Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުވައްޒަފުންގެ ޙައްޤުތައް

ސަލާމް ބުނެގެން ސަރވީސް އެލަވަންސްއިން އުނިކުރި ފައިސާ ދޭން ހައިކޯޓުންވެސް ތާއީދު

27 ނޮވެމްބަރު 2017 | ހޯމަ 23:55

މި ފައިސާ ދިނުމަށް އެންމެ ފުރަތަމަ ހުކުމް ކުރީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 27 ނޮވެމްބަރު 2017 | ހޯމަ 23:55
ދިވެހި ރާއްޖޭގެ ހައި ކޯޓު:- ސަލާމް ބުނެގެން ސަރވީސް އެލަވަންސްއިން ފައިސާ އުނި ނުކުރެވޭނެ ކަމަށް ވަނީ ނިންމާފަ

ދިވެހި ރާއްޖޭގެ ހައި ކޯޓު:- ސަލާމް ބުނެގެން ސަރވީސް އެލަވަންސްއިން ފައިސާ އުނި ނުކުރެވޭނެ ކަމަށް ވަނީ ނިންމާފަ

ސިވިލް ސަރވިސްގެ މުވައްޒަފަކު ސަލާމް ބުނެގެން އޭނާގެ ސާވީސް އެލަވަންސް އިން އުނިކުރި ފައިސާ އަނބުރާ ދިނުމަށް ހައި ކޯޓުންވެސް ތާއިދު ކޮށްފިއެވެ.

މި ގޮތަށް ހައި ކޯޓުން ހުކުމް ކުރީ ފިޝަރީޒް މިނިސްޓްރީގައި ސީނިއާ ޕްރޮޖެކްޓް އޮފިސަރެއްގެ މަގާމު އަދާކުރަމުންދިޔަ ރ.މަޑުއްވަރީ، ގުލްފާމްހިޔާ، މުހައްމަދު ނަޒީފް، ބަލިވެގެން ސަލާމް ބުނުމާގުޅިގެން އޭނާގެ ސަރވިސް އެލަވަންސް އިން އުނިކުރި ފައިސާ ދޭން ޖެހޭނެކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ޙުކުމުގައެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ނިންމާފައި ވަނީ 2006 ވަނަ އަހަރު ފެށިގެން ފިޝަރީޒް މިނިސްޓްރީގައި މަސައްކަތް ކުރަމުންދިޔަ ނަޒީފް 2015 ވަނަ އަހަރު ބަލިވެގެން އެއް ދުވަހު ސަލާމް ބުނުމުން ސަރވިސް އެލަވަންސްއިން ފައިސާ އުނިކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށެވެ. އަދި އެ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައި މި ވަނީ އެ ނިންމުން ބާތިލް ކުރުމަށް ސިވިލް ސާވީސްގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހުއެވެ.

Advertisement - newsAdvertisement

ހައިކޯޓުން ނިންމާފައިވަނީ ސަރވިސް އެލަވަންސް އަކީ ވަޒީފާ އާ ބެހޭ ގާނޫނުގެ 90 ވަނަ މާއްދާގައި މާނަކޮށްފައިވާ އުޖޫރައިގެ ތެރޭގައި ހިމެނޭ އެއްޗެއްކަން އެނގޭ ކަމަށާއި މުވައްޒަފެއްގެ މުސާރަ އާއި އުޖޫރައިން އެއްވެސް މިންވަރެއް އުނިކުރެވޭނެ ހާލަތްތައް ވަޒީފާއާ ބެހޭ ގާނޫނުގެ 54 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާއިރު ސަލާމްގެ ޗުއްޓީއާ ގުޅުވައިގެން ސަރވިސް އެލަވަންސް ފައިސާ އުނިކުރުމަކީ އެއިން ހާލަތަކަށް ފެތޭ އުނިކުރުމެއްކަން އެނގެން ނެތް ކަމަށެވެ.

އެހެން ކަމުން ނަޒީފް ސަލާމް ޗުއްޓީގައި ހުރި އެއް ދުވަހަށްވާ ފަސްދޮޅަށް ހަ ރުފިޔާ ފަސްދޮޅަސް ހަތް ލާރި އޭނާގެ ސާވީސް އެލަވަންސް ފައިސާއިން އުނިކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 54 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އަދި ނަޒީފް ސަލާމް ބުނެގެން ސަރވިސް އެލަވަންސް އިން އުނިކޮށްފައިވާ ފައިސާ ދޭން ޖެހޭނެ ކަމަށް އެ ޙުކުމްގައި ކަނޑައަޅާފައިވެއެވެ.

އަދި 2 އޮކްޓޯބަރ 2014 ގައި ސިވިލް ސާވީސްގެ ޤަވައިދަށް ގެނައި އިސްލާހުތަކަށް ޚިޔާލެއް ހޯދުމަށް 5 މެއި 2015 ގައި އެ ކޮމިޝަނުން އެޓާނީ ޖެނަރަލްގެ އޮފީހުގައި ލިޔުމަކުން އެދުމުން އިސްލާހް ކުރަން ޖެހޭ ކަންކަން ހުރި ކަމާއި އޭގެ ތެރޭގައި ސަލާމް ޗުއްޓީގައި ހުންނަ ދުވަހަށް ސާވީސް އެލަވަންސްއިން ފައިސާ އުނިކުރާގޮތައް އޮތުމަކީ ޤާނޫނާ ޚިލާފު ނުކުތާއެއްކަމަށް އެޓާނީ ޖެނަރަލް އޮފީހުން ލަފާދީފައި އޮންނަ ކަންވެސް ހައި ކޯޓުން ފާހަގަ ކޮށްފައިވެއެވެ. އެހެން ކަމުން ސަލާމް ބުނާ ދުވަސްތަކަށް ސަރވިސް އެލަވަންސްއިން ފައިސާ އުނިކުރަމުން ގޮސްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނަށް ބަންޑާރަ ނައިބު ދިން ލަފައާ ޚިލާފަށް ކަން އެނގޭކަމަށް މި ޙުކުމުގައިވެއެވެ.

މީގެ އިތުރުން ސަލާމް ބުނާ ދުވަސްތަކަށް ސަރވިސް އެލަވަންސް އިން ފައިސާ އުނި ނުކުރެވޭނެ ކަމަށް ކަނޑައަޅަން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ނިމުމުގެ ކުރިންވެސް ބަންޑާރަ ނައިބު އޮފީހުގެ މުވައްޒަފުންގެ މުސާރައިން ސަލާމް ބުނާ ދުވަސްތަކަށް ސަރވިސް އެލަވަންސްއިން ފައިސާ އުނިކުރަމުން ގޮސްފައިނުވާނެކަމަށް ބަންޑާރަ ނައިބު އޮފީހުން ބުނެފައިވާކަން އެނގޭ ކަމަށްވެސް ހައި ކޯޓުން ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް ސިވިލް ސާވީސްގެ މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވީސް އެލަވަންސް އިން ފައިސާ އުނިކުރުން ހުއްޓާލީ އެ ފައިސާ އުނި ނުކުރެވޭނެ ކަމަށް ހައި ކޯޓުން 2015 ވަނަ އަހަރު ނިންމުމަށްފަހުއެވެ.

ބަންޑާރަ ނައިބު އޮފީހުގެ މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސަރވިސް އެލަވަންސްއިން ފައިސާ އުނުކުރަމުން ގޮސްފައި ނުވަނީ އެއީ ގާނޫނާ ޚިލާފު މާއްދާއެއް ކަމަށް ބަންޑާރަ ނައިބަށް ޤަބޫލު ކުރެވިގެންކަމަށްވާއިރު އެއީވެސް ސިވިލް ސަރވިސް ދަށުން ހިނގަމުން އަންނަ އޮފީހެކެވެ.

މި ޙުކުމާއެކު 2014 ޑިސެމްބަރުގައި ސިވިލް ސާވީސްގެ ގަވައިދަށް އަމަލު ކުރަން ފެށީއްސުރެ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ސަލާމް ބުނެގެން ސާވީސް އެލަވަންސް އިން ފައިސާ އުނިކޮށްފައިވާ މުވައްޒަފުންނަށް އަނބުރާ ފައިސާ ދޭން ޖެހޭނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

15 ޖޫން 2018

ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވައިފި

15 ޖޫން 2018
ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވައިފި
11 ޖޫން 2018

ރައީސްގެ ދެކަނބަލުން މިފަހަރު އީދު ސަލާމް ކުރެއްވުން ރަސްރަނި ބަގީޗާގައި

11 ޖޫން 2018
ރައީސްގެ ދެކަނބަލުން މިފަހަރު އީދު ސަލާމް ކުރެއްވުން ރަސްރަނި ބަގީޗާގައި
24 އެޕްރީލު 2018

މަޖިލީހަށް ސަލާމް ފޮނުއްވެވި ނުވަ މެމްބަރަކު، ކޮމެޓީއަށް ހާޒިރުވެ ވަޑައިގެންނެވި

24 އެޕްރީލު 2018
މަޖިލީހަށް ސަލާމް ފޮނުއްވެވި ނުވަ މެމްބަރަކު، ކޮމެޓީއަށް ހާޒިރުވެ ވަޑައިގެންނެވި
18 އެޕްރީލު 2018

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރައީސް ނަޝީދަކީ މުޖުރިމެކޭ ބުނެގެން ނުވާނެ: ގާޒީ ބާރީ

18 އެޕްރީލު 2018
ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރައީސް ނަޝީދަކީ މުޖުރިމެކޭ ބުނެގެން ނުވާނެ: ގާޒީ ބާރީ
19 ފެބުރުއަރީ 2018

ނިހާނަށާއި، އަބްދުއްރަހީމަށް އަދީބް ވަރަށް ސަލާމް ފޮނުއްވައިފި

19 ފެބުރުއަރީ 2018
ނިހާނަށާއި، އަބްދުއްރަހީމަށް އަދީބް ވަރަށް ސަލާމް ފޮނުއްވައިފި
30 ނޮވެމްބަރު 2017

ރިޔާޒް ވަކިކުރި ގޮތާއިމެދު ވައިބަރގައި އެއްޗެއް ބުނެގެން ސިވިލް އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި

30 ނޮވެމްބަރު 2017
ރިޔާޒް ވަކިކުރި ގޮތާއިމެދު ވައިބަރގައި އެއްޗެއް ބުނެގެން ސިވިލް އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި
28 ސެޕްޓެމްބަރު 2017

ނޫރުއްސަލާމް ނޫން ވަކީލެއް ހޯދުމަށް ރިޔާޒަށް ދެދުވަސް!

28 ސެޕްޓެމްބަރު 2017
ނޫރުއްސަލާމް ނޫން ވަކީލެއް ހޯދުމަށް ރިޔާޒަށް ދެދުވަސް!
02 ސެޕްޓެމްބަރު 2017

ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކުރީ އިސްގާޒީއާ ދިމާލަށް "އެއްޗެއް" ބުނެގެން!

02 ސެޕްޓެމްބަރު 2017
ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކުރީ އިސްގާޒީއާ ދިމާލަށް "އެއްޗެއް" ބުނެގެން!
21 ޖޫން 2017

ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން އޮންނާނެ:ރައީސް އޮފީސް

21 ޖޫން 2017
ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން އޮންނާނެ:ރައީސް އޮފީސް
23 ފެބުރުއަރީ 2017

ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު

23 ފެބުރުއަރީ 2017
ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް