Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ތާވަލުގެ ކުރީގައި އޮތް ދެ ޓީމު ކުޅުނު މެޗު އެއްވަރުވެއްޖެ

ބާސެލޯނާއާއި ވެލެންސިއާ ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2017 | ހޯމަ 15:34
ބާސާގެ އަލްބާ އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދެނީ

ބާސާގެ އަލްބާ އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދެނީ

ސްޕެނިޝް ލަލީގާގެ ތާވަލުގެ އެންމެ ކުރީގައި އޮތް ދެ ޓީމު ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ލަލީގާގެ އެންމެ ކުރީގައި މިވަގުތު އޮތް ދެ ޓީމު ކަމަށްވާ ބާސެލޯނާއާއި ވެލެންސިއާ ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ރީތި ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި ބާސާއިން ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިއިރު ވެލެންސިއާއިން ވެސް ވަނީ ކައުންޓާ އެޓޭކުގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

ބާސާއިން މި ހާފުގައި ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އެއީ ލަނޑެއް ނޫން ކަމަށެވެ. އެގޮތުން މެސީ ފޮނުވާލި ބާރު ހަމަލާއެއް ވެލެންސިއާގެ ކީޕަރުގެ އަތުގައި ޖެހުމަށް ފަހު ގޯލުގެ ރޮނގު ހުރަސްކުރި ނަމަވެސް، ރެފްރީ ނިންމާފައިވަނީ ބޯޅަ ގޯލު ހުރަސް ނުކުރާ ކަމަށެވެ. އެހެން ނަމަވެސް ރިޕްލޭތަކުން ދައްކާ ގޮތުން ވެލެންސިއާ ކީޕަރު ބޯޅަ ސާފުކޮށްލުމުގެ ކުރިން އެ ބޯޅަ ގޯލުގެ ރޮނގު ހުރަސްކޮށް ތިން ފޫޓު އެތެރެއަށް ވަދެފައިވެއެވެ.

ރެފްރީގެ މި ގޯސް ނިންމުމާއެކު ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ވެލެންސިއާއިން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ލަނޑުޖެހުމަށް ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ހޯސޭ ގާޔާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮޑްރިގޯ ވަނީ ލަނޑެއް ޖަހައިދީ ވެލެންސިއާއަށް ލީޑު ނަގައިދީފައެވެ.

މި ލަނޑާއެކު ވެލެންސިއާގެ ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުންގެ އަޑު އިތުރަށް ގަދަވެގެން ދިޔަ ނަމަވެސް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ޖޯޑީ އަލްބާ ވަނީ ލަނޑެއް ޖަހައިދީ ބާސާއަށް މެޗުން ޕޮއިންޓެއް ހޯދައިދީފައެވެ.

ލަލީގާގައި ކުޅުނު އިތުރު މެޗުތަކަށް ބަލާލާއިރު، އެޓްލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި 5-0ގެ ނަތީޖާއަކުން ލެވަންޓޭ ބަލިކޮށްފައެވެ. ޑިޕޯޓިވޯއާއި އެތްލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ނިމިފައިވަނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ހަމައެހެންމެ ރެއާލް ސޮސިއެޑާޑް އާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗު ވެސް ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗު އެއްވަރުވުމާއި ވިދިގެން ލަލީގާގެ ޕޮއިންޓް ތާވަލަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން ކުޅުނު 13 މެޗުން ލިބުނު 35 ޕޮއިންޓާއެކު އެއްވަނައިގައި ބާސާ އޮތްއިރު ދެވަނައިގައި 31 ޕޮއިންޓާއެކު އޮތީ ވެލެންސިއާއެވެ. ތިންވަނައިގައި 27 ޕޮއިންޓް ހަމަކޮށް ލަނޑުގެ ތަފާތުން އެޓްލެޓިކޯ މެޑްރިޑް އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް އެއްކޮށް އެހެނަސް ލަނޑުގެ ތަފާތުން ހަތަރު ވަނަ ލިބެނީ ރެއާލް މެޑްރިޑަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު