Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

އެމްޑީޕީގެ ޓީމް ހއ ކެލާގައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ދޮރުން ދޮރަށް

2 ނޮވެމްބަރު 2017 | ބުރާސްފަތި 07:11

ކެލާއިން އެމްޑީޕީގެ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 2 ނޮވެމްބަރު 2017 | ބުރާސްފަތި 07:11
އެމްޑީޕީގެ ލީޑަރޝިޕް ޓީމް، ހއ. ކެލާގައި

އެމްޑީޕީގެ ލީޑަރޝިޕް ޓީމް، ހއ. ކެލާގައި

އެމްޑީޕީގެ ލީޑަރުޝިޕްގެ ޓީމް ހއ. ކެލާގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ދޮރުން ދޮރަށް ހިނގައިފި އެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ޓީމް ހއ. ކެލައަށް ގޮސްފައިވަނީ ބުރާސްފަތި ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. އެރަށަށް ދަތުރު ކުރި ލީޑަރޝިޕްގެ ޓީމަށް އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ހއ. ގެ ބައެއް ރަށްރަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން ހއ. ކެލައަށް ދިޔަ އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ ރަށުގެ ބައެއް ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތު އެއްކޮށްފައެވެ. އަދި އެކަންކަން ހައްލުކުރުމަށް ޕާޓީގެ ފެންވަރުގައި ކުރެވޭނެކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

ހއ. ކެލާއަށް ޒިޔާރަތް ކުރި އެމްޑީޕީގެ ޓީމް ލީޑް ކުރައްވަނީ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު ރޮޒައިނާ އާދަމް އެވެ. އޭގެއިތުރުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންވެސް މި ދަތުރުގައި ބައިވެރިވެލައްވައެވެ.

ހއ. ކެލާއަށް ފަހު، ޓީމް ދިއުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫއަށެވެ. އެ ރަށުގައި މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިއްދޫ ޖަލްސާގައި ބައިވެރިވުމަށް ޕާޓީތަކުގެ ލީޑަރޝިޕްގެ އިތުރު ބޭފުޅުންވެސް ބުރާސްފަތި ދުވަހު ދިއްދޫއަށް ވަޑައިގަތުމަށް ވަނީ ހަަމަޖެހިފަ އެވެ.

އޭގެތެރޭގައި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއި، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންނާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ.ހުސެއިން ރަޝީދު ހަސަންނާއި، އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަން ކޮމެޓީގެ މުޤައްރިރު ސިދާތާ ސަރީފާއި، އެމްޔޫއޯގެ ކެބިނެޓް މިނިސްޓަރ އާދަމް އާޒިމް ހިމެނިވަޑައިގަންނަވާ އެވެ.

ހއ. ދިއްދޫގައި ބޮޑު ޖަލްސާއެއް ބާއްވާއިރު، އެ ރަށު ކައުންސިލްގެ ރައީސް އަލީ ހާޝިމް ވަނީ ދާދިފަހުން ސަސްޕެންޑްވެސް ކޮށްފަ އެވެ. އެހެންކަމުން ބުރާސްފަތި ދުވަހުގެ ރޭ ދިއްދުގައި ބާއްވާ ޖަލްސާއަކީ ފޯރިގަދަ ޖަލްސާއަކަށްވެގެންދާނެ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް