Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާ ބޭއްވީ ހަމައެކަނި ޕިޕީއެމް މެންބަރުންނަށް، އިދިކޮޅު މެންބަރުންނަކަށް ނާންގާ!

29 ނޮވެމްބަރު 2017 | ބުދަ 14:28

ޖަލްސާއެއް އޮތިއްޔާ ހުރިހާ މެންބަރުންނަށްވެސް އަންގަން ޖެހޭނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 29 ނޮވެމްބަރު 2017 | ބުދަ 14:28
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހުގައި ބުދަ ދުވަހު ބޭއްވި 5 މިނެޓްގެ ޖަލްސާ އޮތްކަން އެންގީ ހަމައެކަނި ޕީއެމް މެންބަރުންނަށް ކަމަށާއި އިދިކޮޅު އެއްވެސް މެންބަރަކަށް ޖަލްސާ އޮތްކަން އަންގާފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ބުދަ ދުވަހު ގެނެސްދިން ޚާއްސަ ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ޖަލްސާއެއް އޮތިއްޔާ ހުރިހާ މެންބަރުންނަށް ވެސް އަންގަވަން ޖެހޭނެ ކަމަށާއި އެކަން ކުރަންވާނީ ވަކި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ، ޖަލްސާއެއް އޮތްކަން އެނގިވަޑައިގަތީ ދޫދޫމަތިން ތޯތޯ ވާހަކައެއްގެ ގޮތުގައި ކަމަށެވެ. އަދި ޕީޕީއެމްގެ ވައިބާ ގްރޫޕްގައި އެޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ލިޔުއްވާފައިވާ ލިޔުއްވުމަކާއި ހަވާލާދީ ޖަލްސާއެއް އޮންނާނެ ކަމަށް ނޫސްތަކުގައި ވެސް ލިޔެފައިވަނިކޮށް ފެނިވަޑައިގެެންނެވި ކަމަށް ވިދާޅުވިއެވެ.

"ނިހާނު ވިދާޅުވިކަމަށް އޮތީ ނޫސްތަކުގައި ޕިޕީއެމްގެ ޖަލްސާއެއް މިއަދު 2.30 ގައި އޮންނާނެއޭ، ޕިޕީއެމް ހުރިހާ މެންބަރުން ތައްޔާރުވެވަޑައިގަންނަވާށޭ. ޝާހިދު ވިދާޅުވިއެވެ.

މަޖިލީހުގައި އަމަލުކުރަން އޮންނަ ގޮތަކީ މަޖިލީހުގައި އެޖެންޑާއެއް އޮތްކަމުގައި ވަނީނަމަ އެކަން އަމީން އާންމު މަޖިލީހުގެ މެންބަރުންނަށް އެންގެވުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޓީވީ ހުޅުވާލެއްވުމުން ރައްޔިތުންގެ މަޖިލިސް ކުރާގޭ ކަހަލަ ތަނެއްގައި މަސީހު ކަހަލަ ބޭފުޅަކު އިންނަވައިގެން، އަދި މަޖިލީހުގެ އަމީން އާންމުއާ ވެސް ވަރަށް ވައްތަރު ބޭފުޅަކު އިންނަވައިގެން ޖަލްސާ އެއް ކުރިއަށް ގެންދާތީ އެއީ ހަމަ ހަގިގީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ތޯ ސާފުކޮށްދެއްވުމަށް އަމީން އާންމަށް މެސެޖަކުން ދެެންނެވި ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންނަމަވެސް އަމީންއާންމު އެ މެސެޖަށް ޖަވާބު ދެއްވައިފައިނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިއަދު މަޖިލީހުގައި ބޭއްވުނު ޖަލްސާއަކީ މަޖިލީހުގެ ތެރެއިން ސަރުކާރުން ބޭނުންވާ ބަޔަކަށް އަންގައިގެން، ތެޅިފޮޅިގަނެގެން ކޮންމެވެސް ކަހަލަ ޖަރީމާއެއް ހިންގުމަށް ބޭއްވި ޖަލްސާއެއްކަމަށް ވެދާނެ ކަމަށެވެ..

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް