Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. ޖަމީލު

ޚުދުމުޚުތާރު ވެރިކަމެއްގެ ނިމުމަށް ޒިމްބާބުވޭގެ ރައްޔިތުން ކުރިވަރުގެ ދިގު އިންތިޒާރެއް ދިވެހިން ކުރަން ނުޖެހޭނެ ކަމަށް އުންމީދުކުރަން: ޖަމީލު

22 ނޮވެމްބަރު 2017 | ބުދަ 06:03

މުގާބޭއާއި ރައީސް ޔާމީނުގެ އަމަލުފުޅުތައް ދުވަހަކަށް ވުރެ ދުވަހެއް ދަނީ އެއްގޮތްވަމުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 22 ނޮވެމްބަރު 2017 | ބުދަ 06:03
ރައީސް އަބްދުﷲ ޔާމީނާއެކު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު

ރައީސް އަބްދުﷲ ޔާމީނާއެކު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު

ޚުދުމުޚުތާރު ވެރިކަމެއްގެ ނިމުމަށް އެދި ޒިމްބާބުވޭގެ ރައްޔިތުން ކުރިވަރުގެ ދިގު އިންތިޒާރެއް، ދިވެހި ރައްޔިތުން ކުރަން ނުޖެހޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ އިސްތިއުފާ ދެއްވުމާއި ގުޅިގެން ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައިވާ ގޮތުގައި މުގާބޭއާއި ރައީސް އަބްދުﷲ ޔާމީންގެ ޚުދުމުޚުތާރު ސިފަތައް ދުވަހަކަށް ވުރެ ދުވަހެއް ދަނީ އެއްގޮތް ވަމުންނެވެ.

"ގާނޫނާއި ޚިލާފު އަމަލުތަކާއި، މިލިއަނުގެ ވައްކަމާއި، އިގްތިސާދު ފުނޑާލުމާއި، މަހާރެހެންދި ގައުމު ހިންގެވުން،" ޖަމީލު ވިދާޅުވެފައިވެއެވެ.

ޒިމްބާބުވޭގައި 37 އަހަރު ވަންދެން ޚުދުމުޚުތާރު ވެރިކަމެއް ކުރެއްވި ރޮބަޓް މުގާބޭގެ ވެރިކަމުން އިސްތިއުފާ ދެއްވީ އަންގާރަ ދުވަހު އެވެ. އަސްކަރިއްޔާގެ ބާރުގެ ދަށަށް ގައުމު ގެންގޮސް، މުގާބޭ ގެކޮޅުގައި ބަންދުކުރި އެވެ. އިސްތިއުފާ ދެއްވިއިރު، މުގާބޭގެ އަމިއްލަފުޅު ޕާޓީ، ދަ ޒިމްބާބުވޭ އެފްރިކަން ނޭޝަނަލް ޔޫނިއަން- ޕެޓްރިއޮޓިކް ފްރަންޓް(ޒަނޫޕީއެފް) އިން ވެސް ވަނީ މުގާބޭއާ ދެކޮޅަށް އަރައި، ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން އެމަނިކުފާނު މަގާމުން ވަކިކުރުމަށް މަސައްކަތް ފަށާފަ އެވެ.

ޒިމްބާބުވޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި، މުގާބޭގެ ވެރިކަން ނިމިގެންދިޔައީ އަނބިކަނބަލުން ގްރޭސް މުގާބޭގެ ސަބަބުންނެވެ. އެގޮތުން ގްރޭސްގެ މައްޗަށް ކުރެވޭ ޚިޔާނާތާއި ކޮރަޕްޝަނާއި ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން އެކިއެކި ކަންކަން ކުރުމުގެ ތުހުމަތުތަކުގެ މައްސަލަ ރަނގަޅަށް ބެލިފައިނުވުމަކީ މުގާބޭއާ ދެކޮޅަށް އަސްކަރިއްޔާއިން ނިކުންނަން ޖެހުނު މައިގަނޑު ސަބަބު ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

މީޑިއާތަކުން ސިފަކުރާ ގޮތުގައި ގްރޭސްއަކީ ދުނިޔޭގައި ހުރި އެންމެ ކޮރަޕްޓް މަހާރެހެންދި އެވެ. 1.4 މިލިއަން ޑޮލަރުގެ އަގުބޮޑު ޑައިމަންޑް އަނގޮޓިއެއް ބައްލަވައިގަތުމާއި، ދައުލަތުގެ ޚަޒާނާ އިން ފައިސާ ނަންގަވައިގެން ގްރޭސްގެ ނަންފުޅުގެ މަތީގައި ދަރުމައަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ގާއިމްކުރެއްވުމާއި، ޒިމްބާބުވޭގެ އިގްތިސާދު އިނދަޖެހިފައިވަނިކޮށް ޕެރިސް އަށް ވިޔަފާރި ދަތުރެއް ކުރައްވައި 120،000 އެމެރިކާ ޑޮލަރު ޚަރަދު ކުރެއްވި ވާހަކަ މީޑިއާތަކުގެ ފަލަސުރުޚީއަށް އަރާފައިވެއެވެ.

ޒިމްބާބުވޭގެ ދައުލަތުގެ ކުންފުނިތަކާއި ވިޔަފާރިވެރިންނަށް ގްރޭސްގެ ހަރަކާތްތަކަށް ފަންޑުކޮށް ދިނުން މަޖުބޫރު ކުރުވިއިރު، އެގައުމުގެ ކުންފުނިތަކާއި ސިވިލް ސާވެންޓުންނަށް މިދިޔަ އަހަރުގެ އަހަރީ ބޯނަސް ނުދެވުނީ ގްރޭސްގެ އަގުބޮޑު ދިރިއުޅުމަށް ޚަރަދުކުރަން ޖެހުމުގެ ސަބަބުން ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އުމުރުފުޅުން 93 އަހަރުގެ މުގާބޭއަށް ފަހު، ވެރިކަމަށް ގްރޭސް ގެންނެވުމަށް ކުރައްވަމުން ގެންދެވި މަސައްކަތަށް ޒިމްބާބުވޭގެ ސިޔާސީ ފަރާތްތަކާއި އާންމު ރައްޔިތުންގެ ނުރުހުން އިންތިހާއަށް އަމާޒުވިއެވެ. މުގާބޭގެ އާލާސްކަންފުޅުގެ ސަބަބުން ވެރިކަން ކުރުމަށް ނުކުޅެނދިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަން ފެށުމުން ގްރޭސް ވަނީ، ސަންދޯކުގައި އޮންނަވައިގެން ވެސް ކުރިއަށް އޮތް އިންތިޚާބުގައި މުގާބޭ ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެ ރައްދު ދެއްވާފަ އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް