Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މައުމޫނު

މިނިސްޓަރުން ވިދާޅުވާ އެއްޗަކާއި ބަޖެޓްގައިވާ އެއްޗެއް ދިމަލެއްނުވޭ، އޮޅުން ފިލުވާ ދެއްވާ: ރައީސް މައުމޫން

ބަޖެޓްގައި 12 ބުރީގެ ދެ މިސްކިތް އިމާރާތް ކުރުމަށް ހިމަނާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2017 | އަންގާރަ 09:28
ބިހުރޯޒް މިސްކިތް: މިވަގުތު ހުރީ ޓިނުޖަހާ ބަންދުކޮށްފަ

ބިހުރޯޒް މިސްކިތް: މިވަގުތު ހުރީ ޓިނުޖަހާ ބަންދުކޮށްފަ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ މިނިސްޓަރުން ވިދާޅުވާ އެއްޗަކާއި ބަޖެޓްގައިވާ އެއްޗެއް ދިމާނުވާ ކަމަށާއި އޮޅުން ފިލުވައި ދެއްވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި އެގޮތަށް ގޮވާލައްވާފައި މިވަނީ ބިހުރޯޒް މިސްކިތް ހުރި ބިމުގައި 12 ބުރީގެ އިމާރާތެއް އެޅުމަށް އެއްވެސް އިރެއްގައި މަޝްވަރާ ކުރައްވާފައި ނުވާކަމަށާއި އެއީ ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

Advertisement - newsAdvertisement

އެވާހަކަ ދައްކާ ފަރާތްތަކުން އެވާހަކަ ދައްކަނީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާ މަގުފުރައްދަން ކަމަށް ޒިޔާދު ވިދާޅުވިއިރު، ބިހުރޯޒު މިސްކިތް ހުރި ބިމުގައި 12 ބުރީގެ އިމާރާތެއް އަޅާ ވާހަކަ ދެއްކެވީ ޒިޔާދުވެސް ހިމެނިވަޑައިގަންނަވާ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. މުނައްވަރު އެގޮތަށް ވިދާޅުވީ ވެސް މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ދެއްވަމުންނެވެ.

ބާރަ ބުރީގެ މަޕްޓިޕާޕަސް ދެ އިމާރާތް އެޅުމަށް ސަރުކާރުން ނިންމާފައި ވަނީ ބިހުރޯޒް މިސްކިތާއި މަސްޖިދުލް އާދިލް ހުރި ބިމުގަ އެވެ.

ބަޖެޓް ދިރާސާކުރި ކޮމެޓީގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވެފައި ވަނީ މުޅިން އާ ކޮންސެޕްޓްތަކަށް މިސަރުކާރުން މިސްކިތްތައް އިމާރާތް ކުރަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ފިކުރަށް އަންނަ އެއްޗެއް:ހަސަން ލަތީފް

17 މެއި 2017
ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ފިކުރަށް އަންނަ އެއްޗެއް:ހަސަން ލަތީފް
09 މެއި 2017

ރައީސް ޔާމީން ނިކުންނަވާ ބަލިވެއްޖެ ކަމަށް ވިދާޅުވާންޖެހޭ: އަމީތު

09 މެއި 2017
ރައީސް ޔާމީން ނިކުންނަވާ ބަލިވެއްޖެ ކަމަށް ވިދާޅުވާންޖެހޭ: އަމީތު
26 އެޕްރީލު 2017

މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!

26 އެޕްރީލު 2017
މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!
16 އެޕްރީލު 2017

ގާސިމްގެ މައްޗަށް ކުރި ތުހްމަތާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު:ހިސާން

16 އެޕްރީލު 2017
ގާސިމްގެ މައްޗަށް ކުރި ތުހްމަތާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު:ހިސާން
04 އެޕްރީލު 2017

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

04 އެޕްރީލު 2017
ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު