Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މަޖިލިސް ޗުއްޓީއަށް ދިޔައީތަ! ނޫނީ ކުރިއަށް އޮތް ހަފްތާގައި މީޑިއާ ކޮމިޝަންގެ ބިލް ނިންމާނެބާ!

މީޑިއާ ކައުސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަން އުވާލުމަށްފަހު އުފައްދާ ކޮމިޝަނެއް ކަމަށް ވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2017 | ބުރާސްފަތި 10:37
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އާއި އަމީން އާންމު އަހުމަދު މުހައްމަދު

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އާއި އަމީން އާންމު އަހުމަދު މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް ނިންމުމަށް ފަހު މަޖިލިސް ޗުއްޓީއަށް ދިޔަކަމެއް ނުވަތަ ނުދާކަން ކަމާބެހޭ އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއްވި އެވެ.

މަޖިލީހުގެ އާއްމު އުސޫލުން އަމަލު ކުރާގޮތަކީ ކޮންމެ އަހަރެއްގެ ވެސް ފަހު ޖަލްސާއަކަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކުރިއަށް އޮތް އަހަރަކަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރާ ޖަލްސާ ހެދުމެވެ. މީގެކުރިން ގިނަ އަހަރުތަކެއްގައި އަމަލު ކުރަމުން އައީވެސް އެގޮތަށެވެ.

ނަމަވެސް މިހާރު ހިންގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ކުރިން މަޖިލީހުން އަމަލު ކުރަމުން އައި ގިނަ ކަންތައްތަކެއް ބަދަލު ކޮށްފަ އެވެ.

މަޖިލީހުން ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިމަހުގެ 22 ވަނަ ދުވަހު ފާސްކޮށްފަ އެވެ. ކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އެއީ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ އެވެ. ނަމަވެސް މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރައްވާފައި ނުވާތީ މަޖިލިސް ޗުއްޓީއަށް ދިޔަކަން މިވަނީ ކަށަވަރުވާގޮތް ނުވެފަ އެވެ. އަދި މަޖިލީހުގެ އިދާރާއިން ވެސް މަޖިލިސް ޗުއްޓީއަށް ދިޔަކަން ވަށަވަރު ކޮށްދީފައެއް ނުވެއެވެ.

މަޖިލިސް ޗުއްޓީއާ ބެހޭގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ބުރާސްފަތި ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދިޔަކަން އެއްގޮތަކަށް ވެސް އެނގި ނުލައްވާ ކަމަށާއި އަދި އެންމެފަހުން ބޭއްވި ޖަލްސާގައި މަސީހު އެކަން އިއުލާން ވެސް ކުރައްވާފައިނުވާ ކަމަށެވެ. އެހެންކަމުން ދެން މިއަހަރު މަޖިލީހުގެ ޖަލްސާއެއް ބާއްވާނެކަމާމެދު އެއްޗެއް ދަންނަވަން ނޭނގޭ ކަމަށް ނިހާނު ވިދާޅުވި އެވެ.

މަޖިލިސް ޗުއްޓީއަށް ދިޔަކަން ހާމަކޮށްފައި ނުވާއިރު، މޯލްޑިވްސް މީޑިއާ ކޮމިޝަނެއް އުފެއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއްް ހުށަހަޅާފައިވާތީ ބައެއް ފަރާތްތަކުން ބުނަމުންދަނީ މަޖިލިސް ޗުއްޓީއަށް ދާނީ އެ ބިލް ފާސްކުރުމަށް ފަހުގަ ކަމަށެވެ.

ކޮންމެވެސް ވަރަކަށް މަޖިލީހުގެ މެމްބަރުންނާ ހަވާލާދެއްވާ ބައެއް ފަރާތްތަކުން އެވާހަކަ ދައްކަމުންދާތީ، އެކަމާގުޅޭ ގުޅޭގޮތުން ސުވާލު ކުރުމުން ނިހާނު ވިދާޅުވީ މީޑިއާ ކޮމިޝަންގެ ބިލް ފާސްކުރުމާ ގުޅޭ ގޮތުން ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި މިހާތަނަށް މަޝްވަރާ ކުރެވިފައިނުވާ ކަމަށެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ މި ނޮވެމްބަރު މަހުގެ ނިޔަލަށެވެ. މި ދައުރު ފަށާފައިވަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިދައުރު ނިމެން ދެން އޮތީ ކުރިއަށް އޮތް ހަފްތާ އެކަންޏެވެ.

މީޑިއާ ކޮމިޝަންގެ ބިލްގެ ފުރަތަމަ ކިޔުން ވަނީ މަޖިލީހަށް އިއްވާފަ އެވެ. އެބިލާ ގުޅިގެން ދެން އޮންނާނީ އިބްތިދާއީ ބަހުސް ކުރުމާއި ކަމާބެހޭ ކޮމެޓީއަށް ފޮނުވައިގެން އެބިލް ދިރާސާ ކުރުމެވެ. އެބިލް ކޮމެޓީން ދިރާސާ ކުރުމަށް ފަހު މަޖިލީހަށް ހުށަހެޅުމުން އެބިލް ފާސްކުރުމާމެދު މެމްބަރުން ގޮތެއް ނިންމާނެ އެވެ.

މިހާރު މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހަށް ހުށަހެޅޭ ބިލްތައް ފާސްކުރަމުންދާ ގޮތަށް ބަލާއިރު، މަޖިލީހަށް ހުށަހެޅޭ ބިލް 24 ގަޑިއިރުގެ ތެރޭގައި މަޖިލީހުން ފާސްކޮށްފަ ހުރިކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު