Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުމްރާ ދަތުރުގެ އަގު

ހައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރުތަކުގެ އަގު ހެޔޮކޮށްފި

އުމްރާ ދަތުރުގެ އަގަކީ 37965ރ.

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 14 ނޮވެމްބަރު 2017 | އަންގާރަ 10:55
1438 ވަނަ އަހަރު ހައްޖަށް ދިޔަ ގްރޫޕަކުން ފްލައިޓަށް އަރަނީ

1438 ވަނަ އަހަރު ހައްޖަށް ދިޔަ ގްރޫޕަކުން ފްލައިޓަށް އަރަނީ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ހެޔޮ އަގެއްގައި ފޯރިކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 2018 ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާ ދަތުރުގެ އަގަށް ބަދަލު ގެނެސްފި އެވެ.

ރަމަޟާން މަހުގެ އުމްރާ ދަތުރަށް އެ ކޯޕަރޭޝަނުން މިހާރު ކަނޑައަޅާފައިވާ އަގަކީ 37،965ރ. އެވެ. މިއީ 1438 ވަނަ އަހަރު ނުވަތަ 2017 ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާގެ އަގަށް ވުރެ 2,000ރ. ހެޔޮ އަގެކެވެ.

ހައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރުތަކުގައި 15 ދުވަސް ހޭދަވާ އިރު ގްރޫޕުތަކުން ބައިވެރިވުމުން ވެސް ޑިސްކައުންޓްތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ހަތަރު މީހުންގެ ގުރޫޕެއް ނުވަތަ އާއިލާއެއް ރަޖިސްޓްރީ ކުރާ ނަމަ 1,000ރ. ގެ ޑިސްކައުންޓް ލިބޭ އިރު 10 މީހުންގެ ގްރޫޕެއް ބައިވެރިވާ ނަމަ 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. އަދި 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ. މި ޕެކޭޖުތައް ނަގާ ފަރާތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނުން ދޫކުރާ އުމްރާ ކިޓު ބޭނުން ނުވާ ފަރާތްތަކަށް އިތުރު 1,000ރ. ގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.

އުމްރާއަށް އެކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ދާން ބޭނުންވާ ފަރާތްތަކަށް އަންނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުގެ ނިއަލަށް ރަޖިސްޓްރީވެ ފައިސާ ދެއްކުމުގެ ކަންކަން ވަނީ ހަމަޖެހިފަ އެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި
15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
13 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

13 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު