Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބްދުﷲ ރިޔާޒް

ނޫރުއްސަލާމް ނޫން ވަކީލެއް ހޯދުމަށް ރިޔާޒަށް ދެދުވަސް!

ފުލުހުން ބުނަނީ ސަސްޕެންޑް ކޮށްފައި ހުރުމުން ނޫރަކީ ވަކީލެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 18:30
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުގެ ޢަބްދުﷲ ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުގެ ޢަބްދުﷲ ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުގެ ޢަބްދުﷲ ރިޔާޒްގެ މައްޗަށް ފުލުހުން ހިންގާ ތަޙުޤީޤުގައި ރިޔާޒްގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި އަލްއުސްތާޒް ނޫރުއްސަލާމް އަބޫބަކުރު ނޫން ފަރާތެއް ހަމަޖެއްސުމަށް އާދީއްތަ ދުވަހާއި ހަމައަށް ރިޔާޒަށް ފުލުހުން ވަގުތު ދީފިއެވެ.

ރިޔާޒްގެ މައްޗަށް ފުލުހުން ކޮށްފައިވާ ހަގީގަތާ ޚިލާފު ދޮގު ވާހަކަ ފަތުރައި، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށް، ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، އެ މުއައްސަސާ ބަދުނާމުކޮށް، ދޮގު ވާހަކަ ދެއްކެވުމުގެ ތުޙުމަތުގެ ތަޙުޤީޤަށް ބުރާސްފަތި ދުވަހުގެރޭ ހާޒިރުވެވަޑައިގަތުމުން، ފުލުހުން ރިޔާޒަށް އަންގާފައިވަނީ، އަލްއުސްތާޒް ނޫރުއްސަލާމް އަބޫބަކުރަކީ ޤާނޫނީ ވަކީލެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ފަރާތެއް ކަމަށެވެ.

Advertisement - newsAdvertisement

ރިޔާޒް ވިދާޅުވީ، ފުލުހުން މިފަދައިން އެންގެވީ ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރި ވަކީލުންގެ ތެރޭގައި ނޫރުއްސަލާމް ހިމެނޭތީ ކަމަށާ، ތަޙުޤީޤާއިގެން ރިޔާޒް ކުރިއަށް ވަޑައިގަންނަވަން ބޭނުންވެ ލައްވަނީ ވަކީލަކާއި އެކުގައި ކަމަށް ވާތީ، ނޫރުއްސަލާމް ނޫން ވަކީލެއް ހަމަޖެއްސެވުމަށް އާދީއްތަ ދުވަހާއި ހަމައަށް ވަގުތު ދީފައިވާ ކަމަށެވެ. ރިޔާޒަށް ފުލުހުން މިހާރު އަންގާފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރު 14:00 އަށް މައްސަލައިގެ ތަޙުޤީޤަށް ފުލުހަށް ހާޒިރުވެވަޑައިގަތުމަށެވެ.

ފުލުހުންގެ ނިންމުމާއި ގުޅޭގޮތުން ނޫރުއްސަލާމް ވިދާޅުވީ، ސަސްޕެންޑް ކުރި ނަމަވެސް ތަޙުޤީޤުތަކުގައި ބައިވެރިވެވަޑައިގަތުމަށް ހުރަހެއް އޮތްކަމަށް ދެކިނުލައްވާކަމަށެވެ.

"ފުލުހުންނަށް އަޅުގަނޑު ދެއްކިން ސުޕްރީމް ޚޯޓުން ނެރެފަ އޮތް ސަރކިއުލަރ، އޭގަ އޮންނަނީ، އެ ސަރކިއުލަރގަ ބަޔާން ކުރެވިފައިވާ ވަކީލުން ދިވެހިރާއްޖޭގެ ކޯޓުތަކުގަ ވަކާލާތުކުރުން މަނާކުރެވިފަވާ ވާހަކަ. އެބަޔަކު ތަޙުޤީޤުތަކުގެ ވާހަކަ އައިސްފައެއް ނުވޭ. އެހެންވީމަ އެގޮތަށް ފުލުހުންނަށް ދެއްކީމަ، ފުލުހުން ވިދާޅުވަނީ އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގަ ތަޙުޤީޤުގަވެސް ބައިވެރި ނުވެވޭނެ ކަމަށޭ. ދެން އެކަމު އެބޭފުޅުން އެގޮތަށް ދެކިވަޑައިގަންނަވަންވީ ސަބަބެއް އަޅުގަނޑުމެންނަކަށް ނުވިސްނޭ. ވަރަށް ސާފު އިބާރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިދެންނެވި ސަރކިއުލާރގަ އެއޮތީ" ނޫރުއްސަލާމް ވިދާޅުވިއެވެ.

ނޫރުއްސަލާމް ވިދާޅުވީ، ކޯޓުތަކުން ނިންމާ ނިންމުންތައް ތަފާތު ގޮތްގޮތަށް މާނަ ކުރުމަކީ ދައުލަތުގެ މުއައްސަސާއަކުން ކުރިނަމަވެސް ކޯޓުގެ ހުރުމަތް ކެނޑިގެން ދާނެ ކަމެއް ކަމަށެވެ.

ރިޔާޒްގެ މައްޗަށް ތުޙުމަތު ކުރާ މައްސަލައާއި ގުޅިގެން ރިޔާޒް ވިދާޅުވީ، ފުލުހުން ތުޙުމަތުކުރާ ފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާ، މިނިވަން ތަޙުޤީޤަކަށް ވެސް، އަދި މިނިވަން ޝަރީއަތަކަށް ވެސް އެކަން ސާބިތު ނުވާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުގެރޭ ރިޔާޒް ފުލުހަށް ހާޒިރު ކޮށްފައިވާއިރު، މި މައްސަލާގައި މީގެ ކުރިން ވެސް ރިޔާޒް ވަނީ ފުލުހަށް ހާޒިރު ކޮށްފައެވެ. އަދި މި މައްސަލަ އާއި ގުޅުން ހުރި މައްސަލައެއްގައި ރިޔާޒްގެ މައްޗަށް މީގެ ކުރިން ވަނީ ދަޢުވާއެއްވެސް ކޮށްފައެވެ.

ރިޔާޒުގެ މައްޗަށް އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އުފުލި ދައުވާގައި ބުނެފައި ވަނީ ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:39 ހާއިރު ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ފޯނުގެ ލޮކް ކޯޑް ދިނުމަށް އެދުމުން ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައި ވާތީ، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ވަނީ އެފަހަރު ކޮށްފައެވެ.

އެމައްސަލާގައި ރިޔާޒުގެ މައްޗަށް ޖިނާއީ ދައުވާ ކުރި ކަމުގައިވެސް ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ސާބިތު ނުވާކަމަށް ކަނޑައަޅާފައެވެ. އެ މައްސަލަ މިހާރު ވަނީ އިސްތިއުނާފުވެސް ކޮށްފައެވެ.

މީގެ އިތުރުން ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހަށް ވެންނެވި މައްސަލައިގައި ގާނޫނޫ ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތްތަށް ހުރަސް އެޅުމުގެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލައި ޝަރީއަތް ވަނީ ފަށައިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު