Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮރަޕްޝަން

އަދީބު އަތުން ފަސް މިލިއަން ޑޮލަރު ބޭނުންވާ ވާހަކަ ރައީސް ޔާމީން މެމްބަރުން ގާތު ދެއްކެވި:މަހްލޫފް

އެ ފައިސާ އެކައުންޓަށް ޖަމާވި ގޮތާއި ހުރިހާ ތަފްސީލުތަކެއް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ނޮވެމްބަރު 2017 | ހޮނިހިރު 01:47
މަހްލޫފް ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ

މަހްލޫފް ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ

ރައީސްްް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އެމަނިކުފާނު ބައެއް މަޖިލީސް މެމްބަރުން އަރިހުގައި ވިދާޅުވެފައިވާ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ހުކުރު ދުވަހުގެރޭ ގެނެސްދިން "އަސްތާ! ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއަށް ފަހު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގައި ފަސް މިލިއަން ޑޮލަރުގެ ވާހަކަ ދައްކަވާފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވި ކަމަށެވެ. އަދި ޖަމާކޮށްފައި ވަނީ އެއްމިލިއަން ޑޮލަރު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި ކަމަށް ބައެއް މެމްބަރުންނާ ހަވާލާ ދެެއްވައި މަހްލޫފު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެހެންކަމުން އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ސާޅިސް މަޖިލިސް މެމްބަރުން ހެކިންގެ ގޮތުގައި ތިއްބަވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

"އެންމެ ފުރަތަމަވެސް އަޅުގަނޑުމެން އެ އެކިއުޒޭޝަންތައް އަޅުގަނޑުމެން އިދިކޮޅު ފަރާތްތަކުން ކުރީމައި، ވިދާޅުވީ ނުލިބެޔޭ ނެތޭ ދޮގެކޭ. އެހެންވީމަ މައްސަލަ ޖެހުނީ ނޫންތޯ. މިސާލަކަށް ލިބިފައި ހުރި ނަމަވެސް ލިބުނު އެއްޗެއް ލިބުނީ މިވެނި ކަމަކަށޭ އޭރު ވިދާޅުވެ އެކަން އަޅުގަނޑުމެންނަށް ޖަސްޓިފައި ކޮށްދިންނަމަ އެއްވެސް މައްސަލައެއް ނެތް. އެކަމަކު ނެތޭ ދޮގެކޭ ކިޔައިގެން ނޫންތޯ އެވާހަކަ ދެއްކެވީ،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ވާހަކަ ޓުވީޓް ކުރެއްވުމުން އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އޭރު މަހްލޫފު ވިދާޅުވީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި އޮންނަ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އެސްބީއައި އެކައުންޓުގައި ފައިސާ ހުރިނަމަ އެ ހުރިހާ ފައިސާއެއް މަހްލޫފަށް ދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތަށް އެ ވާހަކަފުޅު ދެއްކެވިއިރު ވެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ އެ މަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމަށް ވިދާޅެއް ނުވެ އެވެ.

އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމުގެ ވާހަކަތައް ފެތުރުމުން، ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވަނީ އެކަން ދޮގުކޮށްފަ އެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވެފައިވާ އެސްއޯއެފް ކުންފުނިން ކަމަށާއި ރައީސް ޔާމީން އާއި އެމްއެމްޕީއާރްސީއާ އޮތް ގުޅުން ދިވެހި ރައްޔިތުންނަށް އޮޅިފައިނުވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ އެ ފައިސާ އެކައުންޓަށް ޖަމާވި ގޮތާއި ހުރިހާ ތަފްސީލުތަކެއް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެ ކަމަށެވެ. މި އެއް މިލިއަން ޑޮލަރުގެ ވާހަކަ ގެނެސްގެން ރާއްޖެ ޓީވީއާމެދު ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު އަޅާފައިވާއިރު، ރާއްޖެޓީވީއަށް ލިބުނު ގެއްލުމުގެ ބަދަލު ދައުލަތުން ހޯދައިދިނުމަށް ވެސް މަހްލޫފް ވަނީ ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު