Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ރަޝިއާ

އޭޕެކް ސަމިޓްގެ ހަވާސާގައި ޕޫޓިން އާއި ޓްރަމްޕް ބައްދަލު ކުރައްވާނެ ކަމަށް ދެކެވޭ ވާހަކަ އެމެރިކާއިން ދޮގުކޮށްފި

ރަޝިއާގެ ނިއުސް އެޖެންސީތަކަށް ކްރެމްލިންގެ ތަރުޖަމާނު ޔޫރީ އުޝަކޯވް ވިދާޅުވެފައި ވަނީ  ދެ ރައީސުން ބައްދަލު ކުރައްވާނެ ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 10 ނޮވެމްބަރު 2017 | ހުކުރު 17:17
ރައީސް ޓްރަމްޕް، އެމަނިކުފާނު ގެންދަވަނީ އޭޝިއާ އަށް ހާއްސަ ދަތުރުފުޅެއް ކުރައްވަމުން

ރައީސް ޓްރަމްޕް، އެމަނިކުފާނު ގެންދަވަނީ އޭޝިއާ އަށް ހާއްސަ ދަތުރުފުޅެއް ކުރައްވަމުން

ވިއެޓްނާމުގައި މިހާރު ކުރިއަށްދާ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓްގެ ހާވާސާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިއާގެ ރައީސް ވްލަޑީމިއާ ޕޫޓިން ބައްދަލު ކުރައްވާނެ ކަމަށް ދެކެވޭ ވާހަކަތައް އެމެރިކާ އިން ދޮގުކޮށްފިއެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ހަކަބީ ސޭންޑާސް ހުކުރު ދުވަހު ވިދާޅުވީ ރަޝިއާގެ ރަައީސް އާއި އެމެރިކާގެ ރައީސްގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި ނުވާ ކަމަށާއި އެފަދަ ބައްދަލުވުމެއް ނުބާއްވަނީ ބައްދަލުވުމެއް ޝެޑިއުލް ކުރަން ދެފަރާތައްވެސް ދަތިތަކެއް ހުރުމުން ކަމަށެވެ. އެހެންނަމަވެސް ރަސްމީ ބައްދަލުވުމެއް ދެގައުމުގެ ރައީސުން ނުބޭއްވިއަސް ދެގައުމުގެ ރައީސުން ބައްދަލުވެއްޖެނަމަ ކުޑަ ވަގުތުކޮޅަކަށް ވާހަކަ ދެއްކުން އެކަށީގެންވާ ކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވިއެވެ.

ވައިޓްހައުސް އިން މިހެންބުނެފައިވާއިރު ރަޝިއާގެ ނިއުސް އެޖެންސީތަކަށް ކްރެމްލިންގެ ތަރުޖަމާނު ޔޫރީ އުޝަކޯވް ވިދާޅުވެފައި ވަނީ ދެ ރައީސުން ބައްދަލު ކުރައްވާނެ ކަމަށާއި ގަޑިވެސް ކަނޑައެޅިފައިވާ ކަމަށެވެ. އެހެންނަމަވެސް އޭނާ ބައްދަލުވުމުގެ ގަޑިއެއް ހާމަ ނުކުރައްވައެވެ.

ރައީސް ޓްރަމްޕް ގެންދަވަނީ އޭޝިއާގެ ގައުމުތަކަށް ހާއްސަ ދަތުރުފުޅެއް ކުރައްވަމުންނެވެ. އެމެރިކާ އާއި ރަޝިއާގެ މިހާރުގެ ދެ ރައީސުން އެންމެ ފުރަތަމަ ބައްދަލު ކުރައްވާފައި ވަނީ މިދިޔަ ޖުލައި ގައި ބޭއްވުނު ޖީ-20 ސަމިޓުގައެވެ. އެހެންނަމަވެސް އެމެރިކާގެ ކޮންގްރެސްއިން އޭގެފަހުން އައު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުންނާއި ރަޝިއާއިން އެގައުމުގެ ތިބޭ އެމެރިކާ ޑިޕްލޮމޭޓުންގެ އަދަދު ދަށްކުރުމަށް ނިންމުމުގެ ސަބަބުން ދެގައުމުގެ ގުޅުން ވަނީ ހީނަރުވެފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
29 ޖެނުއަރީ 2017

ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު