Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ގުޅިފައިވާ ޕާޓީތައް

ރާއްޖޭގެ ޖަޒީރާ ވަންތަކަން ގެއްލުވާލުމަށް ކުރާ މަސައްކަތް ހުއްޓުވާނަން: ހަސަން ލަތީފް

23 ނޮވެމްބަރު 2017 | ބުރާސްފަތި 21:10

ނުކުމެ މިތިބީ ރައީސް ޔާމީންގެ ތޮއްޖެއްސުމުގެ ސިޔާސަތާ ދެކޮޅަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 23 ނޮވެމްބަރު 2017 | ބުރާސްފަތި 21:10
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް

ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެއް ކަމަށާއި އެޖަޒީރާ ވަންތަކަން ގެއްލުވާލުމަށް ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތް ހުއްޓުވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ގދ ތިނަދޫގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މި ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ މި ޖަޒީރާ ޤައުމުގެ ޖަޒީރާ ވަންތަ ކަމުގެ ސިފަ ގެއްލުވާލުމަށް ރައީސް ޔާމީން އެކުރައްވާ މަސައްކަތް ހުއްޓުވުމަށް ކުރާ މަސައްކަތް ކަމަށެވެ. އަދި ނުކުމެ ތިބީ ރައީސް ޔާމީންގެ ތޮއްޖެއްސުމުގެ ސިޔާސަތާ ދެކޮޅަށް އަޑު އުފުލަން ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގިނަ ބަޔަކު ހާޒިރުވި މި ޖަލްސާގައި ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން ގެންގުޅުއްވާ، މާލެއަށް ޖަމާކޮށް ތޮއްޖެއްސުމުގެ ސިޔާސަތުގެ ސަބަބުން ރައްޔިތުން ބިކަވެއްޖެ ކަމަށާއި އަދި ރާވަމުން ދަނީ އިތުރަށް ބިކަކުރުމަށް ކަމަށެވެ.

މާލޭގެ ހާލަތު އޮތްގޮތަށް އިޝާރާތް ކުރައްވައި މިހާރުވެސް ތޮއްޖެހިފައިވާ މާލެއަށް ރައްޔިތުން ގެންނަން ކުރާ މަސައްކަތައް ފާޑު ވިދާޅުވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން އެކުރައްވާ މަސައްކަތަކީ މިރާއްޖެ ފަޅުކޮށް މުޅި ރާއްޖެ ވިއްކާލުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެމްޑީޕީ އޮވެގެން އުފެދޭ ސަރުކާރަކުން އަޅުގަނޑުމެން މިރަށްތައް ތަރައްޤީ ކުރާނެ. މިރަށްތައް އަޅުގަނޑުމެން ބޭނުންވާ ކަހަލަ ދިވެހިރާއްޖެއަކަށް ހަދައި މި ދިވެހި ރާއްޖެއަކީ ޖަޒީރާ ވަންތަ ޤައުމެއް އޮންނަ ދައުލަތެއްގެ ގޮތުގައި ހަދާނަން" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ބޭނުން ވަނީ ރަށުގައި ވަޒީފާ އަދާކޮށްގެން ހަލާލު މަސައްކަތުން ލިބޭ އާމްދަނީއަކުން ދިއުޅެން ކަމަށާއި ރަށުގައި އަނބި ދަރިންނާއެކު ތާހިރު ދިރިއުޅުމެއް އުޅެވުން ކަމަށެވެ. އެމަސައްކަތް ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި އެކަން ދިވެހިންނަށް ކޮށްދީފައި ނޫނީ އިސްލާހީ މަސައްކަތެއް ނުހުއްޓާނޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ 2018 ގެ އިންތިޚާބު ހޯދަން ޖެހޭ ކަމަށެވެ. އަދި އިންތިޚާބަކީ ލިބޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ނުކުމެ މަސައްކަތުން އަތުލަން ޖެހޭ އެއްޗެއް ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"އެއިންތިޚާބު ހޯދުމަށްޓަކައި 2013 ގައި ކަންކަން ހިނގައިދިޔަ ގޮތް ދެނެގަންނަން ޖެހޭ. އަދި ހަމަ އެހެންމެ އަޅުގަނޑުމެން އެކަންކަމުން ފިލާވަޅުތަކެއް ލިބިގަންނަން އެބަޖެހޭ. އޭގެ އަލީގައި އަޅުގަނޑުމެން 2018ގެ އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކުރުން ކޮންމެހެންވެސް މުހިއްމު" ހަސަން ލަތީފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް