Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޔުނައިޓެޑްގެ ދަނޑުގައި ސިޓީއަށް ތަށި ޔަގީން ނުކުރެވުނު

ޔުނައިޓެޑްއިން ވަނީ ފަހަތުން އަރާ 3-2 ގެ ނަތީޖާއަކުން ސިޓީ ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 8 އެޕްރީލު 2018 | އާދީއްތަ 11:44
މި މެޗުގައި ޔުނައިޓެޑްގެ ލަނޑުތައް ޖަހައިދިން ޕޮގްބާ އަދި ސްމޯލިން

މި މެޗުގައި ޔުނައިޓެޑްގެ ލަނޑުތައް ޖަހައިދިން ޕޮގްބާ އަދި ސްމޯލިން

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީއަށް ޕްރިމިއާ ލީގުގެ ތަށި ޔަގީން ކުރެވުނަ ނުދީ ޔުނައިޓެޑްއިން އެ ޓީމު ހިފަހައްޓައިފިއެވެ.

ޔުނައިޓެޑްގެ ދަނޑު ކަމަށްވާ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގައި ޔުނައިޓެޑްއިން ވަނީ ފަހަތުން އަރާ 3-2 ގެ ނަތީޖާއަކުން ސިޓީ ބަލިކޮށްފައެވެ. މި މެޗު ކާމިޔާބު ކުރިނަމަ ސިޓީއަށް ޕްރިމިއާ ލީގުގެ ތަށި ޔަގީންކުރުމުގެ ފުރުސަތު އޮތް ނަމަވެސް މި މެޗުން ބަލިވުމާއެކު އެ ޓީމަށް ޕްރިމިއާ ލީގުގެ ތަށި ޔަގީންވާނީ އަންނަ ހަފްތާގައި ކުޅޭ މެޗުން މޮޅުވެގެންނެވެ. މި ދެ ޓީމު ސީޒަނުގެ ކުރީކޮޅު ސިޓީގެ ދަނޑުގައި ކުޅުނު މެޗު 2-1 އިން ކާމިޔާބު ކުރީ ސިޓީއެވެ. މިދިޔަ ހަފްތާގައި ލިވަޕޫލް އަތުން ބަލިވި ސިޓީގެ ޓީމުން ހަތަރު ބަދަލެއް ފެނިގެންދިޔައިރު ޔުނައިޓެޑްގެ ޓީމުން ފެނިފައިވަނީ ދެ ބަދަލެކެވެ.

ފުރަތަމަ ހާފު ފެށިގެން ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ޑޭވިޑް ޑެހޭއާ ބަލަހައްޓަމުން ދިޔަ ގޯލު ސިޓީއިން ހުޅުވާލީ މެޗުގެ 25 ވަނަ މިނެޓުގައެވެ. ލެރޯއީ ސާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ސިޓީއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީއެވެ. އޭގެ ފަސް މިނެޓުފަހުން އައިކޭ ގުންޑޮގަން ވަނީ އިތުރު ލަނޑެއް ޖަހާ ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑަށްފަހު ވެސް ސިޓީއަށް ވަނީ ލީޑު ފުޅާކުރުމަށް ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ސިޓީއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ޔުނައިޓެޑްއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 53 ވަނަ މިނެޓުގައި އެންޑަ ހެރޭރާގެ އެހީތެރިކަމާއެކު ޕައުލް ޕޮގްބާ ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އޭގެ ދެ މިނެޓު ފަހުން ސަންޗޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ވެސް ޕޮގްބާއެވެ. ކްރިސް ސްމޯލިން ވަނީ މެޗުގެ 69 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. ސިޓީއިން އެއްވަރު ކުރުމަށް ގިނަ މަސައްކަތްތަކެއްކުރިއިރު އެ ޓީމުން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށް ވެގެންގޮސްފައިވަނީ ޔުނައިޓެޑްގެ ކީޕަރު ޑެހޭއާއެވެ.

މި މެޗުގައި ޖެހި ދެ ލަނޑާއެކު ޕޮގްބާ ވެގެންގޮސްފައިވަނީ ސިޓީކޮޅަށް 2012 ވަނަ އަހަރުގެ ފަހުން އެއް މެޗެއްގައި ދެ ލަނޑު ޖެހި ޔުނައިޓެޑްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. މި މެޗު ވެގެންގޮސްފައިވަނީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމެއްގެ ކޮޅަށް ޖެހިޖެހިގެން ދެ މެޗުގައި ތިން ލަނޑު ވަން ފުރަތަމަ ފަހަރަށެވެ. ހަމައެހެންމެ މި މެޗަކީ 2008 ވަނަ އަހަރުގެ ފަހުން ދެ ލަނޑުގެ ލީޑެއްގައި އޮވެ ސިޓީ މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

ޕްރިމިއާ ލީގުގައި ލިވަޕޫލް އަދި އެވަޓަން ބައްދަލު ކުރި މެޗު 0-0 އިން އެއްވަރުވިއިރު ރަށުން ބޭރުގައި ޓޮޓެންހަމް ވަނީ 2-1 އިން ސްޓޯކް ސިޓީ ބަލިކޮށްފައެވެ.

މި މެޗުން ބަލިވި ނަމަވެސް ކުޅުނު 32 މެޗުން ލިބުނު 84 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތްއިރު ދެވަނައިގައި 71 ޕޮއިންޓާއެކު އޮތީ ޔުނައިޓެޑްއެވެ. ތިންވަނައިގައި ލިވަޕޫލް އޮތްއިރު ހަތަރު ވަނައިގައި އޮތީ ޓޮޓެންހަމްއެވެ.

އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެނަމަ އެ ޓީމަށް ޕްރިމިއާ ލީގުގެ ތަށި ޔަގީންވެގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު