Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަސްތާ! ޖަލްސާ

ނަޝީދާ އެކު ސައްލާކުރަން މައުމޫން ލަދުގަންނަން ޖެހޭނެ: ނިހާން

10 ނޮވެމްބަރު 2017 | ހުކުރު 09:36

ރާއްޖެއަށް ޣައްދާރުވީ މީހުންނާ އެކު ގާތް ގުޅުމެއް މައުމޫނު ބާއްވަވާ ކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 10 ނޮވެމްބަރު 2017 | ހުކުރު 09:36
 ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިހާރު ސައްލާކޮށް މަޝްވަރާކުރައްވަނީ އެމަނިކުފާނުގެ ވެރިކަން ވައްޓާލަން ބަޣާވާތްކުރި ގައުމަށް ގައްދާރުވީ މީހުންނާ ގުޅުން އޮންނަ ބަޔަކާ އެކު ކަމަށާއި އެކަމަކީ އެމަނިކުފާނު ލަދުގަންނަންޖެހޭނެ ކަމެއް ކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުގައި "އަސްތާ"ގެ ނަމުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާނު ވަނީ އިދިކޮޅު ލީޑަރުން ނަސްރު ދުވަހުގެ ޒިކުރާ އާކުރައްވާފައިނުވާތީ އެކަމާ ފާޑުވިދާޅުވެފަ އެވެ. ނިހާނު ވިދާޅުވީ، އެ ދުވަހުގެ ބަޣާވާތުގައި ބައިވެރިވި ބައެއް މީހުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސް މަގާމުތައް ދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު، ނަސްރުގެ ދުވަސް ފާހަގަނުކުރައްވާކަން ފާހަގަކުރައްވައި ނިހާން ވަނީ އެ ދުވަސް އެމަނިކުފާނުގެ ވެރިކަމުގައި ފާހަގަކުރެއްވީ ވަރަށް "ފެންކޮށް" ކަމަށް ވިދާޅުވެފަ އެވެ. އަދި، އެ ދުވަހަކީ ނުވާ ކަމެއްގެ ގޮތުގައި ދައްކަން އެމްޑީޕީގެ ސަރުކާރުން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

ނިހާނު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ނިހާނު ވިދާޅުވީ، މި އަހަރުގެ ނަސްރުގެ ދުވަހު ރައީސް މައުމޫން ވެސް ކުރެއްވީ އެންމެ ޓްވީޓެއް ކަމަށެވެ. އެވަރުން އެމަނިކުފާނު ވެސް ފުއްދަވާލެއްވީ ކަމަށެވެ.

"މިއަދު ހިތާމައިގެ ފިޔަވަޅު މަތީގައި އަޅުގަނޑުމެން ތިބެން މިޖެހެނީ ރައީސް މައުމޫން ހަމަ ގަބޫލުފުޅު ކުރެއްވީތޯއޭ، ތިމަން މަނިކުފާނު ގަބޫލުކުރެއްވީތޯއޭ، ތިމަން މަނިކުފާނަކީ ހަމަ ދޮންނަ މެޝިންގެ ފޮށިގަނޑެއްގައި އޮންނެވި ބޭފުޅެއްތޯއޭ، އެހެންވެގެންތޯއޭ އިންނަވަނީ ގޮސް، ކެނެރީގޭ ނަޝީދާއި އޭނާއާ ގުޅުންހުރި މިޖަހަލާތުގެ އަމަލު ހިންގި މީހުންނާއެކު އެއް ސައްލާއެއް ކުރަން އިންނަވަން ރައީސް މައުމޫން ލަދުފުޅު ގަންނަވަންޖެހޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން، އަޅުގަނޑުމެން މިފަހުރުވެރި ވަތަނަށްޓަކައި މި ވާހަކަ ކޮންމެ ތާކު ތަކުރާރުކޮށް އެބަ ދައްކަންޖެހޭ،" ނިހާނު ވިދާޅުވި އެވެ. ނިހާނު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެއަށް ޣައްދާރުވީ މީހުންނާ އެކު ގާތް ގުޅުމެއް ބޭއްވިއިރު ވެރިކަމުގައި ރާއްޖެއަށް ވަނީ އެތައް ގެއްލުންތަކެއް ވެސް ދީފައި ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ޖީއެމްއާރްއަށް ރާއްޖޭގެ މައި އެއާޕޯޓް ދިނުން ކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން އެތައް ގެއްލުމެއް ރާއްޖެ އުފުލަންޖެހުނު ކަމަށާއި، އެކަންކަމުން ރާއްޖެ ސަލާމަތް ކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އަންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަން ނެތިއްޔާ ރައްޔިތުން ދެރަވާނެ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ. ނިހާން ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖެއަށް ގެނައި އިސްލާމީ ރިވެތި އުސޫލުތައް ރައީސް ނަޝީދުގެ ވެރިކަމުގައި ނައްތާލާފައިވާ ކަމަށެވެ. ދީނާ ދުރު އެތައް ކަމެއް ކުރެއްވި ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް