Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަސުރުހީ

ބަޑިގުދަނާއި ތިޖޫރިއާ ގާނޫނު އަސާސީގެ ރައްކާތެރިކަން މިއަދު މިވަނީ ގެއްލިފައި: އިންތި

ރައްޔިތުންގެ އެއްވެސް ރައްކާތެރިކަމެއް ނެތް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2017 | ބުދަ 04:03
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ

މިސަރުކާރުން އަމަލު ކުރަމުންދާ ގޮތުން ބަޑިގުދަނުގެ ރައްކާތެރިކަމާއި ތިޖޫރީގެ ރައްކާތެރިކަމާއި ގާނޫނު އަސާސީގެ ރައްކާތެރިކަން ގެއްލިފައިވާ ކަމަށް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ(އިންތި) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްވަމުން، މެންބަރު އިންތި ވިދާޅުވީ، މި ސަރުކާރު އައުމަށް ފަހު ރައްޔިތުންނަށް އެއްވެސް ވަރަކަށް އިންސާފު ލިބެމުންދާ މަންޒަރު ނުފެންނަ ކަމަށާއި މިއަދު މިފެނިގެން ދަނީ ކޮރަޕްޝަނާއި ފަސާދައިން ފުރިފައިވާ ސަރުކާރެއް ކަމަށެވެ.

Advertisement - newsAdvertisement

"އެންމެހައި ޖަމިއްޔާ ޖަމާއަތްތަކާއި، ކޮމަންވެލްތާއި، އދ އާ ޑިމޮކްރެޓިކް ބޮޑެތި ގައުމުތަކާއި، މިހެން ގޮސް މުޅި ދުނިޔެ، އެއްބަސްވެފައިވަނީ ސިޔާސީ ފަރާތްތަކުން ހިފާ ހައްޔަރު ކޮށްފައިވަނީ ރޯނުބައިކޮށް ކަމަށް. ދިވެހި ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ބޭފުޅަކަށްވެސް ރައްކާތެރިކަމެއް މިގައުމުގައި ނެތް. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ނުހައްގު ދައުވާއެއް ހިންގާ، ނުހައްގު ޝަރީއަތެއް ވަނީ ހިންގާފަ،" އިންތި ވިދާޅުވި އެވެ.

ހުދުމުހުތާރު ވެރިކަމެއް ބިނާ ކުރުމަށްޓަކާއި ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިވެރިކަން ފެށުނީއްސުރެ ފެންނަމުންދާ ކަމަށް އިންތި ވިދާޅުވި އެވެ. ރައީސް އަބްދުﷲ ޔާމީން އެންމެ އިސްކަމެއް ދެއްވަނީ ތިޖޫރިއަށް ވާގޮތް ބެއްލެވުމަށް ކަމަށާއި ދައުލަތުގެ ފައިސާ ހުސްވެ، ތިޖޫރި ވަޅުގަނޑަކަށް ވެއްޓިގެންދާތަން ކިޔައިދޭނެ ބަޔަކު ތިބުމަކީ މި ސަރުކާރުން ބޭނުންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

" މިކަންކަން މިގޮތަށް ދާއިރުގައި ސިޔާސީ ފަރާތްތައް ދޫކޮށްލާފައި ހުރުމަކީ ސަރުކާރަށް ވަރަށް ނުރައްކާތެރި ކަމަކަށްވާނެ ނޫންތޯ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައަކަތް ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް. މިކަމަށްޓަކައި ސިޔާސީ ލީޑަރުން ޖަލަށް ލައިގެން އުޅުއްވަނީ،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޖަލްސާއަށް ދާ މީހުންގެ އަދަދާއި ސަރުކާރުން ބާއްވާ ޖަލްސާތަކުގައި ބައިވެރިވާ މީހުންގެ އަދަދުތައް އަޅާ ކިޔާ އިރު ސަރުކާރުން ބާއްވާ ޖަލްސާތަކަށް މީހުން ގެންދަނީ ގަދަކަމުން ބިރުދައްކައިގެން ކަމަށެވެ. އަދި އެގޮތަށް ގެންދާ ގެންދިއުމުގެ ސަބަބުން ރައްޔިތުންގެ އިތުރު ނަފްރަތު ރައީސް ޔާމީނަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ލޯކަލް ކައުންސިލް އިންތިހާބުން ވެސް ފެނިގެން ގޮސްފައިވާ ކަމަށް އިންތި ވިދާޅުވި އެވެ. މިގޮތަށް ޖަލްސާތަކަށް މީހުން ގެނެސް ތާއީދޭ ކިޔާ ވާހަކަ ދެއްކުމަކީ އަމިއްލަ ނަފްސަށް އޮޅުވާލުން ކަމަށް އިންތި ވިދާޅުވި އެވެ.

މިގޮތަށް އަމިއްލަ ނަފްސަށް އޮޅުވާލާނީ މޮޔައިން ކަމުގައި ފާހަގަކުރައްވާ އިންތި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާތަކަށް މީހުން ނުދަނީ ސަރުކާރަށް އެމީހުންގެ މޫނު ފެނިއްޖެ ނަމަ ވަޒީފާއިން ކަނޑާލާނެ ކަމުގެވެސް ބިރު އޮތުމާވެސް އެކު ކަމަށެވެ. އަދި އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ ޖީބުން ހަރަދުކޮށްގެން ގިނަ ބަޔަކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކަށް ޖަމާވާއިރު އިދިކޮޅު ފަރާތްތަކަށް މާލޭގައިވެސް ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު ނުދޭކަން އިންތި ފާހަގަކުރެއްވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު