Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއައިފޯން 10

ދިރާގުން އައިފޯން 10 ލޯންޗްކޮށް، ވިއްކަން ފަށައިފި

ދިރާގުން އައިފޯން 10 ގެ ޕްރީއޯޑަރ ނަގަން ފަށާފައިވަނީ ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ނޮވެމްބަރު 2017 | ބުރާސްފަތި 20:50
ދިރާގުން އައިފޯން 10 ގަތް ފުރަތަމަ ކަސްޓަމަރު

ދިރާގުން އައިފޯން 10 ގަތް ފުރަތަމަ ކަސްޓަމަރު

ކުލަގަދަ ރަސްމިއްޔާތެއްގައި އައިފޯން 10 ލޯންޗްކޮށް، ދިރާގުން އެ މޮޑެލްގެ ފޯނު ރާއްޖޭގައި ވިއްކަން ފަށައިފިއެވެ.

ދިރާގުން ރާއްޖެއަށް ގެނައި އައިފޯން 10 ގެ ފުރަތަމަ ސްޓޮކް ބުރާސްފަތި ދުވަހުގެރޭ އެ ކުންފުނިން ދޫކޮށްފައިވަނީ ޕްރީއޯޑަރ މެދުވެރިކޮށް ފުރަތަމަ އިންސްޓޯލްމަންޓަށް ފައިސާ ދައްކާފައިވާ ކަސްޓަމަރުންނަށެވެ.

ދިރާގުގެ ޑިވައިސަސް މެނޭޖަރު އަހްމަދު އިޝާން ވިދާޅުވީ، އައިފޯން 10 ޕްރީއޯޑަރަށް ހުޅުވާލުމުން ލިބިގެންދިޔަ ފުރިހަމަ ތަރުހީބާއިއެކު، ގަޑީރެއްހާއިރު ތެރޭގައި އެ ކުންފުނިން ގެނައި ފުރަތަމަ ސްޓޮކް ވިކި ހުސްވި ކަމަށެވެ. އިޝާން ވިދާޅުވީ، މިވަގުތު ފޯނުގެ ސްޓޮކް ހުސްވެފައި ވީނަމަވެސް ކުރިއަށް އޮތް ހަފްތާގައި އައިފޯން 10 އެއްގެ އިތުރު ސްޓޮކެއް ރާއްޖެއަށް ގެނެސް، ފޯނު ގަތުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ހުޅުވާލާނެ ކަމަށެވެ.

ދިރާގުން އައިފޯން 10 ގެ ޕްރީއޯޑަރ ނަގަން ފަށާފައިވަނީ ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހުއެވެ.

އެޕަލް ކުންފުނިން ތައާރަފުކޮށްފައިވާ އައިފޯން 10 ވަރަށް ޚާއްސަ ސިފަތަކެއް އެކުލެވިގެންވެއެވެ. އެގޮތުން ފޭސް ރިކޮގްނިޝަން ނުވަތަ މޫނު ބޭނުންކޮށްގެން ފޯނު އަންލޮކް ކުރެވޭ ފިޗަރއެއް ފޯނުގައި ހިމެނެއެވެ. އައިފޯން 10 ގައި ހޯމް ބަޓަންއެއް ހިމަނާފައި ނުވާއިރު، މި ފޯނަކީ ވަޔަރލެސްކޮށް ޗާޖްކުރެވޭ، އައިފޯންގެ އެހެން މޮޑެލްތަކާއި އަޅައި ބަލާއިރު އިތުރު ދެ ގަޑިއިރަށް ބެޓަރީގެ ބާރު ހިފަހައްޓާ ފޯނެކެވެ.

ދިރާގުން ބުނި އެ ކުންފުނީގެ މަޤްސަދަކީ ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށް ފޯނު ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
19 ފެބުރުއަރީ 2017

ޔޫފޮރިކް ރީޓެއިލްގެ ވެބްސައިޓް ލޯންޗްކޮށްފި

19 ފެބުރުއަރީ 2017
ޔޫފޮރިކް ރީޓެއިލްގެ ވެބްސައިޓް ލޯންޗްކޮށްފި
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
03 ފެބުރުއަރީ 2017

"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި

03 ފެބުރުއަރީ 2017
"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
05 ޖެނުއަރީ 2017

ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި

05 ޖެނުއަރީ 2017
 ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު