Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހާ ޖައްރާފު

ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހްކޮށް ދެއްވައިފި

މަހާ ޖައްރާފު ރަސްމީކޮށް އިފްތިތާހްކޮށްފައި ވަނީ ހދ. ކުޅުދުއްފުށީގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ނޮވެމްބަރު 2017 | އާދީއްތަ 14:27
ކުޅުދުއްފުށިން ރައީސް ޔާމީނަށް މަރުހަބާ ކިޔުމަށް ނުކުމެ ތިބި ރައްޔިތުންނާ ސަލާމްކުރައްވަނީ

ކުޅުދުއްފުށިން ރައީސް ޔާމީނަށް މަރުހަބާ ކިޔުމަށް ނުކުމެ ތިބި ރައްޔިތުންނާ ސަލާމްކުރައްވަނީ

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށްޓަކައި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް، ރައީސް އަބްދުﷲ ޔާމީން މިއަދު އިފްތިތާހްކޮށްދެއްވައިފި އެވެ.

މި ރަސްމިއްޔާތުގައި އެ މަނިކުފާނު ވާހަކަފުޅެއް ނުދައްކަވަ އެވެ.

Advertisement - newsAdvertisement

ކުޅުދުއްފުށީ ބިން ހިއްކަނީ އެމްޓީސީސީއަށް ގެނައި ކޮންނަ ބޯޓް، މަހާ ޖައްރާފުންނެވެ.

ކުޅުދުއްފުށީ ބިން ހިއްކުން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހީމް ޒިޔަތު ވިދާޅުވީ މަހާ ޖައްރާފުގެ ސަބަބުން ދިވެހިރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނެވިގެންދާނެ ކަމަށެވެ. ބިން ހިއްކުމާއި ފަޅު ހިއްކުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރުއޫގެ އެއް އަސާސް ކަމަށް އޭނާ ވިދާޅުވި އެވެ.

މަހާޖައްރާފުގެ ސަބަބުން އެމްޓީސީސީގެ ދުވެލި އިތުރަށް ހަލުއިވެގެންދާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ހޮވިވަޑައިގަތުމަށްފަހު ކުޅުދުއްފުށި ތަރައްޤީ ކުރުމަށް ނިންމެވި ކަމަށެވެ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ނިމި އެހެން އެއާޕޯޓްތަކުން ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ނިމުމުން ށ. ފުނަދޫގެ އެއަރޕޯޓްގެ މަސައްކަތް، މަހާ ޖައްރާފު ބޭނުންކޮށްގެން ނިންމާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. މީގެ އިތުރުން އެހެން އެއާފޯޓްތައްވެސް ރޮކެޓް ސްޕީޑްގައި ނިމިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ކުޅުދުއްދުށީ ރައްޔިތުން ދެކެމުން އައި ހުވަފެނުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުން އެކަމާ އުފާކުރައްވާ ކަމަށާއި އެއާޕޯޓް އެޅުމުން އެންމެހާ ރައްޔިތުންނަށް ވަރަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު