ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 23:04
ަަަަަސްކޫލު ކުދިންތަކެއް މަގުމަތީގައި ހިނގާފައި ދަނީ
ަަަަަސްކޫލު ކުދިންތަކެއް މަގުމަތީގައި ހިނގާފައި ދަނީ
މުހައްމަދު ޝަރުހާން
ރައީސްގެ ސްކޮލާޝިޕް
ހައި އެޗީވަރސް ސްކޮލަރޝިޕާ ބެހޭ އުސޫލަށް އަނެއްކާ ވެސް އިސްލާހުތަކެއް
މި އުސޫލު އާންމުކޮށްފައިވަނީ މެއި 22 ގައި
އިސްލާހު ގެނެސްފައިވަނީ ހަތް ވަނަ މާއްދާއަށް

ހައި އެޗީވަރސް ސްކޮލަރޝިޕާ ބެހޭ އުސޫލަށް އަނެއްކާ ވެސް ބަދަލުތަކެއް ގެނެސްފި އެވެ.

ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން (ޑީއެޗްއީ) އިން އާންމުކޮށްފައިވާ ގޮތުން މިއަހަރުގެ މެއި 22 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ " ހައި އެޗީވަރސް ސްކޮލަރޝިޕާ ބެހޭ އުސޫލު" ގެ ހަތް ވަނަ މާއްދާއަށް އިސްލާހުތަކެއް ވަނީ ގެނެސްފަ އެވެ.

 އެގޮތުން ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދެވޭނީ ޑީއެޗްއީން ކަނޑައަޅައި އިއުލާނުކުރާ ލިސްޓުގައި ހިމެނޭ ގައުމުތަކުން ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. މި ލިސްޓުގައި ނުހިމެނޭ ގައުމެއްގައި ކިޔަވަން ބޭނުންވާ ނަމަ، އެކަމަށް ފުރުސަތު ދެވޭނީ ސްކޮލަރޝިޕް ލިބުނު ފަރާތުން އިހްތިޔާރު ކުރި ކޯސް، ޑީއެޗްއީން ކަނޑައެޅި ލިސްޓުގައި ހިމެނޭ ގައުމެއްގައި ހެދުމަށް ހިނގާ ހަރަދާ އެއްވަރު ނުވަތަ އެއަށްވުރެ އަގު ހެޔޮކޮށް  ކަމަށް ވެސް ހަޔަރ އެޑިއުކޭޝަނުން ބުނެ އެވެ.

މީގެ އިތުރަށް އެއްވެސް ޚަރަދެއް އިތުރުވާ ނަމަ އެ ހަރަދެއް ޑީއެޗްއީން ދޭ ސަޕްލިމެންޓަރީ ލޯނުގެ ތެރެއިން ދެއްކުމަށް، އެ ޚަރަދަށް ޒިންމާވާނެ ކަމުގެ ބޭންކް ގެރެންޓީއެއް ހުށަހެޅުމަށް ވެސް ހުއްދަ ދެވިދާނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެ އެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕް ދެނީ މަތީ ސާނަވީ މަރުހަލާގައި ކިޔަވާ ކުދިންގެ ތެރެއިން ކިޔެވުމަށް ބާރުއެޅުމާއި ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރު ދިނުމަށް ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެ އެވެ. މި އުސޫލުގެ ދަށުން ޑިގްރީ ފެންވަރަށް ކިޔެވުމަށް ސްކޮލަރޝިޕްގެ ފުރުސަތު ލިބިގެންދާނެ އެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕްއަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕެކެވެ.

މި އުސޫލަށް އަނެއްކާ ވެސް އިސްލާހެއް ގެނެސްފައިވާ އިރު ސްކޮލަރޝިޕް ދިނުމުގައި "އޭ" ސްޓަރއަށް ޕޮއިންޓް ދިނުމަށް ނިންމި ނިންމުމާ އެކު އެކަމާ ވެސް ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރި އެވެ. ކުރިން ސްކޮލަރޝިޕް ލިބެނީ ހުރިހާ މާއްދާއަކުން އޭ ގްރޭޑް ހޯދާ ދަރިވަރުންނަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް