Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެލެކްސަސް ސަންޗޭޒް

ސަންޗޭޒް ހޯދުމުގެ ރޭހުގައި ސިޓީގެ މައްޗަށް ޕީއެސްޖީ ކުރިހޯދައިފި

ސަންޗޭޒް ހޯދުމަށް ބަޔާން އިން ވެސް އަންނަނީ މަސައްކަތްކުރަމުން

ލީވާން އަލީ
ލީވާން އަލީ | 26 ނޮވެމްބަރު 2017 | އާދީއްތަ 08:50
އާސެނަލް އަށް ކުޅެމުން އަންނަ ޗިލީގެ ކެޕްޓަން އެލެކްސަސް ސަންޗޭޒް

އާސެނަލް އަށް ކުޅެމުން އަންނަ ޗިލީގެ ކެޕްޓަން އެލެކްސަސް ސަންޗޭޒް

އާސެނަލް އަށް ކުޅެމުން އަންނަ ޗިލީގެ ކެޕްޓަން އެލެކްސަސް ސަންޗޭޒް ހޯދުމުގެ ރޭހުގައި މެންޗެސްޓާ ސިޓީގެ މައްޗަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ކުރިހޯދައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"ދަ މިރާ" އިން ބުނީ އަންނަ ޖެނުއަރީ ޓްރާންސްފާ އަށް އަމާޒުކޮށް ސަންޗޭޒް ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގައި ކުރިހޯދަމުން ދިޔައީ ސިޓީ ކަމަށާއި، އެހެން ނަމަވެސް މިހާރު އޭނާ ހޯދުމަށް ސިޓީން ކުރަމުން ދިޔަ މަސައްކަތުގެ މައްޗަށް ޕީއެސްޖީ ކުރި ހޯދާފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ސަންޗޭޒް ހިތްހަމަޖެހޭ ވަރަށް މުސާރަ ދެވޭނެ ކްލަބަކީ ޕީއެސްޖީ ކަމަށާއި، އަދި އޭނާ ބަދަލުވުން އެންމެ ގާތީވެސް އެ ކްލަބަށް ކަމަށެވެ.

މި ސީޒަނަށް ފަހު އާސެނަލްއާއެކު ސަންޗޭޒް ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ބަޔާން މިއުނިކް ވެސް ހިމެނެއެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް އާސެނަލްގައި މޮޅު ކުޅުމެއް ފުރަތަމަ ސީޒަންގައި ދެއްކި ނަމަވެސް އަނިޔާގައި ހުރުމާ އެކު އެ ކްލަބާ އެކު ހޭދަކުރި ދެވަނަ ސީޒަނުގައި އެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފައެވެ. އެހެން ނަމަވެސް އޭނާ ވަނީ މިދިޔަ ސީޒަނުގައި އާސެނަލްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކުޅުނު 51 މެޗުގައި އޭނާ ވަނީ 30 ލަނޑު ކާމިޔާބު ކޮށްފައެވެ. ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބު ކޮށްފައިވާ ސަންޗޭޒް ވަނީ މިހާތަނަށް އާސެނަލް އަށް ކުޅުނު 155 މެޗުގައި 75 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު