Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

ސަރުކާރުން އެއުޅެނީ ތިނަދޫ ދެވަނަ ފަހަރަށް ފަޅުކުރަން: ޝާހިދު

ސަރުކާރުގެ ސިޔާސަތުތަކަށް ޝާހިދު ފާޑުވިދާޅުވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 23 ނޮވެމްބަރު 2017 | ބުރާސްފަތި 17:33
އަބްދުﷲ ޝާހިދު ތިނަދޫގައި ވާހަކަ ދައްކަވަނީ

އަބްދުﷲ ޝާހިދު ތިނަދޫގައި ވާހަކަ ދައްކަވަނީ

ސަރުކާރުން މަސައްކަތްކުރަނީ ތިނަދޫއާއި ހުވަދުއަތޮޅު ފަޅު ކުރުމަށް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ގދ ތިނަދޫގައި ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މާލެއަށް އެންމެން އައުމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވިނަމަވެސް މާލެއަކީ ރާއްޖޭގައި އޮތް އެންމެ ނިކަމެތި ތަންކަމަށެވެ. އަދި އެންމެ ދަތިކޮށް ދިވެހިން އުޅެމުން ދަނީ ވެރިރަށް މާލޭގައި ކަމަށް ޝާހިދު ވިދާޅުވިއެވެ. މާލޭގެ ތޮއްޖެހުން އިންތިހާއަށް ބޮޑުވެފައިވަނިކޮށް ވެސް މާލެއަށް ރައްޔިތުން އައުމަށް ދިވެހިންނަށް ރައީސް ޔާމީން ގޮވާލެއްވީ އަތޮޅުތަކުން މީހުން ބާލައި، ބޭރުގެ މަސްވެރި ކުންފުނިތަކާއި އެހެން ވިޔަފާރިތަކަށް ރާއްޖޭގެ ރަށްތައް ވިއްކާލެއްވުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެކަމަށް ފުރުސަތު ނުދެއްވުމަށް ގޮވާލައްވަމުން ޝާހިދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދުނިޔޭގައި އޮތް ޤުދުރަތީ އެންމެ ބޮޑު އަތޮޅު ކަމަށްވާ ހުވަދުއަތޮޅު ފަޅުކޮށް، ތިނަދޫ ވެސް ދެވަނަ ފަހަރަށް ފަޅުކުރުމަށް ކަމަށެވެ.

ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނަވަނިކޮށް ދެކުނުގެ އަތޮޅުތަކުގައި 1500 ހައުސިން ޔުނިޓް އެޅުމަށް އެމްޑީޕީގެ ސަރުކާރުން ނިންމި ކަމަށާއި، އެހެން ނަމަވެސް އޭގެ ތެރެއިން ގިނަ ހައުސިން ޔުނިޓްތަކެއް އެހެން ތަންތަނަށް ބަދަލުކުރަން މިސަރުކާރުން ނިންމި ކަމަށެވެ. އަދި ހައުސިން ޔުނިޓްތަކާއި ގިނަ މަޝްރޫޢުތަކަކީ ވެސް އެމްޑީޕީގެ ސަރުކާރުން ފެށި މަޝްރޫޢުތަކެއް ކަމަށާއި، މިސަރުކާރުން ފެށި މަޝްރޫޢެއް ނެތްކަމަށް ޝާހިދު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ޝާހިދު ފެއްޓެވީ ހުވަދޫ ބަހުރުވައިންނެވެ. އަދި ވާހަކަފުޅުގެ ތެރެއިން ވެސް ހުވަދޫ ބަހުރުވައިން ވާހަކަ ދެއްކެވިއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު