުގައި ވެސް އެންމެ ކުރީ ސަފުގައި ގުނާލެވޭ ކުންފުންޏެއްކަން ސާބިތުކޮށްދިނުމަށް ވަރަށް ރަނގަޅު ފުރުސަތެއް މޮބައިލް ވަރލްޑް ކޮންގްރެސް އިން ފޯރުކޮށްދޭ" އުރީދޫ ގްރޫޕްގެ ޗީފް އެކްޒެކްޓިވް އޮފިސަރ، ޝައިޚް ސައުދު ބިން ނާސިރު އަލް ޘާނީ ވިދާޅުވިއެވެ.

އުރީދޫ އިން ތައާރަފުކޮށްފައިވާ މަގްބޫލް ޑިޖިޓަލް ޚިދުމަތްތައް ކަމުގައިވާ އުރީދޫ ނެކްސްޓް އާއި މަގޭ ޕްލޭން އަށް ކުރިޔަށް އޮތްތާނގައި ގެނެވޭނެ އާ ޚިދުމަތްތައް ވެސް، މޮބައިލް ވާރލްޑް ކޮންގްރެސްގައި ވަނީ ދައްކާލާފައެވެ. މި އަޕްޑޭޓްތައް މި މަހުގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

"އުރީދޫގެ ކަސްޓަމަރުންނާއި ކުރަން ޖެހޭ ކޮންމެ މުއާމަލާތެއް ވެސް ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، އޮންލައިންކޮށް ކުރުމުގެ ފުރުސަތު ފުޅާކުރުމަށް އުރީދޫ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދޭ. ރާއްޖޭގެ ރައްޔިތުންނަކީ ތަފާތު އެކި ރަށްރަށުގައި ދިރިއުޅޭ ބަޔަކަށް ވީ ހިނދު، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެންމެ އަވަސް ޚިދުމަތް ލިބުމަކީ ވަރަށް މުހިއްމު ކަމެއް. މިގޮތުން، ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގެ އެންމެ މަގްބޫލު އަދި ކުޅަދާނަ ކުންފުނިތައް ބައިވެރިވާ މޮބައިލް ވާރލްޑް ކޮންގްރެސް ފަދަ އެއްވުމެއްގައި، ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސްގެ ދާއިރާ އިން އުރީދޫ ހޯދާފައިވާ ކުރިއެރުންތައް ހިއްސާކޮށް، އުރީދޫ ނެކްސްޓް އަދި މަގޭ ޕްލޭން ފަދަ ޕްލެޓްފޯމްތަކުގައި ދެން ތައާރަފްކުރެވޭނެ ޚިދުމަތްތައް ދައްކުވާދެވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ޝަރަފެއް،" އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ ނެކްސްޓްއަކީ، އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލަރނިންގްގެ އެހީގައި މަސައްކަތް ކުރާ އޭ.ޕީ.އައި ޕްލެޓްފޯމް އެކެވެ. ސިލިކަން ވެލީގެ ޓެކް ކުންފުންޏެއް ކަމަށްވާ ފާސްޓް ފޯވާޑްއާ ގުޅިގެން ތައާރަފުކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް، ކަސްޓަމަރުން ގިނަ ވަގުތުތަކެއް ހޭދަކުރާ ސޯޝަލް މީޑިއާ ޗެނަލްތަކުގައި އުރީދޫއާ ބެހޭ މައުލޫމާތު ހޯދައި، އުރީދޫގެ ޚިދުމަތްތައް ހިޔާރުކުރެވެއެވެ. އުރީދޫ މޯލްޑިވްސް ކަސްޓަމަރުން މިހާރު އުރީދޫ ނެކްސްޓް މެދުވެރިކޮށް ޚިދުމަތް ހޯދަނީ ފޭސްބުކް އިން ކަމަށްވާއިރު، މޮބައިލް ވަރލްޑް ކޮންގްރެސްގައި ތައާރަފުކޮށްފައިވާ އުރީދޫ ނެކްސްޓްގެ އާ ވަރޝަން ވައިބަރގައި ވެސް ބޭނުންކުރެވޭނެއެވެ.

މޮބައިލް ވަރލްޑް ކޮންގްރެސްގައި، އުރީދޫ އިން ވަނީ އެކުންފުނީގެ މަގޭ ޕްލޭން ޕްލެޓްފޯމްގެ އައު އަޕްޑޭޓް ހާމަކޮށް، "އާޓިފިޝަލް އިންޓެލިޖެންސް ބޭސްޑް ޕްރިޑިކްޓިވް ޓެކްނޮލޮޖީގެ" އެހީގައި ހިމަނާފައިވާ އައު ޚިދުމަތްތައް ދައްކާލާފައެވެ.

މަގޭ ޕްލޭންގައި، އަލަށް ތައާރަފުކޮށްފައިވާ ޚިދުމަތްތަކަކީ:

  • އުރީދޫގެ ޑޭޓާ، އެސްއެމްއެސް، ކޯލް، އަދި އައިޑީޑީ އެޑްއޯން ތައް، ގާތްތިމާގެ މީހުންނަށް ހަދިޔާކުރެވުން.
  • ޚިޔާރުކުރާ ބަޖެޓަކަށް އެންމެ އެކަށީގެންވާ ޕްލޭންތައް ބަލާލެވުން.
  • ޓިފިޝަލް އިންޓެލިޖްންސް ޓެކްނޮލޮޖީގެ އެހީގައި، މަގޭ ޕްލޭން މެދުވެރިކޮށް ޚިޔާރުކުރާ އެންމެ މަގުބޫލު ޕްލޭންތައް ބަލާލެވުން.

މަގޭ ޕްލޭންގެ ވަރޝަން 2 ރާއްޖޭގައި ތައާރަފްކުރެވޭނީ، މި މަހުގެ ކުރީކޮޅުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު