Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސާރީތަރިކަ ހިމާޔަތް ކުރުން

ސަރުކާރުތަކަށް ބަރޯސާނުވެ، ގާނޫނުއަސާސީގައި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް ލިޔުން މުހިއްމު: މެމްބަރު ފައްޔާޒު

28 ނޮވެމްބަރު 2017 | އަންގާރަ 09:32

ބިހުރޯޒު މިސްކިތް ހުރިތާ 12 ބުރީގެ އިމާރާތެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 ނޮވެމްބަރު 2017 | އަންގާރަ 09:32
ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު

ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު

ރާއްޖޭގައި ވެރިކަން ކުރާ ސަރުކާރުތަކަށް ބަރޯސާނުވެ، ރާއްޖޭގެ އާސާރީ ތަންތަން ހިމަނާ، ހިމާޔަތް ކުރުމަށް ގާނޫނުއަސާސީގައި ލިޔުން ވަރަށް މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި އާސާރީ ބިނާތައް ވަރަށް މަދު ކަމަށެވެ. އަދި އެތަންތަން ހިމާޔަތް ކުރުމަށް ސަރުކާރެއްގެ މައްޗަށް ބަރޯސާވުން ބުއްދިވެރި ނޫން ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން ފައްޔާޒު ވިދާޅުވީ ގާނޫނުއަސާސީ އެތަންތަން ލިޔެ، ހިމާޔަތް ކުރުން ނޫންގޮތެއް ނެތް ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމޭއިރު، ސަލާމަތުން މާގިނަ ބިނާތަކެއް ހުންނާނެ ކަމަށް ހީނުވާ ކަމަށެވެ.

ފައްޔާޒު އެގޮތަށް ވިދާޅުވިއިރު، ރާއްޖޭގެ ތާރީހީ އަދި އާސާރީ ބިނާއެއް ކަމަށްވާ ބިހުރޯޒް މިސްކިތް ހުރި ބިމާ، މަސްޖިދުލް އާދިލްގައި 12 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފަ އެވެ.

މީގެއިތުރުން، ރާއްޖޭގައިހުރި އެންމެ ތާރީހީ އަދި އާސާރީ، މީގެއިތުރުން ދިވެހި ކާބަފައިންގެ ފަންނުވެރިކަން ދައްކުވައިދޭ ރާއްޖޭ ފުރަތަމަ މަކުތަބު ކަމުގައިވާ ހުކުރު މިސްކިތް ސަރަހައްދުގައި ކެފޭއެއް ހުޅުވާ ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާ، އެކަމަށް ޝައުގުވެރިވާ ފަރާތްތެއް ހޯދުމަށް އިއުލާން ކޮށްފައިވެ އެވެ.

ނަމަވެސް އެކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން ފާޅުކުރަމުން ދަނިކޮށް ސަރުކާރުން ވަނީ އެއިއުލާން ބާތިލްކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެއިއުލާން ބާތިލުކުރީ އަލުން ދިރާސާ ކުރުމަށް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 މެއި 2018

އެމްޑީޕީ ޕްރައިމަރީގައި ވޯޓް ފޮށިތައް ބަހައްޓާނެ ތަންތަން ހަމަޖައްސައިފި

12 މެއި 2018
އެމްޑީޕީ ޕްރައިމަރީގައި ވޯޓް ފޮށިތައް ބަހައްޓާނެ ތަންތަން ހަމަޖައްސައިފި
09 މެއި 2018

އިދިކޮޅު ޕާޓީތަކުގެ ކޮންގްރެސް ބާއްވަން ތަނެއް ނުލިބުނު، އެކަމަކު ޕީޕީއެމަށް ތަންތަން 'ހިތަކަށް' ލިބޭ!

09 މެއި 2018
އިދިކޮޅު ޕާޓީތަކުގެ ކޮންގްރެސް ބާއްވަން ތަނެއް ނުލިބުނު، އެކަމަކު ޕީޕީއެމަށް ތަންތަން 'ހިތަކަށް' ލިބޭ!
01 ޑިސެމްބަރު 2017

ރަށްތަކުގައި ފެންބޮޑުވަނީ ކުޅިފަދަ ތަންތަން ނެތުމުން: ރައީސް ނަޝީދު

01 ޑިސެމްބަރު 2017
ރަށްތަކުގައި ފެންބޮޑުވަނީ ކުޅިފަދަ ތަންތަން ނެތުމުން: ރައީސް ނަޝީދު
27 ނޮވެމްބަރު 2017

އާސާރީ ތަރިކަ ނައްތާލުމަށް ސަރުކާރުން ހިންގާ އަމަލުތައް ކުށްވެރިކުރަން: އަދާލަތު

27 ނޮވެމްބަރު 2017
އާސާރީ ތަރިކަ ނައްތާލުމަށް ސަރުކާރުން ހިންގާ އަމަލުތައް ކުށްވެރިކުރަން: އަދާލަތު
22 ނޮވެމްބަރު 2017

ބަޖެޓް ފާސްކުރަންޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

22 ނޮވެމްބަރު 2017
ބަޖެޓް ފާސްކުރަންޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
18 ނޮވެމްބަރު 2017

އެހެން ސަރުކާރުތަކަށް މިސްކިތްތައް ވެސް އެޅިފައި ނެތް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

18 ނޮވެމްބަރު 2017
އެހެން ސަރުކާރުތަކަށް މިސްކިތްތައް ވެސް އެޅިފައި ނެތް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ
19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
25 އެޕްރީލު 2017

މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި

25 އެޕްރީލު 2017
މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި
16 އެޕްރީލު 2017

ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

16 އެޕްރީލު 2017
ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން
29 މާރިޗު 2017

ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި

29 މާރިޗު 2017
ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް