Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިއޮނެލް މެސީ

ބާސެލޯނާގެ އައު އެއްބަސްވުމުގައި މެސީ ސޮއިކޮށްފި

ބާސެލޯނާގެ އައު އެއްބަސްވުމުގައި މެސީ ސޮއިކުރީ ހޮނިހިރު ދުވަހު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2017 | ހޮނިހިރު 12:44
އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ (ކ) އަދި ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު (ވ)، މެސީގެ އައު އެއްބަސްވުމުގައި ސޮއިކުރަނީ

އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ (ކ) އަދި ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު (ވ)، މެސީގެ އައު އެއްބަސްވުމުގައި ސޮއިކުރަނީ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ، އެކްލަބުގެ އައު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އުމުރުން 30 އަހަރުގެ ފޯވާޑް، ބާސެލޯނާ އާއެކު ހޮނިހިރު ދުވަހު ސޮއިކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ނިޔަލަށެވެ. މިއެއްބަސްވުމުގެ ދަށުން، އޭގެ ކުރިން އެހެން ކްލަބަކުން މެސީ ގެންދަން ބޭނުންނަމަ، ރިލީސް ފީގެ ގޮތުގައި 700 މިލިއަން ޔޫރޯ ބާސެލޯނާ އަށް ދައްކަން ޖެހެއެވެ.

ބާސެލޯނާގެ އައު އެއްބަސްވުމުގައި މެސީ ސޮއިކޮށްފައިވަނީ، ޔޫރަޕްގެ ފުޓްބޯޅަ ލީގުތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ޔޫރަޕްގެ ރަން ބޫޓު ހަތަރުވަނަ ފަހަރަށް ކާމިޔާބު ކުރިތާ 24 ގަޑިއިރުވެސް ނުވަނީހެވެ. ހުކުރު ދުވަހުގެ ރޭ ބޭއްވި އެވޯޑް ހަފްލާގައި މެސީ އަށް މިދިޔަ ސީޒަނުގެ ޔޫރަޕްގެ ރަން ބޫޓު ހަވާލު ކޮށްފައިވާއިރު، ސްޕެނިޝް ލީގުގައި މިދިޔަ ސީޒަނުގައި މެސީ ޖެހި ލަނޑުގެ އަދަދު 37 އަށް އަރައެވެ.

ބާސެލޯނާއާއެކު މެސީ ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރަށް ހަމަވާއިރު، މެސީ އެކްލަބުގެ އެއްބަސްވުން އައު ކުރުމަށް ދެކޮޅު ހެދި ކަމުގެ އަޑުތަކެއް މިދިޔަ މެއި މަހުގެ ތެރޭގައި ފެތުރުނެވެ. އެހެންނަމަވެސް ބާސެލޯނާގެ އެއްބަސްވުން އައު ކުރުމަށް މެސީ އެއްބަސްވެފައިވާކަން އެކްލަބުން ޖުލައި މަހު ހާމަ ކޮށްފައިވެއެވެ.

މެސީ ބާސެލޯނާ އާ ގުޅުނީ 2000 ވަނަ އަހަރު އެވެ. އޭރު އުމުރުން 13 އަހަރުގެ މެސީ އެކްލަބުގެ ޔޫތު ޓީމްތަކާއެކު މޮޅު ކުޅުމެއް ދެއްކުމަށް ފަހު، އެކްލަބުގެ ސީނިއަރ ޓީމަށް ކުޅެދިން ފުރަތަމަ މެޗަކީ އުމުރުން 16 އަހަރުގައި ބާސެލޯނާ އަދި ޕޯޗުގަލްގެ އެފްސީ ޕޯޓޯ ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗެވެ. ބާސެލޯނާގެ ސީނިއަރ ޓީމަށް މެސީ ކުޅެދިން ރަސްމީ ފުރަތަމަ މެޗަކީ ޖެހިގެން އައި ސީޒަނުގައި އެސްޕަނިޔޯލް އާ ދެކޮޅަށް ކުޅުނު މެޗެވެ. އޭރު މެސީގެ އުމުރަކީ 17 އަހަރެވެ.

ބާސެލޯނާގެ ސީނިއަރ ޓީމާއެކު ހޭދަ ކުރި 13 ސީޒަނުގައި ސްޕެނިޝް ލީގު އަށް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވެ އެވެ. މީގެ އިތުރުން ސްޕެނިޝް ކޮޕަ ޑެލްރޭ ފަސް ފަހަރު، ސްޕެނިޝް ސުޕަރ ކަޕް ހަތް ފަހަރު، ޔޫރަޕިއަން ސުޕަރ ކަޕް ތިން ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބު ކޮށްފައިވެއެވެ. ބާސެލޯނާ އާއެކު މެސީ 30 ތަށްޓެއް ކާމިޔާބު ކޮށްފައިވާއިރު، އެއީ އެކްލަބުގެ ރެކޯޑެކެވެ. ބާސެލޯނާ އާއެކު އެންމެ ގިނަ މުބާރާތް ކާމިޔާބު ކުރި ކުޅުންތެރިންގެ ތެރޭގައި މެސީގެ އިތުރުން ދެން ހިމެނެނީ މިޑްފީލްޑަރ އަންދްރޭސް އިނިއެސްޓާ އެވެ.

ބާސެލޯނާ އަށް ކުޅުނު 602 މެޗުގައި މެސީ ވަނީ އެކްލަބަށް 523 ލަނޑު ޖަހައިދީފައެވެ. މީގެ އިތުރުން ވެސް މެސީ ވަނީ ބާސެލޯނާ އާއެކު ގިނަ ރެކޯޑްތަކެއް ގާއިމް ކޮށްފައެވެ. މެސީ އަކީ ބާސެލޯނާ އަދި ސްޕެނިޝް ލީގުގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މެސީ ވަނީ، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު