Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ރޯހައުސްތައް: ހައްގުވެރިންނަން ނުލިބި، ވީރާނާ ވެގެންދަނީ

ރޯހައުސްތަކުގެ މަސައްކަތް ފަށާފައި ވަނީ އެމްޑީޕީ ސަރުކާރުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2017 | ހޯމަ 10:07
ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ބައެއް ރޯހައުސްތަކުގެ މަަސައްކަތް ހުއްޓިފައި

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ބައެއް ރޯހައުސްތަކުގެ މަަސައްކަތް ހުއްޓިފައި

ކުޅުދުއްފުށީގައި ސަރުކާރުގެ ފަރާތުން ގާއިމްކޮށްފައިވާ 140 ރޯހައުސްގެ ހައްގުވެރިންނަން ހަވާލު ނުކުރެވި އެ ރޯހައުސްތައް ވީރާނާވަމުން ދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ލަތީފް ވިދާޅުވީ އެމްޑީޕީ ސަރުކާރުން 2010 ވަނަ އަހަރު އެރަށުގައި ގާއިމްކުރަން ފެށި 160 ރޯހައުސްގެ ތެރެއިން 85 ރޯހައުސްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ހައުސިންގް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މި ރޯހައުސްތަކުގެ ޙައްގުވެރިނަން ރޯހައުސް ދޫނުކޮށް ގިނަ ދުވަސްތަކެއް ވުމުން ރޯ ހައުސްތައް ދަނީ ވީރާނާ ވަމުން ކަމަށް އޭނާ ބުންޏެއެވެ.

Advertisement - newsAdvertisement
ކުޅުދުއްފުށީ އުތުރު ކަނބޯރަނި ހިޔާގައި 20 ރޯހައުސްއެއްގެ މަސައްކަތް ނިމިފައިވާއިރު، 5 ރޯހައުސްއެއްގެ ކޮންކްރިޓް މަސައްކަތާ ހިސާބުން ވަނީ މަސައްކަތް ހުއްޓިފައެވެ. މީގެ ފަސް އަހަރު ދުވަސް ކުރިން ވަނީ ކަނބޯރަނި ހިޔާގާއި މަސައްކަތް ނިމިފައިވާ 20 ރޯ ހައުސް ލިބޭ މީހުން ކުޅުދުއްފުށީ ކައުންސިލުން ކަނޑައަޅައި އިއުލާންކޮށް އަދި އެ މައުލޫމާތު ހައުސިންގް މިނިސްޓްރީއާ ހިއްސާ ކޮށްފައެވެ.

ކުޅުދުފުށީގައި މަސައްކަތް ނިމިފައިވާ ބައެއް ރޯހައުސްތަށް

ކުޅުދުއްފުށީ އުތުރު އަވަށު ބަންޑާރަ ހިޔާގައި ގާއިމް ކުރާ 100 ރޯހައުސްގެ މަސައްކަތް ހުއްޓިފައިވާއިރު، އުތުރު އަވަށުގައި ގާއިމްކޮށްފައިވާ މާފަލު ހިޔާ ރޯ ހައުސްތަކުގެ ތެރެއިން 40 ރޯހައުސްގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި އެ 40 ރޯހައުސް ލިބޭ ފަރާތްތައް މީގެ ހަތަރު މަސްދުވަސް ކުރިން ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

އެހެން ނަމަވެސް ރޯހައުސަތަކުގެ ހައްގުވެރިނަން ރޯހައުސްތައް ދޫނުކުރެވި ލަސްވަނީ ހައުސިންގް މިނިސްޓްރީގެ ހުއްދަ ނުލިބިގެން ކަމަށް ކައުންސިލުން ބުންޏެއެވެ. މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

"މިއީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. މިކަމަށް އަވަސް ހައްލެއް ބޭނުންވޭ. މިކަމާ ގުޅިގެން ހައުސިންގް މިނިސްޓްރީއަށް ތަކުރާރުކޮށް ސިޓީ ފޮނުވައިފިން. އެދެވޭ ޖަވާބެއް ނުލިބޭ،" ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވިއެވެ.

މަސައްކަތް ނިމިފައިވާ ބައެއް ރޯހައުސްތަށް މިހާރު ދަނީ ވީރާނާ ވަމުންނެވެ. އެގޮތުން ބައެއް ފާރުތަކުގައި މިހާރު ހުރީ ރެނދު ވެސް ލާފައެވެ. މިކަމާ ގުޅިގެން ކުޅުދުއްފުށީގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"އެކި ފަހަރު މަތިން ރޯ ހައުސްތަކަށް ލިބިފައިވާ އެކި ވަރުގެ ގެއްލުމުގެ މައުލޫމާތު ވެސް ވަނީ މިނިސްޓްރީއަށް ފޮނުވާފައި، މާ ބޮޑު ސަމާލުކަމެއް ނުދޭ،" ކައުންސިލް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް

މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް

28 މެއި 2017
ހޯލެއް ނުލިބިގެން އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުން މަގުމަތީގައި!

ހޯލެއް ނުލިބިގެން އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުން މަގުމަތީގައި!

25 މެއި 2017
އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި

އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި

13 މެއި 2017
ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ

ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ

28 އެޕްރީލު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު