Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ސެރީއޭ

އިޓާލިއަން ސެރީއޭ: ޔުވެންޓަސް ފަސްބެލުމެއް ނެތި ކުރިޔަށް

ކްރޮޓޯންއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވެފައިވަނީ 3-0ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2017 | ހޯމަ 15:38
ޔުވެންޓަސްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޔުވެންޓަސްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

އިޓާލިއަން ސެރީއޭގައި ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ ކުރިޔަށް ޖެހިލުމަށް ޔުވެންޓަސްއިން ކުރަމުން އަންނަ އުއްމީދުތައް އެ ޓީމުން ދަމަހައްޓައިފިއެވެ.

ކްރޮޓޯންއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވެފައިވަނީ 3-0ގެ ނަތީޖާއަކުންނެވެ. ގިނަ ބަދަލުތަކާކާއެކު ނުކުތް ޔުވެންޓަސްގެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑުޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ޔުވެންޓަސްގެ ޓީމުން ފުރަތަމަ ހާފުގައި ކްރޮޓޯންގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް އެ ޓީމަށް މި ހާފުގައި ލަނޑު ޖެހިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ޔުވެންޓަސްއިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން އެ ޓީމުން އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 52 ވަނަ މިނެޓުގައި މާރިއޯ މަންޒުކިޗް ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ނަގައިދިނުމެވެ.

މި ލަނޑަށް ފަހު ޔުވެންޓަސްއިން ކުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ 60 ވަނަ މިނެޓުގައި މަޓިއާ ޑެޝިގްލިއޯ ލަނޑެއް ޖަހައިދީ އެ ޓީމުގެ ލީޑު ފުޅާ ކޮށްދިނުމެވެ. ޔުވެންޓަސްގެ ތިންވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ޖަހައިދިނީ އެ ޓީމުގެ ޑިފެންޑަރު މެހެދީ ބެނާޓިއާއެވެ.

އިޓާލިއަން ސެރީއޭގައި އިންޓަ މިލާންވަނީ ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން ކަގްލިއާރީ ބަލިކޮށްފައެވެ. މި މެޗުގައި އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީ އެ ޓީމަށް ދެ ލަނޑު ޖަހައިދިންއިރު މާސެލޯ ބޮރްޒޮވިޗް ވެސް ވަނީ ލަނޑެއް ޖަހައިދީފައެވެ. ކަގްލިއާރީގެ ލަނޑު އެ ޓީމަށް ޖަހައިދިނީ ލިއޮނާޑޯ ޕަވޮލޭޓީއެވެ.

ލީގުގެ އެއްވަނައިގައި އޮތް ނަޕޯލީ ވަނީ 1-0 ގެ ނަތީޖާއަކުން އުދިނޭޒީ ބަލިކޮށް އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު ދަމަހައްޓާފައެވެ. މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ނަޕޯލީއަށް ޖަހައިދިނީ ޖޯޖީނިއޯއެވެ.

އިޓާލިއަން ސެރީއޭގައި ކުޅުނު އިތުރު މެޗުތަކައް ބަލާލާއިރު އޭސީ މިލާންއާއި ޓޮރީނޯ ކުޅުނު މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ޖެނޯއާ އާއި ރޯމާ ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވިއިރު ލާޒިއޯ އާއި ފިއޮރެންޓީނާ ކުޅުނު މެޗު ވެސް ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އިޓާލިއަން ސެރީއޭގެ އެއްވަނައިގައި 38 ޕޮއިންޓާއެކު ނަޕޯލީ އޮތްއިރު ދެވަނައިގައި 36 ޕޮއިންޓާއެކު އޮތީ އިންޓަ މިލާންއެވެ. ތިންވަނައިގައި 34 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ހަތަރުވަނައިގައި 31 ޕޮއިންޓާއެކު އޮތީ ރޯމާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިގުއައިންގެ ދެލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް

ހިގުއައިންގެ ދެލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް

04 މެއި 2017
ޔުވެންޓަސް ކޮޅަށް ގޯލު ޖަހަން ފަސޭހައެއް ނުވާނެ: ފަލްކާއޯ

ޔުވެންޓަސް ކޮޅަށް ގޯލު ޖަހަން ފަސޭހައެއް ނުވާނެ: ފަލްކާއޯ

03 މެއި 2017
އިޓާލިއަން ސެރިއާ: ބޮޑު ތަފާތަކުން ޖެނޯއާ ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

އިޓާލިއަން ސެރިއާ: ބޮޑު ތަފާތަކުން ޖެނޯއާ ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

24 އެޕްރީލު 2017
ޔުވެންޓަސް ލީޑްފުޅާ ކޮށްފި

ޔުވެންޓަސް ލީޑްފުޅާ ކޮށްފި

16 އެޕްރީލު 2017
ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި

ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު