Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އަމީން އާންމުގެ މަގާމު ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ދިއްގަރު ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި، އެ ރައްޔިތުންނަށް އަސަރުކުރާނެ ކަންކަން ނިންމުން ގާނޫނު އަސާސީއާ ޚިލާފު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2017 | ހޮނިހިރު 07:14
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއާއި އަމީން އާންމު އަހުމަދު މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއާއި އަމީން އާންމު އަހުމަދު މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާއި މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދުގެ މަގާމު ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނެވި ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ބަންދުގައި ހުންނަވާއިރު، މަޖިލިސް ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުކޮށް ނުދޭ މައްސަލައިގަ އެވެ.

Advertisement - newsAdvertisement

ފާރިސްގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ދައުވާގައިވާ ގޮތުގައި، ގާނޫނީ ހަމަތަކުގެ މަތިން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު މެދުވެރިކޮށް، ރައްޔިތުންގެ މަޖިލީހުގައި އެ ބަޔަކު ތަމްސީލުވުމަކީ ރާއްޖޭގެ އިދާރީ ކޮންމެ ދާއިރާއެއްގެ ރައްޔިތުންނަށް ލިބިފައިވާ އަސާސީ ހައްގެކެވެ. މި ހައްގަކީ އެބައެއްގެ ކިބައިން ވަކި ނުކުރެވޭނެ އަދި ނިގުޅައިގަނެވޭނެ ހައްގެއް ނޫން ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ހައްގަށް ހުރަސް އެޅުމުގެ ގާނޫނީ ބާރެއް ނުވަތަ އިޚްތިޔާރެއް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން މެނުވީ އެއްވެސް ފަރާތަކަށް ލިބިގެންނުވާކަން ވެސް އެ ދައުވާގައި ފާހަގަކޮށްފަައިވެއެވެ.

މިއަހަރުގެ ޖުލައި 18 ވަނަ ދުވަހުން ފެށިގެން ބަންދުގައި ހުންނަވާ ފާރިސްގެ ފަރާތުން ކުރި ދައުވާގައި ބުނެފައިވަނީ، މަޖިލީހުން ފާސްކުރުމަށް ހުށަހަޅާފައިވާ ދައުލަތުގެ އަހަރީ ބަޖެޓާއި މެދު އެ ބައެއްގެ ބަސްބުނެ، އެ ބަޖެޓުގައި ހިމެނުމަށް އެބައެއްގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ލިބުމަކީ ކޮންމެ އިދާރީ ދާއިރާއެއްގެ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

އެ ހައްގު ގެއްލިގެން ދިއުމަކީ އެ ދާއިރާއެއްގެ ރައްޔިތުންނަށް އިޔާދަ ނުކުރެވޭނެ ގެއްލުމެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކޮށް، ދައުވާގައި ބުނެފައިވަނީ ދިއްގަރު ދާއިރާގެ ރައްޔިތުން ތަމްސީލު ކުރުމަށް އިންތިޚާބު ކޮށްފައިވާ މެންބަރުގެ ޣައިރު ހާޒިރުގައި އެ ދާއިރާއަށް އަސަރުކުރާނެ ކަންކަން ރައްޔިތުންގެ މަޖިލީހުން ނިންމުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއިން ފާރިސްއަށް ލިބިދީފައިވާ ހައްގުތަށް ކަށަވަރުކޮށްނުދީ، އޭނާ ތަމްސީލު ކުރާ ދިއްގަރު ދާއިރާގެ ރައްޔިތުންގެ ބައިވެރިވުން ނެތް ގޮތަކަށް މަޖިލީހުގެ ޖަލްސާއެއް ނުވަތަ އޭނާ ހިމެނިވަޑައިގަންނަވާ އެއްވެސް ކޮމެޓީއެއްގެ ބައްދަލުވުމެއް ބޭއްވުމަކީ ޤާނޫނު އަސާސީގެ 18 ވަނަ މާއްދާއާއި، 26 ވަނަ މާއްދާގެ އިތުރުން، 44 ވަނަ މާއްދާއާއި، 67 ވަނަ މާއްދާއާއި ޚިލާފުކަމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެ މައްސަލައިގައި އެދިފައިވެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ފާރިސް އަދާކުރަންޖެހޭ ގާނޫނީ މަސްއޫލިއްޔަތު އަދާނުކުރެވޭނެ ގޮތަށް، އަދި ދިއްގަރު ދާއިރާގެ ރައްޔިތުންގެ ބައިވެރިވުމެއް ނެތް ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުންނާއި، ޖަލްސާތަކުގައި ނިންމާ ނިންމުންތަކަކީ ބާތިލް ނިންމުންތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެދިފައިވެއެވެ.

ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ފާރިސް އަދާކުރަންޖެހޭ ގާނޫނީ މަސްއޫލިއްޔަތު އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށް ދިނުމަށް ވެސް، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އަމަލުފުޅުތައް ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދެވަނަ މާއްދާގެ (ށ) އާއި، އެ ގަވާއިދުގެ 3 ވަނަ މާއްދާއާ ޚިލާފު ކަމަށް ބުނެ، މަސީހުގެ މަގާމު ހުސްވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެދިފައިވެއެވެ. ހަމަ އެފަދައިން، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދުގެ އަމަލުފުޅުތައް ގާނޫނު އަސާސީގެ 104 ވަނަ މާއްދާއާއި ޚިލާފު ކަމަށް ބުނެ، އޭނާގެ މަގާމު ހުސްވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރިއިރު، ވޭތުވެދިޔަ މުއްދަތުގައި ބޭއްވި މަޖިލީހުގެ ޖަލްސާއަކަށް ވެސް، ކޮމެޓީ ބައްދަލުވުމަކަށްވެސް އޭނާ ހާޒިރުކޮށްދީފައެއް ނުވެއެވެ. މަޖިލިސް ޖަލްސާތަކަށާއި ކޮމެޓީ ބައްދަލުވުންތަކަށް ފާރިސް ހާޒިރުކޮށް ދިނުމަށް އެދި ފާރިސްގެ ވަކީލުން މީގެ ކުރިން އެތައް ސިޓީއެއް މަޖިލީހަށް ފޮނުވި އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގައި، ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބޭ މެންބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހެ އެވެ. އެހެންނަމަވެސް، އެއް އަހަރަށް ވުރެ ކުރު ހުކުމެއް ތަންފީޒް ކުރަމުން ގެންދާ މެންބަރުން މަޖިލީހަށް ހާޒިރުކުރަންޖެހޭ ގޮތަށް މެންބަރުންގެ އިމްތިޔާޒު ގާނޫނުގައި އޮތް މާއްދާ ސުޕްރީމް ކޯޓުން 2013 ވަނީ ބާތިލް ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު