Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އާޖެންޓީނާގެ ސަބްމެރިން

ބާރުގަދަ ގޮވުމެއް ގޮވި، ސަބްމެރިން ފެންނާނެކަމުގެ އުއްމީދު ކުޑަ

ސަބްމެރިންގައި އާޖެންޓީނާ ކަނޑުގެ ސިފައިންގެ 44 ސިފައިން ދަތުރުކުރި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2017 | ހުކުރު 03:37
އޭއާރްއޭ ސަން ހުއާން

އޭއާރްއޭ ސަން ހުއާން

މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ އާޖެންޓިނާގެ ކަނޑުގެ ސިފައިންގެ ސަބްމެރިން ގެއްލުނު ކަމަށް ބެލެވޭ ހިސާބުން ބާރުގަދަ ގޮވުމެއް ގޮވައިފިކަމުގެ ރިޕޯޓްތަކާ އެކު ސަބްމެރިން ފެންނާނެކަމުގެ އުއްމީދު ގެއްލިއްޖެއެވެ.

ދެކުނު އެޓްލާންޓިކްގެ ކަނޑުގެ އަޑިން ބާރުގަދަ ގޮވުމެއް ގޮވާފައިވާކަން އާޖެންޓީނާގެ ކަނޑުގެ ސިފައިންނަށް އަންގާފައި ވަނީ ދުނިޔޭގެ ޤައުމުތަކުން ނިއުކްލިއަރ ޓެސްޓްތައް ކުރޭތޯ ބަލައި މޮނިޓަރކުރާ އޮސްޓްރިއާގެ އޮސްޓްރިއާގެ ޖަމްއިއްޔާއަކުންނެވެ. ވިއެނާގައި ޤާއިމްވެފައިވާ ކޮމްޕްރިހެންސިވް ނިއުކްލިއަރ ޓެސްޓް ބޭން ޓްރީޓީ އޯގަނައިޒޭޝަނުން ބުނީ އެޖަމާޢަތުން ކަނޑު އަޑީގެ އަޑުތައް އެހުމަށް ބޭނުންކުރާ ދެ އެކޫސްޓިކް ސްޓޭޝަނަކަށް އެޓްލާންޓިކް ކަނޑުގެ ދެކުނު ސަރަހައްދުން ބާރުގަދަ އަޑެއް އިވިފައިވާ ކަމަށާއި، އެއީ ބާރުގަދަ ގޮވުމެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް އެއީ ނިއުކްލިއަރ ޓެސްޓެއްގެ ސަބަބުން ގޮވި ގޮވުމެއް ނޫންކަން ކަށަވަރު ކަމަށް ވެސް އެޖަމާޢަތުން ބުނެއެވެ.

މީގެ އިތުރުން އެމެރިކާގެ ކަނޑުގެ ސިފައިން ވެސް ވަނީ އެސަރަހައްދުން އާދަޔާ ޚިލާފު އަޑެއް އިވިފައިވާ ކަމަށް ބުނެފައެވެ.

އާޖެންޓީނާގެ ކަނޑުގެ ސިފައިން ބުނީ މި ދެ ރިޕޯޓުގައި ވެސް ގޮވުމެއް ގޮވާފައިވާ ކަމަށް ބުނެފައި ވަނީ އެސަރަހައްދެއްގައި ކަމަށާއި، އެއީ ސަބްމެރިން ގެއްލުނު ސަރަހައްދު ކަމަށެވެ.

ގެއްލުނު އޭއާރްއޭ ސަން ހުއާން ސަބްމެރިންގައި 44 ފަޅުވެރިން ދަތުރުކުރަމުންދިޔައެވެ. ސަބްމެރިން ގެއްލުމާ ގުޅިގެން އެމެރިކާ، އިނގިރޭސިވިލާތް، ޗިލޭ، ބްރެޒިލް އަދި ރަޝިޔާގެ އިތުރުން އެހެން ބައެއް ޤައުމުތަކުން ވެސް ސަބްމެރިން ފެނޭތޯ ބެލުމަށް މެދުނުކެނޑި ދަނީ މަސައްކަތްކުރަމުންނެވެ. ވައިގެ މަގުން ކަނޑުގެ ސަރަހައްދު މޮނިޓަރ ކުރުމަށް ޚާއްސަ 4 މަތިންދާބޯޓު އާޖެންޓީނާގައި އޮތް ނަމަވެސް، އެ މަތިންދާބޯޓުތައް މަރާމާތުކުރުމަށް ގްރައުންޑްކޮށްފައި ވާތީ އޭގެ ބޭނުމެއް ނުހިފެއެވެ.

ސަބްމެރިންގައި ތިބި ސިފައިން ދިރިތިއްބާ ފެނިދާނެކަމުގެ އުއްމީދު ކުޑަވެފައިވާއިރު، އެމީހުންގެ އާއިލާތަކުން ގެންދަނީ ސަރުކާރުން އާއިލާތަކަށް މައުލޫމާތު ފޯރުކޮށްދިނުން ލަސްވުމުގެ ސަބަބުންނާއި މައުލޫމާތު ފޯރުކޮށްދިނުމަށް ލަސްވަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އާޖެންޓީނާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގައި ހިމެނޭ ސަބްމެރިންތަކަކީ ވަރަށް ބާވެފައިވާ ތަކެތި ކަމުން، އެސަބްމެރިންތަކުގައި ސިފައިން ކަނޑުގެ އަޑިއަށް ފޮނުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ޒިންމާ އާޖެންޓީނާ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށް ވެސް އާއިލާތަކުން ބުނެއެވެ. ސަބްމެރިން ހޯދުމުގެ މަސައްކަތް އާޖެންޓީނާގެ އަސްކަރިއްޔާ އާއި އެހެން ޤައުމުތަކުން ހުއްޓާ ނުލި ނަމަވެސް އޭގައި ތިބި ފަޅުވެރިންގެ އާއިލާތަކުން ވަނީ އުއްމީދު ކަނޑާލާފައެވެ.

އޭއާރްއޭ ސަން ހުއާންއަކީ 1983ވަނަ އަހަރު ޖަރުމަންވިލާތުގައި އުފެއްދި ސަބްމެރިންއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާއަކީ ބާރުގަދަ ޤައުމެއްކަމަށް ޗައިނާއިން ޤަބޫލުކޮށްފި: ރަޖްނާތު ސިންހު

އިންޑިއާއަކީ ބާރުގަދަ ޤައުމެއްކަމަށް ޗައިނާއިން ޤަބޫލުކޮށްފި: ރަޖްނާތު ސިންހު

16 އޮކްޓޯބަރު 2017
ނިއުޒިލޭންޑަށް ބާރުގަދަ ބިންހެލުމެއް އައިސްފި

ނިއުޒިލޭންޑަށް ބާރުގަދަ ބިންހެލުމެއް އައިސްފި

20 ސެޕްޓެމްބަރު 2017
މެކްސިކޯ އަށް ބާރުގަދަ ބިންހެލުމެއް އައިސް ގެއްލުންތަކެއް ވެއްޖެ

މެކްސިކޯ އަށް ބާރުގަދަ ބިންހެލުމެއް އައިސް ގެއްލުންތަކެއް ވެއްޖެ

19 ސެޕްޓެމްބަރު 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި

ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި

04 ޖުލައި 2017
 ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

31 މެއި 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު