Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހަށް ސަލާމް ފޮނުއްވެވި ނުވަ މެމްބަރަކު، ކޮމެޓީއަށް ހާޒިރުވެ ވަޑައިގެންނެވި

24 އެޕްރީލު 2018 | އަންގާރަ 14:36

28 މެމްބަރަކު ސަލާމް ފޮނުއްވެވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 24 އެޕްރީލު 2018 | އަންގާރަ 14:36
މަޖިލީހުގެ ކޮމެޓީއެއްގައި އިދިކޮޅު ބައެއް މެމްބަރުން: ސަލާމް ފޮނުވީ އިދިކޮޅު މެމްބަރުން

މަޖިލީހުގެ ކޮމެޓީއެއްގައި އިދިކޮޅު ބައެއް މެމްބަރުން: ސަލާމް ފޮނުވީ އިދިކޮޅު މެމްބަރުން

އެންޓި ޑިފެކްޝަންގެ ގާނޫނު މަޖިލީހުން ފާސްކުރި ދުވަހު މަޖިލީހަށް ސަލާމް ފޮނުއްވެވި ނުވަ މެމްބަރަކު، ހަމަ އެ ދުވަހު މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުވެވަޑައިގެންނެވިކަން ސުޕްރީމް ކޯޓުގެ ހުކުމުން ހާމަވެއްޖެއެވެ.

އެކަން ހާމަވެގެން ދިޔައީ ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެންޓި ޑިފެކްޝަންގެ ބިލު ބާތިލުކުރަން ހުށަހެޅުއްވި މައްސަލައިގައި ކުރި ހުކުމުންނެވެ. އެ ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުން މިހާރަކަށް އައިސް، ގަސްތުގައި ބައެއް މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައި ނުގަންނަވައެވެ. އަދި މަޖިލީހުގެ ޖަލްސާތަކުގައި އެ މެމްބަރުން ބައިވެރިވެވަޑައި ނުގަންނަވަނީ ގަބޫލު ނުކުރެވޭ ކަންތައްތަކެއް މަޖިލީހުގައި ހިނގަމުންދާތީ ކަމަށް މައްސަލަ ހުށަހެޅުއްވި މަޖިލިސް މެމްބަރުންގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށް ހުކުމްގައިވެއެވެ.

Advertisement - newsAdvertisement

ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުގައި އެންޓި ޑިފެކްޝަންގެ ބިލު މަޖިލީހުން ފާސްކުރި ދުވަހު، މާޗު 13، 2018، ގައި 28 މެމްބަރަކު ސަބަބު ބަޔާން ކުރުމެއް ނެތި މަޖިލީހަށް ސަލާމް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ސަލާމް ފޮނުއްވެވި ބައެއް މެމްބަރުން އެ ދުވަހު މަޖިލީހަށް ވަޑައިގެން ކޮމެޓީތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މަޖިލިސް ކުރާ މާލަމަށް ވަޑައިނުގެން، ސަލާމް ފޮނުއްވެވި ބައެއް މެމްބަރުން މަޖިލީހުގެ ގޯތިތެރޭގައި ތިއްބެވި ކަމަށް ހުކުމްގައިވެއެވެ.

މަޖިލީހުގައި އެންމެ ފަހުން ނެގި 13 ވޯޓެއްގައި ތަކުރާރުކޮށް، 43 މެމްބަރަކު ބައިވެރިވެވަޑައި ނުގަންނަވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައިވެއެވެ. އަދި އެންޓި ޑިފެކްޝަންގެ ބިލު މަޖިލީހުން ފާސްކުރި ދުވަހު 39 މެމްބަރަކު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވި ކަމަށެވެ.

މައްސަލަތަކެއްގައި މަޖިލިސް ހުއްޓުމުން، އެ ކަމަށް ގާނޫނީ ހައްލެއް ނުބިއްޖެ ހާލަތެއްގައި ސިޔާސީ ހައްލެއް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެ ހުކުމްގައިވެއެވެ. މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައި ނުގަންނަވާ މެމްބަރުންނާމެދު ފިޔަވަޅު އެޅޭނެ އުސޫލެއް ގާއިމު ކުރެވިފައިނުވާ ކަމަށް ބުނެ، އެކަމަށް ހައްލު ހޯދުމަށް ހުކުމްގައި ވަނީ ބާރު އަޅާފައެވެ.

މަޖިލިސް ހުއްޓި، ގާނޫނީ މަސައްކަތް ނުކުރޭ ހާލަތެއްގައި އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެތީ، "ޑޮކްޓަރިން އޮފް ނެސަސިޓީ" ނުވަތަ "ހާލަތުލް ޟަރޫރާ"ގެ ދަށުން އަމަލު ކުރެވިދާނެ ކަމަށެވެ. އެންޓި ޑިފެކްޝަންގެ ގާނޫނު ފާސްކުރި ވޯޓުގައި 43 މެމްބަރުން ބައިވެރިވެވަޑައިގަންނަވަން ޖެހޭނެ ކަމަށާއި ނަމަވެސް އެ ބިލު ފާސްކޮށްފައި ވަނީ ހާލަތުލް ޟަރޫރާގެ ދަށުން ކަމަށްވާތީ، އެއީ ކުރެވޭނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް