Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީހުން މެރުން

ހުސައިން ވަހީދު މެރުމުގައި ބައިވެރި މީހަކު މަރަން ހައިކޯޓުން ވެސް ތާއީދުކޮށްފި

23 ނޮވެމްބަރު 2017 | ބުރާސްފަތި 07:01

ހުސައިން ވަހީދުގެ ވާރިސުން ބޭނުން ވަނީ މަރަށް މަރު ހިފަން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 23 ނޮވެމްބަރު 2017 | ބުރާސްފަތި 07:01
މއ. އާއިޝާ ހުސައިން ވަހީދު: އޭނާ މަރާލާފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރުގައި

މއ. އާއިޝާ ހުސައިން ވަހީދު: އޭނާ މަރާލާފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރުގައި

މއ. އާއިޝާ، ހުސައިން ވަހީދަށް ތޫނު ހަތިޔާރަކުން ހަމަލާދީ މަރާލުމުގައި ބައިވެރިވި މީހަކު މެރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފި އެވެ.

ހުސައިން ވަހީދު މަރުވެފައި ވަނީ، 2013 ވަނަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހުގެ ރޭ، އޭނާ ދިރިއުޅޭ މއ. އާއިޝާ ކައިރީގައި ހުއްޓާ، އަށް އިންޗީގެ ވަޅިއެއް އޭނާގެ މެއަށް ހެރުމުގެ ސަބަބުން ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުންދަނިކޮށެވެ.

Advertisement - newsAdvertisement

ހުސައިން ވަހީދުގެ މަރު ސާބިތުކުރި ރިޕޯޓުގައިވާ ގޮތުގައި، އޭނާ މަރުވުމަށް ދިމާވި ސަބަކަކީ ހިތުގެ ފަށަލައަށް ތޫނު އެއްޗަކުން ދިން ހަމަލާއާ ގުޅިގެން އެތެރެއަށް ލޭހޮޅިތައް ފަޅައިގެންގޮސް ހިތުގެ ހިނގުން ހުއްޓި، ސިކުނޑިއަށް ލޭދައުރުކުރަން ބޭނުންވާ އޮކްސިޖިނޭޓެޑް ލޭ ދައުރުކުރުން ހުއްޓުމުންނެވެ. މީގެ އިތުރުން، ހުސެއިން ވަހީދުގެ މެއިން ހޯސްލާފައި ފައިބަމުންދިޔަ ލޭ މަނާކުރެވުމުގެ ކުރިން އޭނާ މަރުވެފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ހުސައިން ވަހީދުގެ މަރާ ގުޅިގެން ޖުވެނައިލް ކޯޓުން މަރުގެ ހުކުމް އިއްވާފައި ވަނީ ހުސައިން ވަހީދަށް ހަމަލާދިން މީހަކު ދަތުރުކުރި ސައިކަލު ދުއްވަން އިން މީހާއަށެވެ. ހުސައިން ވަހީދު މަރާލިއިރު، އޭނާ އަށް 18 އަހަރު ނުފެރެ އެވެ. އެހެން ނަމަވެސް، އެ ހުކުމް އިއްވި އިރު އޭނާއަށް ވަނީ 18 އަހަރު ފުރިފަ އެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. ހުކުމުގައިވާ ގޮތުގައި، ހުސައިން ވަހީދަށް ހަމަލާދިން މީހަކު މއ. އާއިޝާގެ ކައިރިއަށް ސައިކަލުގައި ގެންގޮސްދިން ކަމާއި ހަމަލާއަށް ފަހު ސައިކަލުގައި އެ މީހާ އެހެންތަނަކަށް ގެންގޮސްދިން ކަން ތިން ހެކިންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ.

ޖުވަނައިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ ބެލުމަށް ފަހު ބުދަ ދުވަހު ކުރި ހުކުމުގައިވާ ގޮތުގައި، ކުރި ކަމަށް ސާބިތުވާ އަމަލާއި، ނިކުތް ނަތީޖާ އާއި ސަބަބުގެ ގޮތުން ގުޅިފައިވުމުން ކުށުގެ މާއްދީ ރުކުން ފުރިހަމަވެއެވެ. ކުށުގެ މައުނަވީ ރުކުނަށް ބަލާއިރު، މުޅި ދައުވާގެ އަސްލަށް އިންކާރުކޮށްފައިވުމުންނާއި، މި ހާލަތުގައި ނިޔަތަކީ ފޮރުވިފައިވާ އެއްޗަކަށްވާތީ ނިޔަތް ދެނެގަނެވޭނީ ބޭރުފުށުން ފެންނަ ކަންތައްތަކުން ކަމަށް ހުކުމުގައި ވެއެވެ.

މީހަކު މަރާލެވިދާ ފަދަ ހަތިޔާރަކުން މީހަކަށް ހަމަލާ ދީފައިވާ ނަމަ، އެ ހަތިޔާރަކީ، ކުށްކުރި މީހާގެ ނިޔަތުގެ ބޭރުފުށުގެ ސިފަ ކަމަށް އިލްމުވެރިން ބުނެފައިވާކަން ފާހަގަކޮށް ހުކުމުގައިވާ ގޮތުގައި، އެ ހާލަތުގައި އެެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު އެކަމުގައި މަރާލުމުގެ ގަސްދު އޮތް ކަމަށް ބަލަންޖެހެ އެވެ.

ހައިކޯޓުގެ ހުކުމުގައިވާ ގޮތުގައި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް ބަލާއިރު ވެސް މަރުގެ އަދަބު ކަނޑައެޅުމަށް ހުރަސް އެޅޭނެ އެއްވެސް ސަބަބެއް ނެތެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައި ފާހަގަކޮށްފައިވަނީ، މަރުގެ އަދަބު ދިނުމާއި ދެކޮޅު މުއާހަދާތަކުގައި ހުރި މާއްދާތަކަށް އަމަލު ނުކުރުމަށް ރާއްޖެއިން ނިންމާފައިވުމެވެ.

ހުސައިން ވަހީދުގެ ވާރިސުންގެ ތެރޭގައި ހިމެނޭ ނުވަ މީހުން ވެސް ބޭނުންވަނީ ގާތިލުންގެ ކިބައިން މަރަށް މަރު ހިފުމަށެވެ.

ހުސައިން ވަހީދުގެ މަރާ ގުޅިގެން އިތުރު ކުއްޖަކު މެރުމަށް ވެސް ޖުވަނައިލް ކޯޓުން ހުކުމް ކޮށްފައިވެއެވެ. އެ މައްސަލަ ވެސް އިސްތިއުނާފުކޮށްފައިވާއިރު، އަދި އެ މައްސަލައިގައި ހައިކޯޓުން ހުކުމެއް ނުކުރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް