Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު"ސެލްފީ"

"ސެލްފީ" އެންމެ ފުރަތަމަ އީޖާދު ކުރީ ޕެރިސް ހިލްޓަން ކަމަށް ބުނުމުން ޓްވިޓަރުން ރަތަށް

ބްރިޓްނީ ގެ ސެލްފީއަކީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ނަގާފައިވާ "ސެލްފީ"އެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 21 ނޮވެމްބަރު 2017 | އަންގާރަ 08:27
ޕެރިސް ހިލްޓަން "ސެލްފީ" ނެގުމުގައި

ޕެރިސް ހިލްޓަން "ސެލްފީ" ނެގުމުގައި

"ސެލްފީ" އެންމެ ފުރަތަމަ އީޖާދު ކުރީ ޕެރިސް ހިލްޓަން އާއި ބްރިޓްނީ ސްޕިއާ ކަމަށް ބުނެ ބްރިޓްނީ ޓްވީޓު ކުރުމުން އޭނާ އަށް ޓްވިޓާ ބޭނުން ކުރާ އެތައް ފަރާތެއްގެ ފާޑުކިޔުން އަމާޒުވާން ފަށައިފިއެވެ.

ހޯމަދުވަހު ޕެރިސް ހިލްޓަން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ "11 އަހަރަށް ފަހު މިއަދަކީ އޭނާ އާއި ބްރިޓްނީ ސެލްފީ އީޖާދު ކުރި ދުވަސް" ކަމަށެވެ. އެޓްވީޓާއެކު ޕެރިސް ހިލްޓަން ވަނީ އޭނާއާއި ބްރިޓްނީ ނަގާފައިވާ "ސެލްފީ" އެޓޭޗް ކޮށްފައެވެ. އެ "ސެލްފީ" އަކީ ޕެރިސް ހިލްޓަން އާއި ބްރިޓްނީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ނަގާފައިވާ "ސެލްފީ"އެކެވެ.

ޕެރިސް ހިލްޓަން ގެ މި ޓްވީޓާއިއެކު އޭނާ އަށް އެތައް ބައެއްގެ ފާޑު ކިޔުމާއި މަލާމާތް ވަނީ ރައްދުވެފައެވެ.

"ސެލްފީ" އީޖާދު ކުރީ ޕެރިސްއާއި ބްރިޓްނީ ނޫންކަމަށް ބުނެ ކުރީގެ ބައެއް ފަންނާނުން ލޯގަނޑު ކުރިމަތީގައި ކެމެރާ އަރާގޮތަށް ނަގާފައިވާ އެތަކެއް ފޮޓޯތަކެއް އެ ޓްވީޓުގެ ޖަވާބަކަށް ވަނީ ދީފައެވެ.

އެގޮތުން މައިކަލް ޖެކްސަން ލޯގަނޑު ކުރިމަތީގައި ކެމެރާ އާއި އެކު އޭނާ އަމިއްލައަށް ނަގާފައިވާ ފޮޓޯ އާއި އެމެރިކާގެ މަޝްހޫރު ކޮމޭޑިއަން ޗެވީ ޗޭސް 1985 ވަނަ އަހަރު ނަގާފައިވާ "ސެލްފީ" ހިމެނެއެވެ. މީގެ އިތުރުން ސައިންސް ވެރިއެއްކަމަށްވާ ބިލް ނައި 1999 ވަނަ އަހަރު ސިނަމާއެއްގެ ތެރޭގައި އޭނާގެ އަންހެނުންނާއި އެކީ ނަގާފައިވާ "ސެލްފީ" ހިމެނެއެވެ. އަދިވެސް ކުރީގެ ބައެއް ފިލްމު ތަކާއި ސީރީޒް ތަކުގައި ނަގާފައިވާ "ސެލްފީ"ތައް ޕެރިސް ހިލްޓަންގެ ޓްވީޓުގެ ރައްދެއްގެ ގޮތުގައި ވަނީ ދީފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
21 ފެބުރުއަރީ 2017

މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި

21 ފެބުރުއަރީ 2017
މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި
20 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި
16 ފެބުރުއަރީ 2017

ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟

16 ފެބުރުއަރީ 2017
ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟
10 ފެބުރުއަރީ 2017

ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟

10 ފެބުރުއަރީ 2017
ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު