Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ސިޔާސީ ވާދައަކީ ދާޚިލީ ހަނގުރާމައަކަށް ވެގެން ނުވާނެ: ރައީސް ޔާމީން

12 ނޮވެމްބަރު 2017 | އާދީއްތަ 01:58

ގައުމު ބިނާ ކުރުމުގެ މަސައްކަތުން ހަމަ އެކަކުވެސް ބާކީވެގެން ނުވާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 12 ނޮވެމްބަރު 2017 | އާދީއްތަ 01:58
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ސިޔާސީ ވާދައިގެ ނަތީޖާއަކީ ދާޚިލީ ހަނގުރާމައަކަށް ވެގެން ނުވާނެ ކަމަށާއި ތަފާތު ވިސްނުން ތަކުގައިވެސް ގައުމީ އިންތައް ކަނޑައެޅެންވާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ ސިޔާސީ ގޮތުން އެމަނިކުފާނާ ދެކޮޅު އަދި އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިންވެސް އެމަނިކުފާނާ ޚިޔާލް ތަފާތު ސިޔާސީ ގިނަ ބޭފުޅުންގެ މައްޗަށް ދައުވާ ކުރެވި ބައެއް ބޭފުޅުން ޖަލަށްލާފައިވާ ދަނޑިވަޅެއްގައި މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ގައުމަށް ތެދުވެރި ވަފާތެރި ދަރިން ތަކެއް ގޮވައިގެން ގައުމު ބިނާ ކުރުމުގެ މަސައްކަތް ކުރާއިރު ކުރިމަތިވާ ގޮންޖެހުންތައް މަދު ނޫން ކަމަށާއި ގައުމު ބިނާ ކުރުމުގެ މަސައްކަތުން އެކަކުވެސް ބާކީވެގެންނުވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ތަފާތު ވިސްނުމުގެ ތެރެއިން ގައުމީ ފެންވަރުގެ ހަމަނުޖެހުމެއް ނުގެނައުމަށް އަޒުމު ކަނޑައަޅައި، އެކަމަށް ހުރިހާ އެންމެންވެސް ފާޅުގައި މަސައްކަތް ކުރަން ވާނެ ކަމަށެވެ.

"ގައުމު ބިނާ ކުރުމުގެ މަސައްކަތުން ހަމަ އެކަކުވެސް ބާކީވެގެން ނުވާނެ. އަޅުގަނޑުމެންގެ ތެރޭގައި ހުރި ސިޔާސީ ޚިޔާލު ތަފާތު ވުމަކީ ގައުމު ހަނަގުރާމައަކަށް ވިޔަ ނުދީ ގައުމުގެ ތަރައްގީގެ މަސައްކަތުގައި އެންމެން ބައިވެރިވާންވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ގައުމެއްގެ ސަގާފަތާއި ބީރައްޓެރި ފިކުރުތައް އެ ގައުމެއްގައި ފަތުރައިގެން ބޭރުގެ ބަޔެއްގެ ފިކުރާވާ މީހުންނަށް ވެރިކަމަށް އައުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުފަހިކޮށްދީފައި އެބަހުރި ކަމަށެވެ. އަދި އެތައް ގަރުނެއްގެ ތާރީހެއް ލިބިފައިވާ ގައުމުތައް ސުންނާފަތިކޮށް ނެތިކޮށްފައި އެބަހުރި ކަމަށާއި ފިކުރީ ހަނގުރާމަތަކުގެ ވިސްނުންތައް ފެތުރުމަށް ގައުމުގައި ކުރެވޭ މަސައްކަތަށް ސަމާލުވެ ތިބުމަށް ދިވެހި ރައްޔިތުންގެ ކިބައިން ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމުތަކުގެ އިމާރާތްތަކާ ދެކޮޅަށް ދެވޭ ހަމަލާތައް ހަމަ ލޮލަށް ފެނުނަސް، ދައުލަތުގެ މުއައްސަސާތަކާ ދެކޮޅަށް ދޭ ހަމަލާތައް އަބަދު ނުފެންނާނެ ކަމަށެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކަށް ކޮންމެ ދުވަހަކުހެން ހަމަލާތައް އަންނަމުންދާ ކަމަށާއި އެހެންވެ ދިވެހި ދުސްތޫރީ އޮނިގަނޑު ވަރުގަދަ ކުރުމަކީ މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދުސްތޫރީ އޮނިގަނޑުގައި ހުރި ފުރިހަމަ ނުވާ ކަންތައްތަކާއި މުއައްސަސާތަކުގައި ހުރި ބަލިކަށިކަން އަދި އިޖުތިމާއީ ފޭރާމުގައި ހުރި ބާތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ގައުމިއްޔަތު އިތުރަށް ބަލިކަށި ކުރަން ޖާގަ ނުދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް