Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނުކުޅެދުންތެރިކަން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކުރިއެރުވުމަށް ތިން ބޭފުޅަކަށް އެމްބެސެޑަރުކަން ދެއްވައިފި

3 ޑިސެމްބަރު 2017 | އާދީއްތަ 09:09

އެމްބެސެޑަރުންގެ ގޮތުގައި އައްޔަން ކުރައްވާފައި ވަނީ ޒިހުނަތު އާއި އަންސާމް އަދި ޝަޒްނީ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 ޑިސެމްބަރު 2017 | އާދީއްތަ 09:09
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކުރިއެރުވުމަށް އަންޔަން ކުރެއްވި ތިން އެމްބެސެޑަރުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކުރިއެރުވުމަށް އަންޔަން ކުރެއްވި ތިން އެމްބެސެޑަރުން

ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކުރިއެރުވުމަށް ގުޑްވިލް އެމްބެސެޑަރުކަން ތިން ބޭފުޅަކަށް ދެއްވައިފި އެވެ.

ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަ ކުރުމަށް ޖެން ހޮޓެލްގައި އާދިއްތަ ދުވަހު ޖެންޑަރ މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކުރިއެރުވުމަށް ގުޑްވިލް އެމްބެސެޑަރުކަމަށް އައްޔަން ކުރައްވާފައި ވަނީ ޒިހުނަތު ހަސަން އާއި އަންސާމް އަހުމަދު އަދި މަރިޔަމް ފަޒްނީ އެވެ.

Advertisement - newsAdvertisement

ތިން އެމްބެސެޑަރުންގެ ތެރެއިން ޒިހުނަތަކީ ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)އިން ހިންގާ ޓީވީއެމްގެ ޕްރެޒެންޓަރެއްގެ އިތުރުން، ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތެކެވެ. އަންސާމަކީ ޑައުންސިންޑްރޯމް އެސޯސިއޭޝަންގެ ފައުންޑަރ މެމްބަރެކެވެ. ފަޒުނީ އަކީ އަޑުއިވުމުން މަހުރޫމްވެފައިވާ ކުދިންނާއި މީހުންނަށް ކިޔަވައިދެއްވާ ޓީޗަރެކެވެ.

މިނިސްޓަރު ޒެނީޝާ ވިދާޅުވީ ދެ އަހަރު ދުވަހަށް އައްޔަން ކުރައްވާ އެމްބެސެޑަރުންނަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ހައްގުތައް ކުރިއެރުވުމަށް ކަނޑައަޅާ ބައެއް ކަމަށެވެ. އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެމްބެސެޑަރުންގެ އަރިހުން މިނިސްޓަރު ޒެނީޝާ އެދިލެއްވި އެވެ.

ޖެންޑާ މިނިސްޓްރީން ކަނޑައަޅާ އެ އެމްބެސަޑަރުންނަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ހައްގުތައް ހޯދައިދިނުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާނެ ބައެކެވެ.

މިރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރުގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އަދި ފޮރިން އެފެއާރޒު މިނިސްޓަރު މުހައްމަދު އާސިމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނަމަވެސް މިރަސްމިއްޔާތުގައި ވާހަކަ ދައްކަވާފައިވަނީ ހަމައެކަނި ޖެންޑަރ މިނިސްޓަރު ޒެނީޝާ އެވެ. ޒެނީޝާ ވެސް ވާހަކަ ދައްކަވާފައިވަނީ މަރުހަބާ ދެންނެވުމުގެ ގޮތުންނެވެ.

ޒެނީޝާގެ ވާހަކަފުޅުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އަނބިކަނބަލުން ފާތުމަތު އިބްރާހީމް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ވެދެއްވަމުން ގެއްދަވާ އެހީތެރިކަން ފާހަގަ ކުރައްވާ ޝުކުރު ދައްނަވާ ކަމަށް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާއްސަ އިސްނެންގެވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ 270 ފަރާތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ މިހާރު ވަނީ ހަމަޖައްސާ ދެއްވާފަ،" ޒެނީޝާ ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓްރީން ހިންގި "ސައިން ލޭންގްއޭޖް" ކޯސްތަކުން ވަނަތައް ހާސިލް ކުރައްވާފައިވާ ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކުރައްވާފައި ވެއެވެ.

މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބަސްކޮޅެއް (ސައިން ލޭންގްއޭޖުން) ދައްކާލާފައިވެއެވެ.

ރަސްމިއްޔާތު ނިންމާލުމަށް ފަހު ގައުމީ ސަލާމްކީވަގުތު އެ ރަސްމިއްޔާތުގައި ބައިވެރިވި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވަނީ އިޝާރާތުން ގައުމީ ސަލާމް ބުނެދީފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް