Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދީޕިކާ-ބަންސާލީ

ދީޕިކާއާއި ބަންސާލީގެ ބޯ ބުރިކޮށްލި މީހަކަށް 1.5 މިލިއަން ޑޮލަރު ހުށަހަޅައިފި

ދީޕިކާ މިހާރު ހުރީ އޭނާގެ އަވަށް ކަމަށްވާ ބެންގަލޫރުގައި ކަމަށް ޚަބަރުތައް ބުނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2017 | ބުދަ 04:41
ދީޕިކާ ޕަދުކޯން އަދި ސަންޖޭ ލީލާ ބަންސާލީ

ދީޕިކާ ޕަދުކޯން އަދި ސަންޖޭ ލީލާ ބަންސާލީ

"ޕަދްމަވަތީ" ގެ ތަރި ދީޕިކާ ޕަދުކޯން އާއި އެ ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ ބޯ ބުރިކޮށްލި މީހަކަށް 1.5 މިލިއަން ޑޮލަރު ހުށަހަޅައިފިއެވެ.

ދީޕިކާއާއި ބަންސާލީގެ ބޯ ބުރިކޮށްލި މީހަކަށް 1.5 މިލިއަން ޑޮލަރު ހުށަހެޅީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ނަދަން ހަރިޔާނާގެ ޗީފް މީޑިއާ ކޯޑިނޭޓަރ ސޫރަޖް ޕަލް އަމޫއެވެ.

މިކަމާއި ގުޅިގެން ދީޕިކާއާއި ބަންސާލީގެ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައެވެ. ބަންސާލީ ހުރީ ކޮންތަނެއްގައި ކަމެއް ޔަގީން ނުވާއިރު ދީޕިކާ މިހާރު ހުރީ އޭނާ ނިސްބަތްވާ އަވަށް ކަމަށްވާ އިންޑިއާގެ ބެންގަލޫރުގައި ފުލް ސެކިއުރިޓީއާއި އެކުގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އަދި ބެމްގަލޫރުގައި އޭނާގެ ކައިރީގައި އާއިލާގެ މެމްބަރުން ތިބިކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

"ޕަދްމަވަތީ" އާއި ދެކޮޅުހަދާ ގިނަ ބަޔަކު ބުނަނީ ފިލްމުގެ ބަތަލާ ޕަދްމާވަތީ އާއި އަލާއުއްދީން ޚިލްޖީގެ ހުވަފެނީ މަންޒަރެއް ހިމެނޭ ކަމަށާއި އެ ދެ މީހުން ބައްދަލުވާތަން ފިލްމުން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ޑައިރެކްޓަރ ބަންސާލީ ބުނެފައިވަނީ އެއީ ދޮގެއް ކަމަށާއި ފިލްމު ބެލުމުން އެކަން އެނގޭނެ ކަމަށެވެ.

ބެންގަލޫރުގެ ކަރްނަޓަކާގެ އެނާޖީ މިނިސްޓަރ އަދި އިންޑިއާގެ ނެޝަނަލް ކައުންސިލްގެ މެމްބަރ ޑީކޭ ޝިވާކުމާރު ވަނީ ދީޕިކާއަށް ދީފައިވާ މަރުގެ އިންޒާރުތައް ކުށްވެރި ކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބީޖޭޕީގެ އިސް ފަރާތެއް ދީޕިކާ މަރާލުމަށް 10 ކުރޯޑް ރުޕީސް(1.5މިލިއަން ޑޮލަރު) ހުށަހެޅުމަކީ ނުހަނު ކުށްވެރި ކުރައްވާ ކަމެއް ކަމަށެވެ. ދީޕިކާ އަކީ އިންޑިއާ އިހުތިރާމު ކުރާ ކުޅިވަރެއްގެ މޮޅުކުޅުންތެރިއެއްގެ ދަރިއެއް ކަމަށާއި ބީޖޭޕީގެ ސަގާފަތާއި އަންހެނުންނަށް ކުރާ އިހުތިރާމަކީ އެއީތޯ ވިދާޅުވެ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. އަދި މިކަމަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށް އޭނާގެ ޓްވީޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ދީޕިކާގެ ބައްޕައަކީ ކުރީގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ޕްރަކާޝް ޕަދުކޯންއެވެ. އޭނާއަށް ވަނީ 1980 ވަނަ އަހަރުގައި ދުނިޔޭގެ އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމު ލިބިފައެވެ.

ޑީކޭ ޝިވާކުމާރު ބުނީ ދީޕިކާއަށް ހިމާޔަތް ދިނުމަށް ކަރްނަޓަކާގެ ޗީފް މިނިސްޓަރަށް ސިޓީއެއް ފޮނުއްވާނެ ކަމަށެވެ. ބީޖޭޕީއިން ދީޕިކާގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް ވެސް ޝިވާކުމާރުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. ގާނޫނުން ލިބިދޭ މިނިވަން ކަމަށް މުޅިއިންޑިއާގެ ރައްޔިތުން ޚާއްސަކޮށް އަންހެނުން އަޑުއުފުލުމަށް ތެދުވުމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ބީޖޭޕީގެ ސްޕޯކްސްޕާސަން އާއި މެދު ގާނޫނީ ދައުވާ ކުރަންޖެހޭ ކަމަށް ޑީކޭ ޝިވާކުމާރު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ދީޕިކާ އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އަންހެނެއްގެ ހައިސިއްޔަތުންނާއި އިންޑިއާގެ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ދެރަވެ ރުޅިއައިސްފައިވާ ކަމަށެވެ. އަދި އެފިލްމާއި ބެހޭގޮތުން އެކިވާހަކަތައް ދައްކަމުން ދަނީ އެ ފިލްމުގައި ވަނީ ކީއްކަމެއް ނޭގިތިބެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ. "ޕަދްމަވަތީ" އަކީ މުޅި އިންޑިއާ ފަޚުރުވެރިވާނެ ފިލްމެއް ކަމަށާއި މުޅި ދުނިޔެއަށް ޕަދްމަވަތީގެ ވާހަކަ އެނގެންޖެހޭނެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

މި ފިލްމު މިހާރު އޮތީ ސެންސަރުބޯޑުގައެވެ. ފިލްމު ކުރިން ރިލީޒްކުރަން އޮތީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް ފިލްމު ރިލީޒްކުރާ ދުވަސް އެހެން ދުވަހަކަށް ފަސްކޮށްފައިވަނީ ސެންސަރުބޯޑަށް ފިލްމު ފާސްކުރުމަށް ފޮނުވުމުން އެ ބޯޑުން އެޕްލިކޭޝަން ފުރިހަމަ ނޫން ކަމަށް ބުނެ ފިލްމް އަނބުރާ ފޮނުވާލާފައި ވާތީ އަލުން އެޕްލިކޭޝަން ލުމަށް ފަހު ރިލީޒްކުރުން ލަސްވާނެތީ ކަމަށް އެ ފިލްމުގެ ބޯޑުން ވަނީ ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ބޭވޮޗް": ފުރަތަމަ ދުވަހު ލިބުނީ 4.5 މިލިއަން ޑޮލަރު

"ބޭވޮޗް": ފުރަތަމަ ދުވަހު ލިބުނީ 4.5 މިލިއަން ޑޮލަރު

27 މެއި 2017
ޗައިނާ އިން "ޑަންގަލް" އަށް 65 މިލިއަން ޑޮލަރު

ޗައިނާ އިން "ޑަންގަލް" އަށް 65 މިލިއަން ޑޮލަރު

16 މެއި 2017
ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް

ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް

29 އެޕްރީލު 2017
ޖޯޖް މައިކަލްގެ ކުރެހުމެއް ބައި މިލިއަން ޑޮލަރަށް ވިއްކާލައިފި

ޖޯޖް މައިކަލްގެ ކުރެހުމެއް ބައި މިލިއަން ޑޮލަރަށް ވިއްކާލައިފި

29 މާރިޗު 2017
ހަތަރު މިލިއަން ޑޮލަރުގެ "ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި

ހަތަރު މިލިއަން ޑޮލަރުގެ "ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި

28 މާރިޗު 2017

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު