Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްރީޒްމަންގެ ޓްރާންސްފާ

ގްރީޒްމަން ބާސާއަށް ބަދަލުވާން އުޅޭ ކަމުގެ އިޝާރާތެއް ވަލްވާޑޭ ދީފި

18 ނޮވެމްބަރު 2017 | ހޮނިހިރު 09:32

އޭނާގެ ޓްރާންސްފަ ފީގެ ގޮތުގައި ބާސާއިން 90 މިލިއަން ޔޫރޯ ދިނުމަށް ވަނީ ނިންމާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 18 ނޮވެމްބަރު 2017 | ހޮނިހިރު 09:32
އެންޓޮއިން ގްރީޒްމަން - ވޯލްޑް ކަޕަށް ފަހު އޭނާ ބާސާގެ ޖާޒީގައި ފެނިގެންދިޔުމަކީ އެކަށީގެންވާ ކަމެއް

އެންޓޮއިން ގްރީޒްމަން - ވޯލްޑް ކަޕަށް ފަހު އޭނާ ބާސާގެ ޖާޒީގައި ފެނިގެންދިޔުމަކީ އެކަށީގެންވާ ކަމެއް

އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމުގެ އިޝާރާތެއް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ދީފިއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ބާސައަށް ކުޅުނު ނޭމާ ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވުމާއި ގުޅިގެން އެ ކްލަބުން އަންނަނީ ފޯވާޑެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މަޝްހޫރު ކުޅިވަރު ވެބްސައިޓް 'އީއެސްޕީއެން' އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕް ނިންމާލުމަށް ފަހު ގްރީޒްމަން ފެނިގެންދާނީ ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައެވެ. އެގޮތުން އުމުރުން 26 އަހަރުގެ ފޯވާޑުގެ ޓްރާންސްފަ ފީގެ ގޮތުގައި ބާސާއިން 90 މިލިއަން ޔޫރޯ ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.

އެޓްލެޓިކޯ މެޑްރިޑުގައި ހުރެ މުބާރާތްތައް ކާމިޔާބު ނުކުރެވޭތީ ގްރީޒްމަން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އެ ޓީމުގެ މިޑްފީލްޑަރު ކޯކޭ ބުނެފައިވަނީ ގްރީޒްމަން ޓީމުގައި މަޑުކުރަން ބޭނުން ނުވާނަމަ އެންމެ ރަނގަޅު ގޮތަކީ ވީހާވެސް އަވަހަށް އެހެން ޓީމަކަށް ބަދަލުވުން ކަމަށެވެ.

ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވެސް ވަނީ ގްރީޒްމަން ގެންނަން ބޭނުންވާ ކަމުގެ އިޝާރާތެއް ދީފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަލްވާޑޭ ބުނީ ގްރީޒްމަން ބާސާއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކައިގައި މިވަގުތު އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ކަމަށާއި އެހެނަސް އޭނާއަކީ ބާސާއަށް ކުޅުމުގު ހުނަރު ހުރި މޮޅު ކުޅުންތެރިޔެއް ކަމަށެވެ. އަދި ބާސާގައި މިވަގުތު ތިބި ކުޅުންތެރިންނާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެހެނަސް ގްރީޒްމަން ފަދަ ކުޅުންތެރިޔަކު ޓީމާއި ގުޅުމަކީ މުސްތަގުބަލުގައި އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކްލަބުގެ ޒުވާން މިޑްފީލްޑަރު ޑެނިސް ސުއަރޭޒް އެހެން ޓީމަކަށް ބަދަލުވެދާނެ ކަމުގެ އިޝާރާތެއް ވެސް ވަލްވާޑޭ ވަނީ ދީފައެވެ. މި ސީޒަނުގައި ފުރަތަމަ 11 ގައި ހިމެނިގެން އެންމެ ދެ މެޗު ކުޅުނު ޑެނިސް ސުއަރޭޒް އަންނަ ސީޒަނުގައި ނަޕޯލީއަށް ބަދަލުވާން އުޅޭ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. މި ރިޕޯޓުތަކާއި ގުޅޭގޮތުން ވަލްވާޑޭ ބުނެފައިވަނީ ނޫސްވެރިން ފަތުރާ ވާހަކަތަކަށް އެއްޗެއް ބުނެވެން ނެތް ކަމަށާއި އެހެނަސް ބާސާގައި އޭނާ މަޑުކުރާނީ މި ސީޒަނުގައި ދައްކާ ކުޅުމަށް ބެލުމަށް ފަހު ކަމަށެވެ.

ބާސާގެ ޑިފެންސަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އައު ޑިފެންޑަރެއް ނުގެންނާނެ ކަމަށް ވަލްވާޑޭ ވަނީ ބުނެފައެވެ. މިވަގުތު ބާސާގެ ޑިފެންސްގެ އެކި މަގާމުތަކަށް ކުޅެން ތިބީ އެކަމަށް އެންމެ އެކަށީގެންވާ ކުޅުންތެރިން ކަމަށް ވަލްވާޑޭ ވަނީ ބުނެފައެވެ. އަދި ކުޅުންތެރިޔެއް ނެތް ހާލަތެއްގައި ޒުވާން ޓީމުން ވެސް ކުޅުންތެރިން ގެނެވިދާނެ ކަމަށް ވަލްވާޑޭ ވަނީ ބުނެފައެވެ.

ގްރީޒްމަން ބާސާއަށް ބަދަލުވާން އުޅޭ ކަމުގެ އިޝާރާތެއް ބާސާގެ ކޯޗު ކޮށްފައިވާއިރު އޭނާ ހޯދުމަށް ޔޫރަޕުގެ މަޝްހޫރު ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސިވިލާތުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
24 ފެބުރުއަރީ 2017

ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް

24 ފެބުރުއަރީ 2017
ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް