Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިއެމްއެފް

ދަރަނި ކުޑަނުކޮށްފިނަމަ އިގްތިސާދީ ދުވެލި މަޑުޖެހޭނެ: އައިއެމްއެފް

2 ޑިސެމްބަރު 2017 | ހޮނިހިރު 22:15

ރާއްޖޭގެ އިގްތިސާދު މިވަގުތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް އައިއެމްއެފްއިން ބުނޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 ޑިސެމްބަރު 2017 | ހޮނިހިރު 22:15
ރާއްޖޭގެ އިގްތިސާދީ މައި މަރުކަޒު ކަމަަށްވާ މާލެ - އައިއެމްއެފްއިން ވަނީ ރާއްޖެ އަކީ 'ފްރެޖައިލް ސްޓޭޓް' އެއްގެ ގޮތުގައި ކަނޑައަޅާފައި

ރާއްޖޭގެ އިގްތިސާދީ މައި މަރުކަޒު ކަމަަށްވާ މާލެ - އައިއެމްއެފްއިން ވަނީ ރާއްޖެ އަކީ 'ފްރެޖައިލް ސްޓޭޓް' އެއްގެ ގޮތުގައި ކަނޑައަޅާފައި

ދަރަނި ކުޑަނުކޮށްފިނަމަ އިގްތިސާދީ ދުވެލި މަޑުޖެހޭނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.

އައިއެމްއެފްއިން މިހެން ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދަށް މިއަހަރު އައިސްފައިވާ ބަދަލުތަކާއި ބެހޭގޮތުން އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓެއްގައެވެ.

Advertisement - newsAdvertisement

މި ރިޕޯޓުގައި އައިއެމްއެފްއިން ބުނީ ރާއްޖޭގެ އިގްތިސާދީ ދުވެލި މިއަހަރު ރަނގަޅުވެފައިވަނީ ފަތުރުވެރިކަމާއި ކޮންސްޓްރަކްޝަން ދާއިރާގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް އިގްތިސާދު ކުރިއެރި ކަމުގައި ވީނަމަވެސް ދަރަނި ބޮޑުވުމުގެ ސަބަބުން މުސްތަގުބަލުގައި އިގްތިސާދީ ދުވެލި މަޑުޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އައިއެމްއެފްއިން ބުނެފައިވެއެވެ.

އެ ޖަމްއިއްޔާއިން ބުނެފަވަނީ އިތުރުވަމުންދާ ދަރަނިތަކާއި ބަޖެޓް ޑެފިސިޓްވުމުގެ ސަބަބުންނާއި ބޭރު ފައިސާގެ ރިޒަރވް ކުޑަވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މިވަގުތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ.

އައިއެމްއެފްއިން ވަނީ ރާއްޖޭއަކީ 'ފްރެޖައިލް ސްޓޭޓް' އެއް، ނުވަތަ ނާޒުކު ފައްތަރެއްގައި އޮތް ގައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެ ޖަމްއިއްޔާއިން ރާއްޖެ މި ލިސްޓަށް އިތުރުކޮށްފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސްވުމުގެ ސަބަބުންނާއި ރާއްޖޭގައި ވިޔަފާރީގެ ކަންކަން ކުރެވެމުންދާ ގޮތުގެ އިތުރުން، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭއަށް ލިބުނު އާމްދަނީއާއި ބަޖެޓްގެ ބޭނުންކޮށްފައިވާ ގޮތަށް ބެލުމަށް ފަހުއެވެ.

އައިއެމްއެފްގެ 'ފްރެޖައިލް ސްޓޭޓް' ލިސްޓުގައި ހިމެނޭ އެހެން ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާން، ހައީޓީ، ކޮސޯވޯ، ލައިބީރިއާ، މިޔަންމާ އަދި ދެކުނު ސޫދާން ހިމެނެއެވެ.

އައިއެމްއެފްއާއި ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި ޖީޑީޕީގެ 121 އިންސައްތައަށް އަރާނެއެވެ. މިދިޔަ މަހުގެ ތެރޭގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 43 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. މިއީ ރާއްޖޭގެ ޖީޑީޕީގެ 60 އިންސައްތައެވެ. އެހެންކަމުން އައިއެމްއެފްއިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަނި ދެގުނައަށް އުފުލޭނެއެވެ.

މެދު ރާސްތާގައި ސަރުކާރަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށް އައިއެމްއެފްއިން ވަނީ ބުނެފައެވެ. އެގޮތުން އާމްދަނީ ހޯދުމަށް އިތުރު ގޮތްތަކެއް ތައާރުފުކޮށް ސަރުކާރުން ކުރާ ޚަރަދުތައް މަދުކުރުމަށާއި ބޮޑެތި އިންވެސްޓްމެންޓްތަކަށް އަހަންމިއްޔަތުކަން ދިނުމަށް އެ ޖަމްއިއްޔާއިން ވަނީ އިރުޝާދު ދީފައެވެ.

ރާއްޖޭގެ އިގްތިސާދީ ދުވެލި އެއްވަރެއްގައި ހިފަހައްޓައި މިހާރު އޮތް ނާޒުކު ފައްތަރުން ރާއްޖޭގެ އިގްތިސާދު ސަލާމަތްކުރަން ބޭނުންވާނަމަ ދަރަނި މަދުކޮށް ބަޖެޓް ޑެފިސްޓް ކުޑަކުރަން ޖެހޭ ކަމަށްވެސް އައިއެމްއެފްގެ ރިޕޯޓުގައިވެއެވެ. ހަމައެހެންމެ ދުރު ރާސްތާގައި އިގްތިސާދުގެ ދުވެލި ހަލުވި ކުރުމަށް މާލީ ދާއިރާ ވަރުގަދަކޮށް ބޭރު ފައިސާގެ ރިޒަރވް އިތުރުކުރުމަށްވެސް އައިއެމްއެފްއިން ވަނީ އިރުޝާދު ދީފައެވެ.

އައިއެމްއެފްއިން ރާއްޖޭގެ އިގްތިސާދަކީ ނާޒުކު އިގްތިސާދެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު ސަރުކާރުން ވަނީ އެ ޖަމްއިއްޔާއާއި ވޯލްޑް ބޭންކުން މީގެކުރިން ދީފައިވާ އިންޒާރުތަކަށް ބީރު ކަންފަތެއް ދީފައެވެ. ދާދިފަހުންވެސް ފިނޭންސް މިނިސްޓަރު އައިއެމްއެފް ސިފަކުރައްވާފައިވަނީ ޔޫރަޕުގެ ގައުމުތަކުގެ ނުފޫޒާއިއެކު އެހެން ގައުމުތަކުގައި 'ހަންފަތުރަމުންދާ' ބައެއްގެ ގޮތުގައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2017

އިގްތިސާދީ ކުރިއެރުންތައް ހޯދަމުންދާ އިރު ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތަކުގައި ހިފަހައްޓަން ޖެހޭ: ޒިޔަތު

06 ނޮވެމްބަރު 2017
އިގްތިސާދީ ކުރިއެރުންތައް ހޯދަމުންދާ އިރު ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތަކުގައި ހިފަހައްޓަން ޖެހޭ: ޒިޔަތު
02 ނޮވެމްބަރު 2017

ވާނުވާ ނޭނގޭ އިގްތިސާދީ މާހިރަކަށް ހެދިގެން އުޅޭ ޖާހިލަކަށް ރައްޔިތުން ވޯޓު ނުދޭނެ: ރޮޒައިނާ

02 ނޮވެމްބަރު 2017
ވާނުވާ ނޭނގޭ އިގްތިސާދީ މާހިރަކަށް ހެދިގެން އުޅޭ ޖާހިލަކަށް ރައްޔިތުން ވޯޓު ނުދޭނެ: ރޮޒައިނާ
22 އޮކްޓޯބަރު 2017

އިގްތިސާދީ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ ފާރިސްއާ ދެކޮޅަށް ހުށަހެޅި ހެކިން ސިއްރުކުރަން އެދިއްޖެ

22 އޮކްޓޯބަރު 2017
އިގްތިސާދީ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ ފާރިސްއާ ދެކޮޅަށް ހުށަހެޅި ހެކިން ސިއްރުކުރަން އެދިއްޖެ
17 އޮކްޓޯބަރު 2017

ބޮޑެތި އަދަދުތަކުން ރާއްޖެ ދަރަނިވެފައި، ދަރަނި އަދާކުރެވޭނެ ގޮތެއް ނެތް!

17 އޮކްޓޯބަރު 2017
ބޮޑެތި އަދަދުތަކުން ރާއްޖެ ދަރަނިވެފައި، ދަރަނި އަދާކުރެވޭނެ ގޮތެއް ނެތް!
12 އޮކްޓޯބަރު 2017

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި 432 އުޅަނދުން ވަގަށް މަސްވެރިކަން ކުރި: ދިރާސާ

12 އޮކްޓޯބަރު 2017
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި 432 އުޅަނދުން ވަގަށް މަސްވެރިކަން ކުރި: ދިރާސާ
05 އޮކްޓޯބަރު 2017

މިވަގުތުވެސް 1.6 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް: ސްޓެލްކޯ

05 އޮކްޓޯބަރު 2017
މިވަގުތުވެސް 1.6 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް: ސްޓެލްކޯ
23 ސެޕްޓެމްބަރު 2017

އިގްތިސާދީ ކުރިއެރުމަށް އިސްލާމިކް ފައިނޭންސް މުހިންމު: މިނިސްޓަރ ސައީދު

23 ސެޕްޓެމްބަރު 2017
އިގްތިސާދީ ކުރިއެރުމަށް އިސްލާމިކް ފައިނޭންސް މުހިންމު: މިނިސްޓަރ ސައީދު
07 ޖޫން 2017

ސިޔާސީ ގުޅުން ކަނޑާލައިގެން ލިބޭނެ އިގްތިސާދީ ފައިދާއެއް ނޯންނާނެ: ސައުދުﷲ

07 ޖޫން 2017
ސިޔާސީ ގުޅުން ކަނޑާލައިގެން ލިބޭނެ އިގްތިސާދީ ފައިދާއެއް ނޯންނާނެ: ސައުދުﷲ
20 މެއި 2017

ކޮޅުވެއްޓި މާދަމާ ރެޔަށް ނުފެނިއްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވާނެ: އެމްއެންޑީއެފް

20 މެއި 2017
ކޮޅުވެއްޓި މާދަމާ ރެޔަށް ނުފެނިއްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވާނެ: އެމްއެންޑީއެފް
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް