Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސަޢޫދީ ޢަރަބިއްޔާ - އިސްރާއީލް

ސަޢޫދީއާއިއެކު ގުޅުންތަކެއް އޮންނަކަމަށް އިސްރާއިލުގެ ވަޒީރަކު އެއްބަސްވެވަޑައިގެންފި

މިއީ ސިޔާސީ ގުޅުމެއް ނެތް މި ދެޤައުމުގެ މެދުގައި ގުޅުން އޮތްކަމަށް އިސް ވެރިޔަކު އެއްބަސްވެވަޑައިގަތް ފުރަތަމަ ފަހަރު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2017 | ހޯމަ 18:21
ސަޢޫދީ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާން: ދާދިދަހުން ސިއްރުން އިސްރާއީލަށް ވަޑައިގެންނެވިކަމަށް ތުހުމަތުކުރެވޭ

ސަޢޫދީ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާން: ދާދިދަހުން ސިއްރުން އިސްރާއީލަށް ވަޑައިގެންނެވިކަމަށް ތުހުމަތުކުރެވޭ

ޔަހޫދީ ދައުލަތް، އިސްރާއީލާއި އިސްލާމީ އެންމެ ބޮޑު އެއް ދައުލަތް ކަމުގައިވާ ސަޢޫދީ ޢަރަބިއްޔާއާއި ދެމެދު ސިޔާސީ ގުޅުން ނެތް ނަމަވެސް، ދެޤައުމުގެ މެދުގައި ސިއްރު ގުޅުންތަކެއް އެބައޮތްކަމަށް އިސްރާއީލުގެ އިސްވެރިޔަކު އެއްބަސްވެވަޑައިގެންފިއެވެ.

އިސްރާއީލުގެ ހަކަތައާއި ބެހޭ ވަޒީރު ޔުވާލް ސްޓެއިނިޓްޒް ވިދާޅުވީ ސަޢޫދީފަދަ ޢަރަބި ޤައުމުތަކާއިއެކު އިސްރާއީލުން ގުޅުން ބާއްވަމުންދާކަމަށެވެ. އަދި އެފަދަ ގުޅުންތައް ސިއްރުކުރަން އެޤައުމުތަކުން ބޭނުންވާކަމަށާއި، އެހެން ނަމަވެސް އެޤައުމުތަކާއި ގުޅުން އޮންނަކަން ހާމަކުރަން އިސްރާއީލުން ލަދު ނުގަންނަކަމަށެވެ. މިއީ އިސްރާއީލާއި ސަޢޫދީއާއި ދެމެދު ސިއްރު ގުޅުންތަކެއް އޮންނަކަން ދެޤައުމުންކުރެ ޤައުމަކުން ރަސްމީކޮށް ހާމަކުރި ފުރަތަމަ ފަހަރެވެ. ފަހަކަށް އައިސް ސަޢޫދީ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ސަޢޫދީގެ ޚާރިޖީ ސިޔާސަތަށް ގެންނަމުންދާ ބަދަލުތަކުގެ ތެރޭގައި އިސްރާއީލާއި ގުޅުން ބަދަހިކުރާކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔަހޫދީންނާއި ޢަރަބިން ގުޅުން ބަދަހިކުރަން ފަށާފައި މިވަނީ ފާރިސީ ދައުލަތް، އީރާނުން މެދުއިރުމަތީގައި ނުފޫޒު ގަދަކުރަމުންދާތީ އެކަމާއި ދެކޮޅަށް މަސައްކަތްކުރުމަށެވެ. ސަޢޫދީ ނޫހަކަށް ފުރަތަމަ ފަހަރަށް މައުލޫމާތު ދެއްވަމުން، އީރާނާއި ބެހޭ ގޮތުން ލިބިފައިވާ ޖާސޫސީ މައުލޫމާތު ސަޢޫދީއާއި ހިއްސާކުރަން އިސްރާއީލުން ތައްޔާރަށް އޮތްކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާ މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފައިވެއެވެ.

އިސްރާއީލާއި ސަޢޫދީ ޢަރަބިއްޔާއާއި ސިއްރު ގުޅުންތަކެއް އޮންނަކަމަށް ކުރެވޭ ތުހުމަތުތައް ސަޢޫދީއިން ދޮގުކުރެއެވެ. އެގޮތުން ނިމިދިޔަ ހަފްތާގައި ސަޢޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ވިދާޅުވީ އިސްރާއީލާއިއެކު އެއްވެސް ގުޅުމެއް ނެތްކަމަށާއި، އަދި ސިއްރު ގުޅުންތަކެއް އަމުދުން ނެތްކަމަށެވެ. އަލްޖުބައިރު ވިދާޅުވީ އިސްރާއީލާއިއެކު ސަޢޫދީއިން ގުޅުމެއް ބާއްވާނީ އެގުޅުމުގެ ސަބަބުން ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބޭނަމަ އެކަނިކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައްސަލަ ބޮޑުވެފައިވާ ހެއިޓީއަށް އައު ބޮޑުވަޒީރަކު އައްޔަންކޮށްފި

މައްސަލަ ބޮޑުވެފައިވާ ހެއިޓީއަށް އައު ބޮޑުވަޒީރަކު އައްޔަންކޮށްފި

21 ޖުލައި 2021
އިސްރާއިލުގެ އާގު ބޯޓަކަށް ގޮތްނޭނގޭ ހަމަލާތަކެއް ދީފި

އިސްރާއިލުގެ އާގު ބޯޓަކަށް ގޮތްނޭނގޭ ހަމަލާތަކެއް ދީފި

04 ޖުލައި 2021
ބްރެކްސިޓް: ލޭބަރ ޕާޓީއާ އެކު އެއްބަސްވުމަކަށް ނުދެވޭނެ ކަމަށް ކުރީގެ ވަޒީރަކު ވިދާޅުވެއްޖެ

ބްރެކްސިޓް: ލޭބަރ ޕާޓީއާ އެކު އެއްބަސްވުމަކަށް ނުދެވޭނެ ކަމަށް ކުރީގެ ވަޒީރަކު ވިދާޅުވެއްޖެ

12 މެއި 2019
އީރާނަށް ޖާސޫސުކޮށްދިން އިސްރާއީލުގެ ކުރީގެ ވަޒީރަކު 11 އަހަރަށް ޖަލަށްލައިފި

އީރާނަށް ޖާސޫސުކޮށްދިން އިސްރާއީލުގެ ކުރީގެ ވަޒީރަކު 11 އަހަރަށް ޖަލަށްލައިފި

27 ފެބުރުއަރީ 2019
ސްރީ ލަންކާގެ 18 ވަޒީރަކު ހުވާކުރައްވައިފި

ސްރީ ލަންކާގެ 18 ވަޒީރަކު ހުވާކުރައްވައިފި

01 މެއި 2018

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު