Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަހުލޫފް - ބައްސާމް

މިނިސްޓަރު މަހުލޫފް އާއި ބައްސާމް ބޮޑު ކޯޅުމަކަށް؟

ބައްސާމް ވަނީ ފީފާ ރައީސްއާ ބައްދަލުކުރައްވާފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2018 | ހޮނިހިރު 05:19
ބައްސާމް (ކ) އާއި މިނިސްޓަރު މަހުލޫފް (ވ)

ބައްސާމް (ކ) އާއި މިނިސްޓަރު މަހުލޫފް (ވ)

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ އެކްޓިވްކޮށް ފެންނަ އެއް މިނިސްޓަރަކީ އަހުމަދު މަހުލޫފެވެ. ސޯޝަލް މީޑިއާގައި މަހުލޫފަކީ އަބަދުވެސް ހަރަކާތްތެރި ބޭފުޅެކެވެ. އެބޭފުޅާ ޓެގުކުރައްވާ އެދިވަޑައިގަންނަވާ ކަންކަން ހައްލުވެސް ކޮށްދެއްވައެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުއަކީ ސޯޝަލް މީޑިއާގައި މާ އެކްޓިވް ބޭފުޅަކަށް ނުވި ނަމަވެސް އެބޭފުޅާ މުހިންމު ބައެއް ކަންކަން ސޯޝަލް މީޑިއާގައި ހިއްސާކުރައްވައެވެ.

ފާއިތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހު ފެންނަމުންދަނީ އެފްއޭއެމް އާއި މިނިސްޓަރު މަހުލޫފާ ދެމެދު މައްސަލަތަކެއް އުފެދިފައިވާ މަންޒަރުތަކެވެ. މިކަންތައް ފެށުނީ އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕުން ދިވެހި ކްލަބްތަކަށް ފުރުސަތު ގެއްލުނު ހިސާބުންނެވެ.

އެގޮތުން ފުޓުބޯޅައަކީ ދައުލަތުން ބޮޑު ހޭދައެއް ކުރާ ކުޅިވަރަކަށް ވެފައި އޭއެފްސީ ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލެން މެދުވެރިވި ސަބަބު ބަލާ އިސްލާހުކުރަން ޖެހޭ ކަންކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލަން މިދިޔަ މަހުގެ 28 ވަނަ ދުވަހު މިނިސްޓަރު މަހުލޫފް ނިންމެވިއެވެ. އަދި މަސައްކަތް ކުރިޔަށްދާނީ އެފްއޭއެމް އާއި ކްލަބްތަކުގެ ބައިވެރިވުމާއެކު ކަމަށްވެސް މަހުލޫފް ވަނީ އެ ދުވަހު ވިދާޅުވެފައެވެ.

މަހުލޫފްގެ މި ނިންމެވުމާއެކު ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔައީ މި މައްސަލަ އެ ކޮމިޓީން ބަލާނެ ގޮތަކާމެދުއެވެ. އެގޮތުން މި މަހުގެ 10 ވަނަ ދުވަހު "ފެކްޓް ފައިންޑިން ކޮމިޓީ" ގެ ނަމުގައި މައްސަލަ ބެލުމަށް މިނިސްޓަރު މަހުލޫފް ވަނީ ކޮމިޓީއެއް އުފައްދަވާފައެވެ. އަދި ކޮމިޓީގެ މަސައްކަތް ކުރިޔަށްދާނީ އެފްއޭއެމް އާއި ކްލަބްތަކުގެ އިތުރުން އޭއެފްސީއާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ. އޭއެފްސީއާ ގުޅިގެން މަސައްކަތް ކުރިޔަށް ގެންދިޔުމަށް ނިންމެވިކަން އިއުލާންކުރެއްވީ ކޮމިޓީ އެކުލަވާލި ދުވަހުއެވެ.

މި ކޮމިޓީ އެކުލަވާލުމާއެކު ބައްސާމް ވަނީ މި މަހުގެ 13 ވަނަ ދުވަހު މިނިސްޓަރު މަހުލޫފާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި އެފްއޭއެމްގެ ކަންކަން ބެލޭނީ ހަމައެކަނި އޭއެފްސީ އާއި ފީފާއަށް ކަން މިނިސްޓަރު މަހުލޫފަށް ބައްސާމް ދެންނެވިއެވެ.

އެގޮތުން މިކަމުގެ ލަފަޔަކަށް މި މަހުގެ 19 ވަނަ ދުވަހު އޭއެފްސީއަށް އެފްއޭއެމުން ސިޓީ ފޮނުވާފައިވާއިރު، ޖަވާބުގައި އޭއެފްސީންވެސް ބުނެފައިވަނީ އެފްއޭއެމްގެ ކަންކަން ބެލޭނީ ހަމައެކަނި ފީފާ ނުވަތަ އޭއެފްސީއަށް ކަމަށެވެ. އަދި ތިންވަނަ ފަރާތަކުން އެފްއޭއެމްއަށް ނުފޫޒު ނުފޯރުވޭނެކަމަށްވެސް އޭއެފްސީން ވަނީ ބުނެފައެވެ.

މީގެއިތުރުން އެފްއޭއެމްގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އޭއެފްސީން ވަނީ ބުނެފައެވެ. އޭއެފްސީން ވަނީ މިނިސްޓްރީން އެކުލަވާލި ކޮމިޓީގެ މަސައްކަތް ހުއްޓާލުމަށް ނުސީދާ ގޮތެއްގައި އިންޒާރުވެސް ދީފައެވެ.

އެހެންނަމަވެސް މަހުލޫފް ވިދާޅުވީ، އޭއެފްސީން މިނިސްޓްރީއަށް އިންޒާރު ނުދޭ ކަމަށާއި، އެކުލަވާލި ފެކްޓް ފައިންޑިން ކޮމިޓީން ބަލާނީ ދައުލަތުން ފުޓުބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީގޮތް ކަމަށެވެ. އަދި އެފްއޭއެމް ތެރެއަށް ނުވަންނާނެ ކަމުގެ ޔަގީންކަން ބައްސާމަށް އަރުވާފައިވާނެ ކަމަށާއި، އޭއެފްސީ އާއި ފީފާއިން ފިޔަވަޅު ނާޅާނެ ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

މަހުލޫފްގެ މިވާހަކަފުޅުތަކާއެކު އެފްއޭއެމުން ވަނީ ވަރުގަދަ ހަމަލާއެއް އެބޭފުޅާއަށް ފޮނުވާލާފައެވެ. އެފްއޭއެމުން ނެރުނު ބަޔާނެއްގައި މަހުލޫފަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އެފްއޭއެމުން ބުނީ ޒިންމާދާރުކަން ކުޑަގޮތަށް އެކި ފަހަރު އެކިގޮތަށް ސޯޝަލް މީޑިއާގައި މިނިސްޓަރު މަހުލޫފް ހާމަކުރާ މައުލޫމާތުގެ ސަބަބުން ކްލަބްތަކާއި، އެސޯސިއޭޝަންގެ ހައިބަތައް އުނިކަން އަންނަމުންދާ ކަމަށެވެ.

މީގެއިތުރުން އެފްއޭއެމުން ބުނީ އެފްއޭއެމް އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ "އޭ" ގްރޭޑް ފެންވަރުގެ އޮޑިޓަރުން ލައްވާ، ކޮންމެ އަހަރަކު އެއްފަހަރު އޮޑިޓްކުރެވެމުންދާ މުއައްސަސާއެއް ކަމަށާއި، ކޮންމެ އަހަރަކުވެސް އަހަރީ އާންމު ޖަލްސާގައި، އޮޑިޓް ރިޕޯޓް އަދި އަހަރީ ބަޖެޓް ހުށަހެޅި ފާސްކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވާ ކަމަށެވެ.

އެފްއޭއެމުން ނެރުނު މި ބަޔާނާއެކު މަހުލޫފް ދެން ވިދާޅުވީ، އޭއެފްސީގެ ރައީސް ޝައިހް ސަލްމާންއާ ހޮނިހިރު ދުވަހު ބައްދަލުކުރައްވާނެ ކަމަށާއި، މި ބައްދަލުވުމުގައި ރައްޖޭގެ ފުޓުބޯޅަ ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ޝައިހް ސަލްމާން ރާއްޖެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ދައުވަތުވެސް ހުށަހަޅުއްވާނެ ކަމަށެވެ.

މަހުލޫފް މިހެން ވިދާޅުވެފައި ވަނިކޮށް ހުކުރު ދުވަހު ބައްސާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަރަށް އަވަހަށް ރާއްޖެއަށް ވަޑައިގަންނަން އެއްބަސްވެފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި ރައީސް ސޯލިހުއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ، ފީފާ ކައުންސިލްގެ ގޮނޑިޔަށް ކުރިމަތިލެއްވުމަށް ރާއްޖޭގެ ފަރާތުން ނަން ފޮނުވާފައިވާ މަރިޔަމް މުހައްމަދު (މާޔަން) އަށް ތާއީދު ކޮށްދެއްވުމަށް އިންފަންޓީނޯ އަރިހުގައި އެދިފައިވާނެ ކަމަށެވެ. ބައްސާމް ވަނީ ޝައިހް ސަލްމާންއާއެކު މަހުލޫފް ކުރައްވާ ބައްދަލުވުމުގައިވެސް މާޔަން އަށް ތާއީދު ހޯދައި ދިނުމަށް އެދިފައެވެ.

ސޯޝަލް މީޑިއާގައި ބައްސާމް އާއި މަހުލޫފް ކުރައްވާ ޓުވީޓްތަކުން ބޮޑަށް ބެލެވެނީ ދެބޭފުޅުން ދެމެދުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމެވެ. އަދި ދެބޭފުޅުން ރައްދުވާގޮތަށްވެސް ޓުވީޓްކުރައްވަމުން ގެންދަވާކަމެވެ. މައުލޫމާތު ލިބޭ ގޮތުގައި ބައްސާމް އާއި މަހުލޫފްއާ ދެމެދު ވަނީ މައްސަލަތަކެއް ޖެހިފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!

އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!

24 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު