Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަގޭ ރިޕޯޓް

ޕީޕީއެމް އަނެއްކާވެސް ބޮޑު "ހާޑަކަށް"

މެންބަރުންގެ ތެރޭގައި ތުހުމަތު ކުރުމުގެ ކޯޅުމެއް ވަނީ އުފެދިފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2017 | ބުދަ 13:58
ޕީޕީއެމް އިސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޕީޕީއެމް އިސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޑީއާރުޕީ ތެރެއިން އުފެދުނު ޒެޑް ފެކްޝަނާއި ބާރުތައް ހޯދަން ބޮޑާ ހާކަމުން ދިޔަ ޕީއޭ އެކުވެގެން އުފެދިގެންއައި ޕީޕީއެމްތެރެއިން ދަނީ ދޭތެރެ ދޭތެރެއިން ތަފާތު ގުޖަޑުތައް އުފެދެމުންނެވެ. އެތެރެއެތެރެއިން ކޯޅި އިރުއިރުކޮޅާ ކަރުތާ ފެނަށް އަރައިގެން ދެއެވެ. އެކިއިރު އެކިކަންކަން އެގޮތުގައި އެޕާޓީގެ ތެރެއިން ދަނީ ހިނގަމުންނެވެ.

ޕާޓީ އުފެދި ގިނަ ދުވަސްތަކެއް ނުވަނީސް ޕީޕީއެމަށް ވެރިކަމަށް އާދެވިފައިވާއިރު ފުރަތަމަވެސް ޕާޓީތެރެއިން ހަލަބޮލިވެގެން ދިޔައީ ޕާޓީގެ ރިޔާސީ ޓިކެޓުގެ ކަންތަކުގައެވެ. މާކުރިންސުރެ 2018 ގެ ރިޔާސީ އިންތިޚާބުގެ ޓިކެޓާމެދު ތަޅާފޮޅުން ފެށުނެވެ. ބުނެވޭ ގޮތުގައި ޕާޓީގެ މައި އޮފީސް ހުރިގޮތައް ހުއްޓާ މެޑަމްގެ އޮފީހުގެ ނަމުގައި ރައީސް ޔާމީންގެ އަނބިކަނބަލުން އުފެއްދެވި އޮފީހުން ބާއްވަން ފެށި މަހާސިންތާގެ ތެރެއިން ރައީސް މައުމޫނާ ކަނޑިއާ ކަނޑިވިއެވެ. އެމަނިކުފާނުގެ ރައީސް ކަމުގެ ދަށުގައި އޮންނަ ޕީޕީއެމްއިން މުޅި ރާއްޖެއިން މީހުން ގެނެސްގެން ބޭއްވި ބޮޑު މަހާސިންތާތައް ކުރިއަށް ދިޔައީ އެމަނިކުފާނާ ނުލައެވެ. ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީން 2018 ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއިން ވާދަކުރައްވާ ގޮތަށް ކެމްޕެއިން ފެށިގެން ދިޔައީ ޕާޓީގެ އިސްވެރިންނަށް ރޭކާވެސް ނުލައެވެ. އެމީހުންގެ ބަހެއް އަމުދުން އެކަމުގައި ނެތިއެވެ.

Advertisement - newsAdvertisement

އެގުޖަޑުގަޑުގެ ތެރެއިން ފުރިހަމަ ކޮންޓްރޯލް ނެންގެވި އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބުގެ ބާރު ގަދަކޮށްފިކަން އެނގުނީ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު އެމަޤާމުން ބޭރުކޮށް އުމުރު ހަމަ ނުވާ އޭރުގެ ޓޫރިޒަމް މިނިސްޓަރ ކުޑަކުޑަ އަދީބު އެމަޤާމަށް ވަޑައިގެންނެވުމެވެ. މުޅި ޕާޓީ އޮތީ އޭރު އަދީބާ އެއްފަޅިއަށް އަރާ އެފަޅިއަށް އަރިއަޅާފައެވެ. ވެރިކަމަށް ގެންނެވި ރައީސް މައުމޫންގެ "އޮފް" ރައީސް ޔާމީންގެ މަދަދާއެކު ކެނޑިގެން ދިޔައީ އެހާހިސާބުންނެވެ.

އެހެލުންގަނޑު ނިމިގެންދިޔައިރު ކަމަކު ދާކަށް ނެތެވެ. ރައީސް ޔާމީންގެ ދުވަސް ދުއްވާލާފައި ނަމަވެސް ނައިބު ރައީސް އަހުމަދު އަދީބު ހުންނެވީ ރައީސް ކަމަށް ވަޑައިގަތުމަށެވެ. އޭރު ޕާޓީގެ ސަރުކާރު ނަގަހައްޓަމުންދިޔަ ރައްޔިތުންގެ މަޖިލިސް އޮތީ އަދީބުގެ ފަސްބައިގާ އެލިގެންފައެވެ. ލިބެމުން ދިޔަކަމަށް ބުނާ ފައިދާތަކާއެކު އެވެރިން ތިއްބެވީ އަދީބު ވިދާޅުވާ ގޮތަކަށް ވޯޓުލާ ސިސްޓަމުގެ ބަޓަނަށް ފިއްތަވާލައްވާ ގޮތަށެވެ.

ޕީޕީއެމަށް އައި އެ ކާރިސާ ނިމިގެން ދިޔައީ ފިނިފެންމާ ލޯންޗް ގޮވައި ސިޔާސީ އެތައް ހަޤީގަތެއް ހާމަވެގެންނެވެ. އަދީބު ކޮންޓްރޯލް ކުރައްވަމުން ގެންދެވި ކަންކަން އެފުށް މިފުށަށް ޖައްސަވަން ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ވަގުތުކޮޅުގެ ބޭނުން ހިއްޕަވާ އަދީބާއި އަދީބުގެ ބައެއް ބައިވެރިން ކުޑަގޮޅިއަށްލާ އެ ބާރުގަނޑު ވެސް ހަމައަކަށް އެޅުވިއެވެ. އެކަމަކު އަދީބުގެ މޯހިރުގައި ދީބުގެ އަދީބަކަށް ވެގެން އުޅުނު މަޖިލިސް މެންބަރުންކޮޅު އެގޮތުގައި ބައިތިއްބާފައެވެ. ނުމިޔަ ނުދިރި އޮތް ސަރުކާރު އެފަހަރު ވެސް ސަލާމަތް ވެގެން އެދިޔައީ ހަމަ ކިރިޔަކިރިޔާއެވެ. ހަމަގައިމުވެސް އިދިކޮޅު މީހުން ހިންގި ބަޣާވާތަކުން ނޫނެވެ.

އެ ހާދިސާއަށް ފަހު ކޮންމެވެސް ވަރަކަށް ބަނޑުދަމާލައިގެން އޮވެވުނީ ދުވަސްކޮޅަކަށެވެ. ހޮޅިލާފައި ނެގީ ބޮޑު ރާޅެކެވެ. މަޖިލީހުގެ ރައީސް އިތުބާރު ނެތް ކަމަށް ބުނެ ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ނުކުންނަވާ އިދިކޮޅު ފަރާތްތަކާއި ބައިއަތު ހިފާ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް އަނބުރާލީއެވެ. އިސާހިތަކު ބަލިކަށި ސަރުކާރުގެ ފުޅަށްގަނޑު އަރިއަޅާލިއެވެ. ކައްތިރިތަކަށް ނުކަތާވަރުވީއެވެ. އެހެދިހާ އެއްޗެއް ހަދައިގެން މެންބަރުންތަކެއް ހައްޔަރުކޮށް ވަކިބައެއްގެ ބާރުގައި ގޮނޑިތައް ގެއްލުވާލައިގެން އެކަން ރައީސް ޔާމީނަށް އަދި މުޅިން ހަމަޔަކަށް އަޅުވާލެވޭވަރެއް ނުވެއެވެ. މިހާރު އެފެށުނީ އަނެއްކާ އަނެއް ކޮޅިގަނޑެވެ. އެތެރޭގެ ބާރުތަކާއި ލިބެމުންދާ ކަމަށް ބުނާ ކަޓްތަކާއެކު އެހިލުނީ ބޮޑު ހިލުމެކެވެ. އެއް މެންބަރަކު އަނެއް މެންބަރަކަށް އެފެށީ ބޮޑެތި ތުހުމަތުތަކެއް ކުރާށެވެ. ސަރުކާރުގެ ޕްރޮޖެކްޓްތަކުން ކަމެއް ނެތި ލިބޭ ފައިސާގެ މައްސަލައިގައެވެ. ތެޔޮވިއްކުމާއި ފުޓްސަލް ދަނޑު އެޅުމުގައެވެ. އިންޖީނު ގެނެސް ދިނުމާއި ހޮސްޕިޓަލަށް އެއްޗެހި ފޯރުކޮށް ދިނުމުގައެވެ. މިހިރަ މިހިރަ ކަންކަމާއެކު އެއްބަޔަކު އަނެއް ބަޔަކަށް އެގެންދަވަނީ ހަތަރުފާރުން ބޭރުވެގެން ނުވާނެ ބޮޑެތި ސިއްރުތައް ހާމަ ކުރަމުންނެވެ. މެންބަރުންތަކެއް އެތިބީ އަނެއްކާ ވެސް އަދުތޯ މާދަން ވެފައެވެ. އޭގެ ތެރެއަށް ބޮޑުކަމާއި ބާރު ހޯދުން ވަދެ އެންމެ މަތިފަޑި އެވަނީ ކިރިޔަކިރިޔާއެވެ. ޕާޓީއަކުން ރިޔާސީ ޓިކެޓެއް ނުލިބިގެން ޕީޕީއެމްތެރެއަށް ފުންމާލި މީހަކު ކައިރީގައި ބައިންދައިގެން އިންނާކަށް ދުވަސްވީ ނައިބު ލީޑަރުންނެއް ހިތަކާއެއް ނުވިއެވެ. އަޅާފާނެ ބޮނޑިއަކާ ހުރެ ތުންފިއްތައިގެން ތިއްބަސް މިހިރަމިހިރަ ބާރުގަނޑުތަކާއެކު ބާރުބޮޑުވެގެންދަނީ ވައިބަރ ގުރޫޕްތަކަށެވެ. ބުޅާގޯނިން ބޭރުވެ ރައްޔިތުންނާ ހަމައަށް އެއަންނަނީ ލައްކަވަރުވެ ހާދަހާގިނަ ފެޅުމެއް ފެޅުނީމައެވެ. އެކަމަކު އިދިކޮޅު ފަރާތްތަކާ ހެދިއެއް ނޫނެވެ. ހަމަ އެމީހުން އެމީހުންނަށެވެ.

ކޮންމެއަކަސް ޕީޕީއެމް އެވަނީ ބޮޑު ފެޅުމަކަށް ދިއުމުގެ މަގުމަތީގައެވެ. މެންބަރުންތަކެއްގެ ބޮޑާ ހޭކުން އުޅޭކަން، ލީކުވާ ޗެޓް ލޮގް ތަކުންނާއި ފެންނަ މަންޒަރުތަކުން އެބަ ހާމަ ވެއެވެ. އެކަމުގައި ބޮޑު ހަޤީގަތެއް އުޅޭކަން ފަޅާއެރީ ރައީސް ޔާމީން ކުޅުދުއްފުށީގައި އެވާހަކަ އެހެން ވިދާޅުވީމައެވެ. އަނެއްކާވެސް މަޖިލިސް މެންބަރުންތަކެއް ޕާޓީން ނުކުމެދާނެ ކަމުގެ އިޝާރާތުންނެވެ. ކުރިންވެސް މެންބަރުން ތަކެކެވެ. މިފަހަރުވެސް މެންބަރުން ތަކެކެވެ. ދެންވާނީ ކިހިނެއް ބާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު