Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭޑީކޭ ނާޝިދު

1.5 މިލިއަން ޑޮލަރު ހޯދަން ސިންގަޕޫރު ކުންފުނިން އޭޑީކޭ ނާޝިދުއާ ދެކޮޅަށް ރާއްޖޭގައި ދައުވާކޮށްފި

ފޯމެންޓޯއިން ނެގި ލޯނު އަނބުރާ ދެއްކުމަށް ސިންގަޕޫރު ކޯޓުން ވަނީ ހުކުމް ކޮށްފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 22 ނޮވެމްބަރު 2017 | ބުދަ 04:42
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޝިދު

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޝިދު

އޭޑީކޭ ކޮމްޕެނީ އިން ނަގާފައިވާ 1.5 މިލިއަން ޑޮލަރުގެ ލޯނެއް އަނބުރާ ނުދައްކައިގެން ސިންގަޕޫރުގެ ފޯމެންޓޯ އެސޯސިއޭޓެޑް ކޮމްޕެނީއިން އޭޑީކޭއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

މި މައްސަލައަކީ ސިންގަޕޫރުގެ އިންވެސްޓްމެންޓް ކުންފުނި، ފޯމެންޓޯ އެސޯސިއޭޓެޑް ސިންގަޕޫރު ހޯލްޑިންސް ކުންފުނީގެ އަތުން އޭޑީކޭ ޓްރެވަލްސް އިން ނަގާފައިވާ 1.5 މިލިއަން ޑޮލަރުގެ ލޯނެއްގެ މައްސަލައެވެ. 2011 ވަނަ އަހަރު އޭޑީކޭ ޓްރެވަލްސްއިން ނެގި އެ ލޯނަށް، އޭޑީކޭ ކުންފުނީގެ ޗެއާމަން އަހުމަދު ނާޝިދު ވަނީ ޕާސަނަލް ގެރެންޓީ ދެއްވާފައެވެ.

ފައިސާ އަނބުރާ ހޯދުމަށް ފޯމެންޓޯ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރިއިރު، މި ލޯނުގެ މައްސަލައިގައި ފޯމެންޓޯ ކުންފުނިން، ނާޝިދު އާއި އޭޑީކޭ ޓްރެވަލްސް އަދި އޭޑީކޭ ކޮމްޕެނީއާ ދެކޮޅަށް ސިންގަޕޫރުގެ ކޯޓެއްގައި ދައުވާ ކުރުމުން، ފައިސާ އަނބުރާ ދެއްކުމަށް 2014 ވަނަ އަހަރު ސިންގަޕޫރުގެ އެކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އޭގެ ފަހުން ފޯމެންޓޯ ކުންފުނިން ސިންގަޕޫރުގެ ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ދަރަނީގެ ބަދަލުގެ ގޮތުގައި އެކުންފުންޏަށް ނެގޭނެ ހަރު މުދަލެއް ނާޝިދުގެ މިލްކިއްޔާތުގައި ހުރިތޯ ބަލައި، އެފަދަ މުދަލެއް ހުރިނަމަ އެ މުދަލެއް ނަގައި ދިނުމަށް އެދި ފޯމެންޓޯ ކުންފުނިން ހުށަހެޅި މައްސަލައިގެ ޝަރީއަތް މިހާރުވެސް ސިންގަޕޫރުގެ ހައިކޯޓުގައި ދަނީ ކުރިއަށެވެ. އެ ޝަރީއަތަށް ސިންގަޕޫރުގެ ކޯޓަށް ހާޒިރުވާން ކުރި އަމުރަކާ ޚިލާފުވި ކަމަށް ބުނެ މިމަހުގެ ތެރޭގައި ނާޝިދު 12،000 ޑޮލަރުން ޖޫރިމަނާކޮށްފައި ވެސް ވެއެވެ.

ފޯމެންޓޯ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކޮށްފައިވަނީ، ނާޝިދުއާއި، އޭޑީކޭ ކޮމްޕެނީގެ އިތުރުން އޭޑީކޭ ޓްރެވަލްސްއާ ދެކޮޅަށެވެ. މި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ބޭއްވުމަށް ސިވިލް ކޯޓުގައި ވަނީ ތާވަލު ކޮށްފައެވެ.

ފޯމެންޓޯ ކުންފުނީގެ އަތުން އޭޑީކޭއިން ނަގާފައިވާ 1.5 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކުމުގެ ސަބަބުން، ފާއިތުވީ ހަ އަހަރު ދުވަހުގެ ތެރޭގައި އިތުރުވި އިންޓްރެސްޓާއެކު މިހާރު ދައްކަން ޖެހޭ ފައިސާގެ އަދަދު ވަނީ ދެ މިލިއަން ޑޮލަރަށް ވުރެ އިތުރުވެފަ އެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު