Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަސަންބެގެ މަރު

ހަސަންބެގެ މަރުގެ މައްސަލައިގައި ދެ މީހަކު އުމުރަށް ޖަލަށްލާން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

23 ނޮވެމްބަރު 2017 | ބުރާސްފަތި 04:04

ހަސަންބެ މަރުވީ، ބަޔަކު ވައްކަންކުރަން ވަދެ، ރަހީނުކުރުމުގެ ސަބަބުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 23 ނޮވެމްބަރު 2017 | ބުރާސްފަތި 04:04
ދިވެހިރާއްޖޭގެ ހައިކޯޓު، މި ދެ މީހުންގެ އިތުރުން މި މައްސަލައާ ގުޅިގެން ކުޑަކުއްޖަކަށް ދައުވާކުރި

ދިވެހިރާއްޖޭގެ ހައިކޯޓު، މި ދެ މީހުންގެ އިތުރުން މި މައްސަލައާ ގުޅިގެން ކުޑަކުއްޖަކަށް ދައުވާކުރި

ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު (ހަސަންބެ)، މަރާލި މައްސަލައިގައި ދެ މީހަކު އުމުރަށް ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ހަސަންބެގެ މަރުގެ މައްސަލައިގައި އުމުރަށް ޖަލަށް ލުމަށް ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ ގ. އިރުފާ މުހައްމަދު ނައުޝާދާއި ލ. އިސްދޫ އެވަލާސްޓް މުހައްމަދު ފައިސަލް އެވެ. އެ ދެ މީހުންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

އެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބެލުމަށް ފަހު ހައިކޯޓުން ބުދަ ދުވަހު ކުރި ހުކުމުގައިވާ ގޮތުގައި، ހަސަންބެ މަރުވީ ރަހީނުކުރުމުގެ ސަބަބުންނެވެ.

ހަސަންބެގެ މަރުގެ މައްސަލައިގައި އެ މީހުންގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުގައި، މި ދެ މީހުންނާއި އިތުރު މީހަކު ބައިވެރިވެގެން، 2012 ވަނަ އަހަރުގެ މެއި 29 ވަނަ ދުވަހުގެ ރޭ، ހަސަންބެ ބަނުމަށް ފަހު، ހިތްފަސޭހަގެއިން ވައްކަން ކުރުމަށް ރާވައި، ހަސަންބެ ނިދާފައި އޮއްވައި އެ ގެއަށް ވަގަށް ވަދެ ހަސަންބެ ރަހީނުކުރި ކަމަށެވެ.

އެގޮތުން، ހަސަންބެގެ އަނގަމަތީގައި މުހައްމަދު ފައިސަލް ޓީޝާޓެއް އަޅައި، ލޯމަތީގައި ބާލީހެއް އެޅި ކަމަށް ދައުވާގައި ވެއެވެ. އަދި އަހުމަދު ނައުޝާދާއި އިތުރު މީހަކު ވެގެން އިންސިއުލޭޝަން ޓޭޕުން ހަސަންބެގެ އަތްފައި ބަނދެ، އޭނާ ރަހީނުކުރި ކަމަށް ވެސް ދައުވާގައިވެ އެވެ.

އެ މީހުންގެ މައްޗަށް ދައުވާކުރީ، ހަސަންބެ މަރުވީ އެމީހުންގެ އެ އަމަލުގެ ސަބަބުން ކަމަށް ބުނެއެވެ. ފުލުހުން ހިންގި ތަހުގީގައި އެ މީހުން ކުށަށް އިއުތިރާފުވި އެވެ. އެހެންނަމަވެސް، ޝަރީއަތުގައި އެ މީހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ހައިކޯޓުގެ ހުކުމުގައިވާ ގޮތުގައި، ޝަރީއަތުގައި ދައުވާއަށް އިންކާރުކުރި ނަމަވެސް، ތަހުގީގަށް އެ ދެ މީހުން ދީފައިވާ ވީޑިއޯ ބަޔާނަށް ބެލި ބެލުމުން އެއީ މަޖުބޫރުކޮށްގެން ނަގާފައިވާ ބަޔާނެއް ކަމަށް ބެލެވޭނެ ޖާގައެއްނެތެވެ.

އެ މީހުން ހިންގި އަމަލުގެ ސަބަބުން ހަސަންބެ މަރުވިއިރު، ހިތްފަސޭހަގެއިން 11،500ރ. އެ މީހުން ވަގަށް ނެގި އެވެ. މައްސަލައިގެ ލިޔެކިޔުންތަކުގައިވާ ގޮތުގައި، އެ ފައިސާ ތިން މީހުންގެ މެދުގައި ބެހުމުން މީހަކަށް ލިބުނީ 3،500ރ. އެވެ. ބާކީވާ އެއްހާސް ރުފިޔާ ބޭއްވީ މުހައްމަދު ފައިސަލްގެ އަތުގަ އެވެ.

މި މައްސަލައިގައި ހިމެނޭ ތިންވަނަ މީހަކީ ކުޑަކުއްޖެކެވެ. އެ ކުއްޖާގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އެހެންނަމަވެސް، އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިން ވަނީ ހުކުމްކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް